ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މޯލްޑިވްސް ޕޯލް އެންޑް ލައިން ޓޫނާ ޕޯޓް ސާމްޕްލިންގ ޕްރޮޖެކްޓް 2014 ގެ ދަށުން، މާންދޫ ފިޝަރީޒް ކޮމްޕްލެކްސްގެ މަސްގަންނަ ބަނދަރުން ސާމްޕަލް ނަގައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން މި އިދާރާއިން ކުރި IUL)240-ADS/240/2015/20) ނަންބަރުގެ އިޢުލާނާ ގުޅިގެން އެކަމަށް އެދި އެންމެ ފަރާތަކުން ހުށަހަޅާފައިވާތީ، އެ އިޢުލާން ބާޠިލްކޮށް، އަލުން އިއުލާން ކުރީމެވެ.

ބޭނުންވާ އަދަދު:

2 (ދޭއް)

މުސާރަ:       

4000.00 ރުފިޔާ      

އެހެނިހެން ޢިނާޔަތް:

މަސައްކަތުގެ ވަގުތުގައި މާންދޫ ފިޝަރީޒް ކޮމްޕްލެކްސްގެ މުވައްޒަފުންކޭ އެއްފަދައިން ކެއުން ނުވަތަ ސައި ލިބޭނެ.

ބޭނުންވާ މުއްދަތު:

12 މަސްދުވަސް (1 އަހަރު ދުވަސް)               

މަސައްކަތް ކުރަންޖެހޭ ދުވަސްތައް:

ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް

މަސައްކަތް ކުރަންޖެހޭ ވަގުތު:

ދުވާލަކު 2 ގަޑިއިރު ނުވަތަ 3 ގަޑިއިރު ނުވަތަ އެ ދުވަހަކަށް ކަނޑައެޅިފައިވާ މަސައްކަތް ނިމެންދެން.

މަސައްކަތް ކުރަންޖެހޭތަން:

މާންދޫ ފިޝަރީޒް ކޮމްޕްލެކްސްގެ މަސްގަންނަ ބަނދަރު                 

 

 

 

މަޤާމުގެ މަސްއޫލިއްޔަތު:

1- މަހުގެ ދިގުމިން: ހަފުތާއަކު 3 ދުވަހު، ބަނދަރަށް ލަފާ ދޯނިތަކުން 2 ދޯންޏަކުން ގެނައި މަހުގެ ތެރެއިން ބައެއްގައި ދިގުމިނުގެ ހިސާބު ނެގުން.

2- ކަނދުފަތީގެ މަސްވެރިކަމުގައި ބޭނި ބާވަތްތަކުގެ މިންވަރު ބެލުން: ހަފުތާއަކު 1 ދުވަހު، ބަނދަރަށް ލފާ ދޯނިތަކުގެ ތެރެއިން ކަނދުފަތިން މަސްވެރިކަންކުރި ކޮންމެވެސް 2 ދޯންޏަކުން ގެނައި މަހުގައި ހުރި ބާވަތްތަކުގެ އަދަދު ގުނުން.

3- ލޯބޮޑު ކައްނެއްޔާއި ރީނދޫއުރަހަ ކަންނެލީގެ މިންވަރު ބެލުން: ހަފުތާއަކު އެއްދުވަހު، ބަނަދަރަށް ލފާ ދޯނިތަކުގެ ތެރެއިން ކޮންމެވެސް 2 ދޯންޏަކުން ގެނައި މަހުގެ ތެރޭގައި ލޯބޮޑު ކަންނެއްޔާއި، ރީނދޫ އުރަހަ ކަންނެލި ހުރި މިންވަރު ބެލުން.

4- އާދައިގެ އައިނަކުން ކުރި މަސްވެރިކަމުގައި ބޭނުނު ބާވަތްތައް ބެލުން: ހަފުތާއަކު 1 ދުވަހު، ބަނދަރަށް ލަފާ ދޯނިތަކުގެ ތެރެއިން އާދައިގެ އައިނަކުން މަސްވެރިކަންކުރި ކޮންމެވެސް 2 ދޯންޏަކުން ގެނައި މަހުގައި ހުރި ބާވަތްތަކުންގެ މިންވަރު ބެލުން.

5- މަސްވެރިކަމުގެ ލޮގްފޮތް ފުރުމުގައި މަސްވެރިންނަށް އެހީތެރިވެދިނުން.

6- ނެގޭ ހިސާބުތައް، މަހަކު ދެފަހަރު، މެރިން ރިސަރޗް ސެންޓަރަށް ޤަވާއިދުން ފޮނުވުން.

އިންޓަރވިއު އޮންނާނެ ތަނަކާއި މުއްދަތު:

މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތަކަށް ބާއްވާ އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައިވާ ތަނާއި ތާރީޚު، އިޢުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ 10 ދުވަހުގެ ތެރޭގައި އަންގާނެއެވެ.

ތަކެތި ހުށަހެޅުމުގެ ސުންގަޑިއާއި ތަން:

2015 އެޕްރީލް 15 ވާ ބުދަ ދުވަހުގެ 15.00 ގެ ކުރިން، ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާއަށް.

 

 

ހުށަހަޅަށްޖެހޭ ލިޔުންތައް:

1- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.

2-  ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފުކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)

3- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް.

4- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީވީ)

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3322242 ނަންބަރު ފޯނާއެވެ. 

 13 ޖުމާދަލްއާޚިރާ 1436 

02 އޭޕްރިލް 2015
ހޯދާ