ވ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
އެންބިއުލާންސް ޑްރައިވަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

27  އޭޕްރީލް  2014 ގައި  ކޮށްފައިވާ   IUL)VAH/2014/3)  ނަންބަރުގެ އިޢުލާނުގައި  ސަރުކާރު  ބަންދު  ދުވަސްތައް  ނުހިމަނައި  އިޢުލާނުގެ  މުއްދަތަށް 7  ދުވަސް  ދެއްވާފައިނުވާތީ، އެ އިޢުލާނަށް ވަޒީފާ ހަމަޖައްސަވައި ނުއްދެވޭނެކަމަށް ސިވިލް  ސަރވިސް  ކޮމިޝަނުން އަންގާފައިވާތީ،  އެ އިޢުލާން  ބާޠިލްކޮށް،  އަލުން  އިޢުލާން  ކުރަމެވެ.

މަޤާމު

އެންބިއުލާންސް ޑްރައިވަރ

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 2

ރޭންކް: އެސް. އެސް. 2

މުސާރަ

މަހަކު -/3،470 ރުފިޔާ (ތިންހާސް ހަތަރުސަތޭކަ ހަތްދިހަ ރުފިޔާ)

ސަރވިސް އެލަވަންސް

މަހަކު -/1،000 ރުފިޔާ  (އެއްހާސް ރުފިޔާ)

ސެކްޝަން

ވ. އަތޮޅު ހޮސްޕިޓަލް

މަޤާމުގެ އަސާސީ ޝަރުތު

މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް / ސަނަދެއް ހާސިލުކޮށްފައިވުން.

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

- އެންބިއުލާންސްގައި ކުރަންޖެހޭ ދަތުރުތައް، ވެހިކަލްގެ ޙާލަތު ތަންދޭ މިންވަރެއްގެމަތިން ފަސްނުޖެހި ކުރުން.

- ދަތުރަށް ފެށުމުގެކުރިންނާއި، ދަތުރުކުރާއިރު، ވެހިކަލްއަށާއި ދަތުރުކުރާމީހުންގެ ސަލާމަތާއި ރަށްކާތެރިކަމަށްޓަކައި ބަލަންޖެހޭ ކަންކަމަށް ބެލުން.

- ދުއްވަންފެށުމުގެ ކުރިން އިންޖީނާއި މީޓަރުތައް ރަނގަޅަށް މަސައްކަތްކުރޭތޯއާއި، މަތީތެލާއި، އަޑީތެޔޮ ހުރިތޯ ޗެކްކުރުން.

- ގަރާޖް ސާފުކޮށް ބެލެހެއްޓުން.

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

ޢިނާޔަތްތައް

ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސާއި، އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ އިތުރުގަޑީގެ ފައިސާ ހަމަޖައްސައިދެވޭނެއެވެ.

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމް، މި ހޮސްޕިޓަލުން ލިބެން ހުންނާނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނެ، ލިޔެފައިވާ ލިޔުންތައް ކިޔަން ކިޔަން އެނގޭފަދަ ކޮޕީ.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށްއެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަޑި

2015 އެޕްރީލް 15 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން، ވ. އަތޮޅު ހޮސްޕިޓަލަށް.

އިތުރު މަޢުލޫމާތު

- މަޢުލޫމާތު ސާފުކުރަން ގުޅާނީ، 6700029 ނަންބަރު ފޯނަށެވެ.

- ވަޒީފާއަށް އެދޭ ފޯމް، މި ހޮސްޕިޓަލުން ލިބެން ހުންނާނެއެވެ.

13 ޖުމާދަލްއާޚިރާ 1436

02 އޭޕްރިލް 2015
ހޯދާ