ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭން މަރާމާތުކުރުން

ވޭން މަރާމާތުކުރުން – އަންދާސީހިސާބު ބޭނުންވެއްޖެ

މިއިދާރާގެ ނަންބަރު IUL)226-A/PRIV/2015/11)ފ(05 މާރިޗު 2015) ބާޠިލުކޮށް އަލުން އިޢުލާނު ކުރަމެވެ.

ހދ. އަތޮޅު ކައުނސިލް އިދާރާގެ ވޭނުގެ އެއަރކޯނާއި އިންޖީނު މަރާމާތުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. މިމަސައްކަތް ކޮށްދިނުމަށް ބޭނުންވާ ފަރާތްތަކަށް މަޢުލޫމާތު ސާފުކޮށްދިނުމަށް ބާއްވާ ބައްދަލުވުން އޮންނާނީ 2 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ހދ. އަތޮޅު ކައުންސިލްގެ އިދާރާގައެވެ. ކަނޑައެޅިފައިވާ ގަޑިއަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނުލިބޭނެއެވެ. މަޢުލޫމާތު ސާފުކުރެއްވި ފަރާތްތަކުގެ ތެރެއިން އަންދާސީހިސާބު ހުށަހެޅުމަށް ޝައުޤުވެރިވާ ފަރާތްތަކުން އަންދާސީހިސާބު ހުށަހެޅުން އޮންނާނީ 5 އެޕްރީލް 2015 ވާ އާދީއްތަ ދުވަހުގެ 11:00 ގައި ހދ. އަތޮޅު ކައުންސިލްގެ އިދާރާގައެވެ.

ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައި، މިކަން ޢާންމުކޮށް އިޢުލާން ކުރަމެވެ.   

02 ޖުމާދަލްއާޚިރާ 1436

22 މާރިޗު 2015
ހޯދާ