ވ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ސްޓޯކީޕަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

27  އެޕްރީލް  2014 ގައި  ކޮށްފައިވާ  IUL)VAH/2014/4) ނަންބަރުގެ  އިޢުލާނުގައި،  ސަރުކާރު  ބަންދު  ދުވަސްތައް ނުހިމަނައި، އިޢުލާނުގެ  މުއްދަތަށް 7 ދުވަސް ދީފައިނުވާތީ، އެ އިޢުލާނަށް ވަޒީފާ ހަމަޖައްސަވައި ނުދެއްވޭނެކަމަށް  ސިވިލް ސަރވިސް ކޮމިޝަނުން އަންގާފައިވާތީ، އެ އިޢުލާން ބާތިލްކޮށް،  އަލުން  އިޢުލާން  ކުރަމެވެ.

މަޤާމު

ސްޓޯކީޕަރ

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

ރޭންކް: ޖީ. އެސް. 1

މުސާރަ

 މަހަކު -/3،565 ރުފިޔާ (ތިންހާސް ފަސްސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ)

ސަރވިސް އެލަވަންސް

މަހަކު -/1،500 ރުފިޔާ (ފަނަރަސަތޭކަ ރުފިޔާ)

ސެކްޝަން

ވ. އަތޮޅު ހޮސްޕިޓަލް

މަޤާމުގެ އަސާސީ ޝަރުޠު

- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 2 ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

- ސާނަވީ ތަޢުލީމް ފުރިހަމަކޮށްފައިވުން.

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

- ހޮސްޕިޓަލުގައި ބޭނުންކުރުމަށް ހޯދަންޖެހޭ މެޑިކަލް ކޮންޒިޔުމެބެލް ތަކެއްޗާއި ޖެނެރަލް ސްޓޮކަށް ބޭނުންވާ ތަކެއްޗަށް ދަތިވިޔަނުދީ އެތަކެތި ހޯދައި ބެލެހެއްޓުން.

- މަންތްލީ ސްޓޮކް ބެލެންސް ތައްޔާރުކުރުން.

- މެޑިކަލް ކޮންޒިޔުމެބެލް ސްޓޮކުގައި ހުން ތަކެތީގެ އެކްސްޕައިރީ ގަވާއިދުން ބެލެހެއްޓުމާއި، ސްޓޮކުން ތަކެތި ދޫކުރުމުގައި އެކްސްޕައިރީ ހަމަވާން ކައިރިވެފައިހުރި ތަކެއްޗަށް އަބަދުވެސް އިސްކަންދިނުން.

- ހޮސްޕިޓަލްގެ ލިޔެކިޔުމަށާއި، އެހެނިހެން ބޭނުންތަކަށް ހޯދަންޖެހޭ ތަކެތި ސަރުކާރުގެ ގަވާއިދާ އެއްގޮތްވާގޮތުގެމަތީން ސްޓޮކަށް ހޯދުމަށާއި، ސްޓޮކް ހިސާބު ބެލެހެއްޓުން.         

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

ޢިނާޔަތްތައް

ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސާއި، އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ އިތުރުގަޑީގެ ފައިސާ ހަމަޖައްސައިދެވޭނެއެވެ.

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމް، މި ހޮސްޕިޓަލުން ލިބެން ހުންނާނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް.(އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނެ، ލިޔެފައިވާ ލިޔުންތައް ކިޔަން ކިޔަން އެނގޭފަދަ ކޮޕީ.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށްއެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަޑި

2015 އޭޕްރީލް 15 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން، ވ. އަތޮޅު ހޮސްޕިޓަލަށް.

އިތުރު މަޢުލޫމާތު

- މަޢުލޫމާތު ސާފުކުރަން ގުޅާނީ 6700029 ނަންބަރު ފޯނަށެެވެ.

- ވަޒީފާއަށް އެދޭ ފޯމް، ހޮސްޕިޓަލުން ލިބެން ހުންނާނެއެވެ.

                              13 ޖުމާދަލްއާޚިރާ 1436

02 އޭޕްރިލް 2015
ހޯދާ