ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ބޯޓުފަހަރުން މުދާ ބޭލުމާއި، ބޯޓުފަހަރަށް މުދާ ބަރުކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

އެސްޓީއޯ ގއ.ވިލިނގިލި ފިހާރައިގައި ހުންނަ ގުދަނަށް އެސްޓީއޯގެ ބޯޓުފަހަރުންނާއި އެހެނިހެން ބޯޓުފަހަރުން ގެންނަ މުދާ ބޯޓުން ބާލައިގެން ގެންގޮސް ފިހާރައިގެ ގުދަނުގައި ޖެއްސުމާއި، އެސްޓީއޯ ބޯޓުފަހަރަށާއި އެހެނިހެން ބޯޓުފަހަރަށް ގުދަނުން މުދާ ނެރެގެން ގެންްްގޮސް ބަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން (ADM/2015/68-ފ60) ބާޠިލުކޮށް، އަލުން އެމަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 އެޕްރީލް 13 ވާ ހޯމަ ދުވަހުގެ 14:00 އަށް ގއ.ވިލިނގިލި ފިހާރައަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 އެޕްރީލް 20 ވާ ހޯމަ ދުވަހުގެ 14:00 އަށް އަންދާސީހިސާބު، ގއ.ވިލިނގިލި ފިހާރައަށް ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހިގެން ހާޒިރުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ :

ފޯން : 3344374 ، 3012402

ފެކްސް : 3344633

އީމެއިލް: [email protected]

02 އޭޕްރިލް 2015
ހޯދާ