މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނަޞްރު މިސްކިތުގައި ކުރަންހުރި މަރާމާތު ކުރާނެ ފަރާތެއް ހޯދުން

އިޢުލާން ނެރެވުނު ބޭނުން : މިއިދާރާގެ ނަންބަރު 369/IUL/2015/12 އިޢުލާން ބާޠިލުކޮށް، ނަޞްރު މިސްކިތުގައި ކުރަންހުރި މަރާމާތު ކުރާނެ ފަރާތެއް ހޯދުން

މ.މަޑުއްވަރީ މަސްޖިދުއްނަޞްރު މިސްކިތުގެ ވުޟޫކުރަން ބޭނުންކުރާ ސަރަޙައްދުގެ ފާރުތަކާ ކާނުގެ ފާރާއި ފާޚާނާގެ ފާރުތަކުގައި 3 ފޫޓު އުސްމިނަށް މުށިޖެހުމާއި، ތަޅުމުގައި މުށިޖެހުމަށާއި، ނަޞްރުމިސްކިތު މަތީގައި އަޅާފައިވާ ސީޓުމަތީގައި ރާނާފައިވާ ހަތަރު ފާރުން ފެންފައިބާތަން ރަނގަޅުކުރުމަށް ކުރި މިއިދާރާގެ ނަންބަރު IUL/2015/12/ފ369 (26 ފެބުރުވަރީ 2015) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ތިންފަރާތުން ހުށަހަޅާފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިމަސައްކަތްތަށް ކައުންސިލްގެ އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި، މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 29 މާރިޗު 2015 ވާ އާދީއްތަ ދުވަހުގެ 14:00 އަށް މ.މަޑުއްވަރީ ކައުންސިލްގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރައްވައި 06 އެޕްރީލް 2015 ވާ ހޯމަ ދުވަހުގެ 14:00 އަށް މ.މަޑުއްވަރީ ކައުންސިލް އިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މައުލޫމާތު ސާފުކުރެއްވުމަށް އޮންނަ ގަޑިއަށް މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށާއި، އަންދާސީހިސާބު ހުށަހެޅުމަށް އޮންނަ ގަޑިއަށް އަންދާސީހިސާބު ހުށަނާޅުއްވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

މަސްޖިދުލްނަޞްރު މިސްކިތުގައި ކުރަންހުރި މަރާމާތު ކުރުމަށް ފަރާތެއް ހޮވުމަށް މާކްސް ދިނުމަށް އަންދާސީހިސާބުތައް އެވެލުއޭޓް ކޮމިޓީން ބަލާނެ މިންގަނޑު.

  1. އެންމެ ކުޑައަގަށް                     %75
  2. މަސައްކަތް ނިންމައިދޭނެ އެންމެ ކުރު މުއްދަތަށް     % 15
  3. ޤާބިލުކަމަށް                         %5
  4. ތަޖުރިބާއަށް                         %5

މި ދެމަސައްކަތަށް އަގު ހުށަހަޅުއްވާނީ ދެމަސައްކަތުގެ އަގާއި ދެމަސައްކަތުގެ ތަކެތީގެ އަގު ވަކިން އެނގޭ ގޮތަށެވެ.

މަޢުލޫމާތު ސާފުކުރަން ދުރުވާއިރުގައާއި، އަންދާސީހިސާބު ހުށަހަޅުއްވަން ދުރުވަންނަވާއިރު އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތުގެއާއި ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތުގެ މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ދެފުށުގެ ފޮޓޯކޮޕީ ނޫނީ އަސްލު ގެންނަވަންވާނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

22 މާރިޗު 2015
ހޯދާ