މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ފަންނީ އެހީތެރިކަންދޭނެ ފަރާތެއް ހޯދުމާބެހޭ

މި މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ހައުސް ޕްލާޒާ، އައިލެންޑް ޕްލާޒާ، އޯކިޑް ޕްލާޒާ އަދި ނިއު ޕްލާޒާ ބިލްޑިންގއަކީ ވަރަށް ގިނަދުވަސްތަކެއްވުމުގެ ސަބަބުން، ވަރަށް ބޮޑަށް ބާވެ، ގިނަ މަރާމާތުތަކެއްކުރަން ޖެހިފައިވާ އަދި މިހާރުވެސް މަރާމާތުކުރަމުންގެންދާ ތަންތަނެވެ. އެހެންކަމުން، މިތަނަކީ މީހުން ދިރިއުޅުމަށް ކަމުދާ ހާލަތުގައި ހުރި ތަންތަންތޯ ބެލުމަށްޓަކައި، ހާލަތު ބަޔާންކޮށްދޭ ޓެކްނިކަލް ރިޕޯޓެއް ހަދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2015 މާރިޗު 25ވާ (ބުދަ) ދުވަހުގެ މެންދުރުފަހުގެ 14:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 އެފްރީލް 01 ވާ (ބުދަ) ދުވަހުގެ މެންދުރުފަހުގެ 14:00 އަށް މި މިނިސްޓްރީއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

25 ޖުމާދަލްއޫލާ 1436

16 މާރިޗު 2015
ހޯދާ