މަޑުއްވަރީ ސްކޫލް/ ރ. މަޑުއްވަރީ
ދިވެހިރާއްޖެ
ދަރިވަރުންގެ ފާޚާނާ ބްލޮކް މަރާމާތުކުރުން

އަންދާސީހިސާބު ބޭނުންވެއްޖެ

މި ސްކޫލުގެ ދަރިވަރުންގެ ފާޚާނާ ބްލޮކް މަރާމާތުކުރުމަށް ކުރެވުނު އިޢުލާން، ނަންބަރު GS128/2015/08ފ(11 މާރިޗު 2015) އާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވެފައިވަނީ 1 (އެކެއް) ފަރާތުން ކަމަށްވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.  

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މަޑުއްވަރީ ސްކޫލުގެ ސައިންސްރޫމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް މި ސްކޫލުގެ ސައިންސްރޫމަށް ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

 24 މާރިޗު 2015 (އަންގާރަ) ދުވަހުގެ 13:30 އަށް

31 މާރިޗު 2015 (އަންގާރަ) ދުވަހުގެ 13:30 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6580146 ނަންބަރު ފޯނާއެވެ.

26 ޖުމާދަލްޢޫލާ 1436

17 މާރިޗު 2015
ހޯދާ