ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ޓެކްނީޝަން

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު:

ކޮމްޕިއުޓަރ ޓެކްނީޝަން

ބޭނުންވާ އަދަދު:

1

މުސާރަ:

މަހަކު 6,526.77 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު: 2,797.19 ރުފިޔާ

އޮފީސް:

ސެންޓަރ ފޮރ އޯޕަން ލަރނިންގ

ގްރޭޑް:

4

ސްޕައިން ޕޮއިންޓް:

21

މަޤާމުގެ ޝަރުޠު:

1. ތަޖުރިބާއާއެކު، މަސައްކަތުގު ދާއިރާއިން ޑިޕްލޮމާއެއް ހޯދާފައިވުން ނުވަތަ ލެވެލް 4 ގެ ސެޓްފިކެޓަކަށްފަހު، ދާއިރާއިން ތަޖުރިބާ ލިބިފައިވުން.

2. ގްރޭޑް 12 ނިންމާފައިވުމާއެކު، އިދާރީ މަސައްކަތާއި، އޮފީސް މަސައްކަތުގެ މަދުވެގެން 4 އަހަރުދުވަހު ޞަރީޙަ ތަޖުރިބާ (ފޯމަލް ޓްރައިނިންގއާއެކު) ލިބިފައިވުން.

3. ލެވެލް 4 ގެ ސެޓްފިކެޓަކަށްފަހު ސީދާ ގުޅޭ ތަޖުރިބާ ލިބިފައިވުން.

4. ލެވެލް 3 ގެ ސެޓްފިކެޓަކަށްފަހު، ތަޖުރިބާގެ ސަބަބުން، ބޭނުންވާ ދާއިރާއިން ޚާއްޞަ ހުނަރުތަކެއް ހުރުން ނުވަތަ އެއް ޓްރޭޑަށްވުރެ ގިނަ ޓްރޭޑް އެނގުން ނުވަތަ އެއް ޓްރޭޑް ހުނަރާއެކު، ސްޕަވައިޒްކުރުމުގެ ހުނަރާއި ތަޖުރިބާ ހުރުން ނުވަތަ އިދާރީ މަސައްކަތުގެ ހުނަރާއި ތަޖުރިބާ ހުރުން.

5. މަތީގައި ބަޔާންކުރެވުނު ހުނަރާއި ތަޢުލީމުގެ ފެންވަރަށް، ޢިލްމާއި ޤާބިލްކަން، އެހެން ކޮންބިނޭޝަންތަކުން ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ސެންޓަރުގެ ކޮމްޕިއުޓަރުތަކަށް ދިމާވާ މައްސަލަތައް، ދުވަހުން ދުވަހަށް ޙައްލުކުރުން.
  2.  "ޖެމް" އާ ގުޅިގެން ހުށަހަޅާ ދަރިވަރުން މައްސަލަތައް ޙައްލުކުރުން.
  3. ހަވާލުކުރެވޭ ކޯސްތަކާ ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތް ކުރުން. މިގޮތުން:

(ހ) ފޮޓޯކޮޕީ ހެދުން.

(ށ) ބޭނުންޖެހިއްޖެނަމަ، ކިޔަވައިދޭން ބޭނުންކުރާ މެޓީރިއަލް ސްކޭން / ބައިންޑް ކުރުން.

(ނ) ސްޓަޑީ މެޓީރިއަލް ޕެކްކޮށް، ފޮނުވުމުގެ އިންތިޒާމް ހަމަޖެއްސުން.

(ރ) ދަރިވަރުންނާ ގުޅުން / އެސް.އެމް.އެސް ކުރުން.

(ބ) ޕާޓް ޓައިމް ލެކްޗަރަރއިންގެ ޓިކެޓް ބުކްކޮށް، ދަތުރުގެ އެންމެހައި އިންތިޒާމް ހަމަޖެއްސުން.

(ޅ) ޕޭޝީޓް ހަދައި، ސީ.އޭ އަށް ފޮނުވުމާއި އޭގެ ފޮލޯއަޕް ހެދުން.

(ކ) ބްލޮކް ކްލާސްތަކަށް ތައްޔާރުވުމުގައި ކޯސް ކޯޑިނޭޓަރަށް އެހީތެރިވުން.

(އ) ޕާޓް ޓައިމް ލެކްޗަރަރއިންގެ މާކްޝީޓް ހެދުން.

(ވ) ކޯސް ކޯޑިނޭޓަރާ ގުޅިގެން ދަރިވަރުންގެ ރެކޯޑްތައް ބެލެހެއްޓުން.

(މ) ސަބްޖެކްޓް އިވެލުއޭޝަން ހެދުން.

(ފ) ކުއްލިއަކަށް ދިމާވާ ކަންކަމުގައި ކޯސް ކޯޑިނޭޓަރަށް އެހީތެރިވުން.

  4. އިމްތިޙާން އިންވިޖިލޭޓް ކުރުން.

  5. ހަފުތާ ބަންދާއި އެނޫނަސް ބަންދު ގަޑިތަކުގައި ބާއްވާ ކްލާސްތަކާ ގުޅިގެން އޮފީސް ހުޅުވައިގެން އިނުން.

  6. ކަނޑައެޅޭ ތާވަލާ އެއްގޮތަށް އޮފީސް ހުޅުވައި ލެއްޕުން.

  7. ކުއްލިއަކަށް ދިމާވާ ކަންކަމުގައި މި ސެންޓަރު ހިންގަން ހުންނަ މީހަކު އަންގާ ކަންކަން ކުރުން.

އުޖޫރައާއި ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  • ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  • ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު، އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓްކޮށްފައިވާ ސަނަދާއި، އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

 

 

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • އިންޓަވިޔު ކުރެވޭނީ، އިޢުލާނުގައި ބަޔާންކޮށްފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓި ފޮނުވޭނީ އިންޓަރވިޔުކޮށް ނިމުމަށްފަހުގައެވެ.

ސިޓީ ފޮނުވަންވީ ތާރީޚު:   

2015 އެޕްރީލް 13 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް.

އިތުރު މަޢުލޫމާތު:

  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345157 ނަންބަރު ފޯނާއެވެ.
  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި،  އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.

17 ޖުމާދަލްއާޚިރާ 1436

06 އޭޕްރިލް 2015
ހޯދާ