އަރިއަތޮޅު އުތުރުބުރީ އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
އ. ޕަބްލިކްރިލޭޝަން އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ހޮސްޕިޓަލުގެ، ތިރީގައިމިވާ މަޤާމުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހުޅުވައިލަމެވެ. މި މަޤާމަށް ބޭނުންވަނީ، ގިނަވަގުތު މަސައްކަތުގައި އުޅެވޭ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.

މަޤާމު

އ.ޕަބްލިކްރިލޭޝަން އޮފިސަރ

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް

GS3

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

މަޤާމު އޮތް ތަން

އއ. އަތޮޅު ހޮސްޕިޓަލް

އާންމުގޮތެއްގައި މަސައްކަތް ކުރަންޖެހޭ ތަން

އއ. އަތޮޅު ހޮސްޕިޓަލް / ޕަބްލިކް ރިލޭޝަން ސެކްޝަން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ޕަބްލިކް ރިލޭޝަނުގެ އިންޗާޖް ނެތިއްޖެ ހިނދެއްގައި އެނާގެ މަސައްކަތްތަކާ އިސްކޮށް ހަވާލުވެ، އެ މަސައްކަތްތައް ކުރަމުން ގެންދިއުން.
  2. އަލަށް ވަޒީފާއަށް ގުޅޭ މުވައްޒަފުންނަށް ހޮސްޕިޓަލުގެ ޢާއްމު ޤަވާޢިދުތައް ރަނގަޅަށް އޮޅުންފިލުވައިދިނުމާއި، ޤަވާޢިދުތަކަށް އަހުލުވެރިކުރުމަށް މަސައްކަތްކުރުން.
  3. ޕަބްލިކް ރިލޭޝަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ޑިއުޓީ ރޯސްޓަރ ހަދައި، ބެލެހެއްޓުމުގެ އިންތިޒާމު ހަމަޖެއްސުން.
  4. އެކިއެކި ބޭނުންތަކަށް ހޮސްޕިޓަލަށް ޒިޔާރަތްކުރާ މީހުންނާ ރިވެތިބަހުން ހިތްހެޔޮކަމާއެކު ވާހަކަދައްކައި، ބޭނުންވާ ޚިދުމަތެއް ފަހިކޮށްދިނުމަށް މަސައްކަތްކުރުމާއި، ވާނުވާ ބަލަމުން ގެންދިއުން.
  5. ބަލިމީހުންގެ ސިއްރުތައް ހިފެހެއްޓުމާއި، އެހެން މުވައްޒަފުން އެކަމަށް އަހުލުވެރިކުރުވުމަށް މަސައްކަތް ކުރުން.
  6. ހޮސްޕިޓަލަށް އަންނަ ބަލިމީހުންގެ އައި.ސީ.ޑީ ކޯޑް ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ނިންމުން.
  7. ހޮސްޕިޓަލުގެ އޯ.ޕީ.ޑީގެ އިންވެންޓްރީ ޗެކްކުރުވުން.
  8. ހޮސްޕިޓަލުގެ ވެއިޓިންގ އޭރިޔާގައި ބެހެއްޓިފައިވާ ލީފްލެޓް ބޯޑްތައް ދުވަހުން ދުވަހަށް ރީތިކޮށް ތަރުތީބު ކުރުވުން.
  9. ކައުންޓަރުގައި ޑިއުޓީ ކުރަންޖެހިއްޖެ ހިނދެއްގައި ޑިއުޓީކުރަމުން ގެންދިއުން.
  10. ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމުގެގޮތުން އަތޮޅުގެ ރަށްރަށް ކުރާ ދަތުރުތަކުގައި ބައިވެރިވާން ޖެހިއްޖެ ހިނދެއްގައި ބައިވެރިވެ ހަރަކާތްތެރިވުން.

މަޤާމުގެ ޝަރުޠު

  1.   މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2.  ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ޢިނާޔަތްތައް

- ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

- ރިސްކް އެލަވަންސް.

- ޝިފްޓް ޑިއުޓީ އެލަވަންސް.

ހުށަހަޅަންޖެހޭ ލިޔުންތައް

1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ޕާސްޕޯޓް ސައިޒުގެ ފޮޓޯއާއެކު (ވަޒީފާއަށް އެދޭ ފޯމު، މި ހޮސްޕިޓަލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv ން) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

2. ވަޒީފާއަށް އެދޭ ފަރާތުގެ  ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުން ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ.

3. ވަޒީފައަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސި.ވީ)

4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ ނުވަތަ އެކްރެޑިޓް ކޮށްދޭނޭކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރެޓީން ވިދާޅުވެފައިވާ ލިޔުން.)

5. ވަޒީފާގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕާއި ސެމިނާރު ފަދަ ތަމްރީނު ޕްރޮގްރާމްތަކުގައި ބައިވެރިވިކަމުގެ ލިޔުންތައް.

6. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

7. ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރި ތަނަކުން އަދާކުރި ވަޒީފާ އަދާކުރި މުއްދަތު އެނގޭފަދަ ލިޔުންތައް.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

- ތަޢުލީމާއި ތަމްރީން

- މަސައްކަތުގެ ތަޖުރިބާ

- މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލްކަމާއި ސިފަތައް

- ވަޒީފާއާބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދަށް އަހުލުވެރިވެފައިވާ މިންވަރު

ސުންގަޑި

- މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ވަޒީފާއަށް އެދޭފޯމު ހުށައެޅުމުގެ އެންމެފަހުގެ ތާރީޚަކީ 2015 އެޕްރީލް 9 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މި ހޮސްޕިޓަލުގެ އިދާރީ ސެކްޝަނަށް.

- މަޢުލޫމާތު ފުރިހަމަނުވާ އެޕްލިކޭޝަންތައް ބަލައެއްނުގަނެވޭނެއެވެ.

- މުއްދަތުގެ ފަހުން ހުށަހެޅޭ އެޕްލިކޭޝަންތައްވެސް ބަލައެއް ނުގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން

- މި މަޤާމަށް ކުރަތިލާ މީހުންނާ އިންޓަވިއުކުރުން އޮންނާނީ، މި ހޮސްޕިޓަލްގެ ކޮންފަރެންސް ހޯލުގައެވެ.

- މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ އޭޕްރިލްމަހުގެ ތެރޭގައެވެ.

- މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަމްރީނަށް ބަލައިގެން 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރަން ގުޅާނީ 6660645 ނަންބަރު ފޯނަށެެވެ.  

 9 ޖުމާދަލްއާޚިރާ 1436
29 މާރިޗު 2015
ހޯދާ