މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ބަޖެޓް އަދި ވާރކް ޕްލޭން އިމްޕްލިމެންޓޭޝަން ސޮފްޓްވެއަރ ތައްޔާރުކޮށްދެއްވާނެ ފަރާތެއް ހޯދުން

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް "ބަޖެޓް އަދި ވާރކް ޕްލޭން އިމްޕްލިމެންޓޭޝަން ސޮފްޓްވެއަރ" ތައްޔާރުކޮށްދެއްވާނެ ފަރާތެއް ހޯދުން

1. މި އޮތޯރިޓީ "ބަޖެޓް އަދި ވާރކް ޕްލޭން އިމްޕްލިމެންޓޭޝަން ސޮފްޓްވެއަރ" އެއް ތައްޔާރު ކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

2. މި ބިޑާ ގުޅޭގޮތުން ބާއްވާ ޕްރީ-ބިޑް މީޓިންގ 15 އެޕްރީލް 2015 ވާ ބުދަަ ދުވަހުގެ 10:00 ގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި އޮންނާނެއެވެ. މި ބައްދަލުވުމުގައި ބިޑާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ދިނުމަށް ތައްޔާރުކުރެވިފައިވާ ޕްރެޒެންޓޭޝަނެއް ދެއްކޭނެއެވެ.

3. ޕްރީ ބިޑް މީޓިންގއަށް ހާޒިރުވެވަޑައިނުގަންނަވާ ބޭފުޅުންނަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު ލިބިވަޑައެއްނުގަންނަވާނެއެވެ.

4. ބިޑް ހުށަހަޅުއްވާ ފަރާތްތަކުން 6 މެއި 2015 ވާ ބުދަ ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ބިޑް ހުށަހަޅުއްވަންވާނެއެވެ. މި ގަޑީގެ ފަހުން ހުށަހަޅުއްވާ ބިޑްތައް ބަލައެއްނުގަނެވޭނެއެވެ.

    މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ

    ބޮޑުތަކުރުފާނު މަގު،

    މާލެ 20182،

    ދިވެހިރާއްޖެ

5. ބިޑްތައް ހުޅުވުން އޮންނާނީވެސް 6 މޭ 2015 ވާ ބުދަ ދުވަހުގެ 11:00 ގައި މިއޮތޯރިޓީގައި، ބިޑަށް ހުށަހަޅުއްވަން ވަޑައިގެން ތިއްބެވި ފަރާތްތަކުގެ ހާޒިރުގައެވެ.

13 ޖުމާދަލްއާޚިރާ 1436

02 އޭޕްރިލް 2015
ހޯދާ