މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ޑިިޒައިން އެންޑް ބިލްޑް ބޭސިސް ފޮރ ވޯޓަރ ސަޕްލައި ނެޓްވާރކް، ގްރައުންޑް ވޯޓަރ ސްޓޯރޭޖް ޓޭންކްސް އެންޑް ރިވާސް އޮސްމޯސިސް ޕްލާންޓް އެންޑް އެލައިޑް ވާރކްސް ބޭސްޑް އޮން އިންޓަރގްރޭޓަޑް ވޯޓަރ ރިސޯސް އެޕްރޯޗް، ލ.ފޮނަދޫ

ޑިޒައިން އެންޑް ބިލްޑް ބޭސިސް ފޮރ ވޯޓަރ ސަޕްލައި ނެޓްވާރކް، ގްރައުންޑް ވޯޓަރ ސްޓޯރޭޖް ޓޭންކްސް އެންޑް ރިވާސް އޮސްމޯސިސް ޕްލާންޓް އެންޑް އެލައިޑް ވާރކްސް ބޭސްޑް އޮން އިންޓަރގްރޭޓަޑް ވޯޓަރ ރިސޯސް އެޕްރޯޗް އިން ލ.ފޮނަދޫ، މޯލްޑިވްސް

1. ރާއްޖޭގެ އެންމެހައި ރައްޔިތުންނަށް އެކަށީގެންވާ ސާފު ބޯފެނުގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި 2015 ވަނަ އަހަރުގެ ބަޖެޓްގައި ފައިސާވަނީ ހަމަޖެހިފައެވެ. މިގޮތުން ލ.ފޮނަދޫ 2015 ވަނަ އަހަރުގެ ބަޖެޓްގެ ތެރެއިން ތިރީގައި ދަންނަވާފައިވާ ޕްރޮޖެކްޓަށް ޚަރަދު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

2. މިނިސްޓްރީ އޮފް އެންވަޔަރަމެންޓް އެންޑް އެނަރޖީ (އެމް.އީ.އީ) ގެ ބޭނުމަށް ޑިޒައިން އެންޑް ބިލްޑް ބޭސިސް ފޮރ ވޯޓަރ ސަޕްލައި ނެޓްވާރކް، ގްރައުންޑް ވޯޓަރ ސްޓޯރޭޖް ޓޭންކްސް އެންޑް ރިވާސް އޮސްމޯސިސް ޕްލާންޓް އެންޑް އެލައިޑް ވާރކްސް ބޭސްޑް އޮން އިންޓަރގްރޭޓަޑް ވޯޓަރ ރިސޯސް އެޕްރޯޗް އިން ލ.ފޮނަދޫ، މޯލްޑިވްސް އަދި އެއާގުޅޭ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠު ހަމަވާ ރާއްޖޭގެ އަދި ރާއްޖޭން ބޭރުގެ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

3. މި ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނޭޝަނަލް ކޮންޓްރެކްޓަރސް ރަޖިސްޓަރީގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތަކުގެ ތެރެއިން HC01 ގެ ގްރޭޑް1އަދި 2 އަކަށް ޝަރުޠުހަމަވެފައިވާ ކޮންޓްރެކްޓަރުންނަށެވެ.

4. ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި -/150,000ރ (އެއްލައްކަ ފަންސާސްހާސް ރުފިޔާ) ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑްހުޅުވާ ތާރީޚުން ފެށިގެން 118 ދުވަހެވެ. ޕާރފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ %5 އެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ % 15 އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.

5. ބީލަންފޮތްތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 02 އެޕްރީލް 2015 އިން 21 އެޕްރީލް 2015 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 14:30 އަށް މި މިނިސްޓްރީންނެވެ. ބީލަން ފޮތެއްގެ އަގަކީ -/1500 (ފަނަރަސަތޭކަ) ރުފިޔާ އެވެ. ފައިސާ ދެއްކެވުމުން ބީލަން ފޮތްތައް ސޮފްޓްކޮޕީ ފޯމެޓްގައި މިމިނިސްޓްރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަނުން ލިބިވަޑައިގަންނަވާނެއެވެ.

6. މިޕްރޮޖެކްޓާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 23 އެޕްރީލް 2014ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.

   ޓެންޑަރ އިވެލުއޭޝަން ސެކްޝަން،

   މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

   އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

   ފޯން: 3349125        

   ފެކްސް: 3320706        

   އީމެއިލް: ibrahim.aflah@finance.gov.mv

   ކޮޕީ: tender@finance.gov.mv

7. މި ޕްރޮޖެކްޓްގެ ބިޑްތައް 7 މޭ 2015 ވާ ބުރާސްފަތި ދުވަހުގެ 11:00ގެ ކުރިން މި މިނިސްޓްރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަން ފޮނުއްވަންވާނެއެވެ. ގަޑިޖެހުމުގެ ސަބަބުން ސަބްމިޓްކުރާ ބިޑްތައް ރިޖެކްޓް ކުރެވޭނެއެވެ. އަދި ބިޑް ހުޅުވުން އޮންނާނީ 7 މޭ 2015 ވާ ބުރާސްފަތި ދުވަހުގެ 11:00ގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަންގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚު ވަގުތު އަދި ކޮންޓްރެކްޓަރުންގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

8. މި މިނިސްޓްރީގެ ވެބްސައިޓް (www.finance.gov.mv) ގައި މި އިޢުލާން ޝާއިޢު ކުރެވިފައިވާނެއެވެ.

01 އޭޕްރިލް 2015
ހޯދާ