ނިލަންދެއަތޮޅު ދެކުނުބުރީ މާއެނބޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު

މަސައްކަތު

މަޤާމުގެ ރޭންކް

އެސް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން

ސަޕޯޓް ސްޓާފް ގްރޭޑް 1

އޮފީސް / އިދާރާ

ނިލަންދެއަތޮޅު ދެކުނުބުރީ މާއެނބޫދޫ ކައުންސިލް އިދާރާ

ސެކްޝަން

ކޯޕަރޭޓިވް ސަރވިސް ސެކްޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން

ނިލަންދެއަތޮޅު ދެކުނުބުރީ މާއެނބޫދޫ މިސްކިތު

ބޭނުންވާ އަދަދު

1 (އެކެއް)

މުސާރަ

މަހަކު -/3،100 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1،000 ރުފިޔާ

މަޤާމުގެ ޝަރުޠުތައް 

ލިޔަންކިޔަން އެނގުމާއި، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

 

 

 

1. ފަރުޟު ފަސްނަމާދުން ކޮންމެ ނަމާދު ވަގުތެއް ޖެހުމުގެ 15 މިނިޓުގެ ކުރިން މިސްކިތަށް ހާޒިރުވެ، މިސްކިތާއި ފާޚާނާއާއި އިސްކުރު ބަރިއާއި ވަޅުދޮށް ސާފުކުރުމާއި، މިސްކިތް ތައްޔާރުކުރުން.

2. ކޮންމެ ނަމާދު ވަގުތެއް ޖެހުމުގެ 15 މިނިޓުގެ ކުރިން މިސްކިތަށް ހާޒިރުވުމާއި، ފަރުޟު 5 ނަމާދާ ގުޅިގެން ވަޒީފާގެ މަސައްކަތް ކުރުމުގައި 1 ގަޑިއިރުގެ ވަގުތެއް ހޭދަކުރުން.

3. ހުކުރު ނަމާދާއި، ޢީދުނަމާދާއި، ކޭތަނަމާދާއި، ކަށުނަމާދާއި، ތަރާވީޙު ނަމާދު ކުރުމުގެ ވަގުތު ޖެހުމުގެ 15 މިނިޓުގެ ކުރިން މިސްކިތަށް ހާޒިރުވެ، މިސްކިތް ފޮޅައި ސާފުކުރުމާއި، ޖަމާޢަތުގައި ނަމާދުކުރާ ވަގުތުގައި ފަންކާއާއި، ލައިޓުގެ ބޭނުން އެންމެ ރަނގަޅުގޮތުގައި ހިފުން.

4. މިސްކިތަށް އަރާ ފަރާތްތަކަށް ދަތިނުވާފަދަ ގޮތަކަށް މިސްކިތުގައި ކުރެވޭ އަދި ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.

5. މިސްކިތުގައި ދީނީ ނަސޭހަތް ދިނުންފަދަ މުހިއްމުކަމެއް ކުރުމަށް ހަމަޖައްސަވައި،އެކަމެއް އެންގުމުން، އެ ގަޑިއެއް ޖެހުމުގެ 15 މިނިޓުގެ ކުރިން މިސްކިތަށް ހާޒިރުވެ، މިސްކިތް ސާފުކޮށް ތައްޔާރުކުރުން.

6. މިސްކިތުގެ ސައުންޑް ސިސްޓަމް ބެލެހެއްޓުމާއި، ސިސްޓަމަށް މައްސަލައެއް ދިމާވެއްޖެނަމަ،  މިސްކިތް ހަވާލުވެ ހުންނެވި ފަރާތަށް އެކަން އެންގުމާއި، އެފަރާތުގެ މަޝްވަރާގެމަތިން ކައުންސިލް އިދާރާއަށް ހުށަހަޅައިގެން އެކަމެއް ޙައްލު ކުރުމަށް މަސައްކަތް ކުރުން.

7. މިސްކިތް ޒީނަތްތެރިކުރުމަށް ބޭނުންކުރާ ބަނޑިޔާތަކާއި، މިމްބަރު ފަދަ މުހިއްމު ތަކެއްޗަށް ގެއްލުމެއް ލިބިއްޖެނަމަ،  ވީއެންމެ އަވަހަކަށް ކައުންސިލް އިދާރާއަށް އެކަން އެންގުމާއި، އެފަރާތުގެ މަޝްވަރާގެމަތިން އެކަމެއް ޙައްލުކުރުން.

8. މިސްކިތާއި، ދިޔަދޮވި، ފާޚާނާ، ވުޟޫކުރާ އިސްކުރުބަރި، މުންނާރު ސާފުތާހިރުކަމުގައި ބެލެހެއްޓުމާއި، އެތަންތަނުގެ ފިކުސްޗަރ ފަދަ ތަކެތި ހަލާކުވުމުން،  މިސްކިތާއި ހަވާލުވެހުރި ފަރާތަށް އެކަން އެންގުމާއި، އެފަރާތުގެ މަޝްވަރާގެ މަތިން ކައުންސިލް އިދާރާއަށް ހުށަހަޅައިގެން އެކަމެއް ރަނގަޅުކުރުން.

9. މިސްކިތުގެ ފަންކާތަކާއި، ކަބަޑުތަކާއި، ލައިޓްތަކާއި، ޚަތިމްފަދަ ތަކެތި، ކޮންމެ ދުވަހަކު ފޮހެ ސާފުކުރުން.

10. މިސްކިތާއި، ފާޚާނާގެ ފަންކާ ހޮޅިބުރި ބޮކި ފަދަ ތަކެތި ހަލާކުވެއްޖެނަމަ، މިސްކިތާ ހަވާލުވެހުރި ފަރާތުގެ މަޝްވަރާގެމަތިން ކައުންސިލް އިދާރާއަށް ހުށަހަޅައިގެން ތަކެތި ހޯދައި، އެކަމެއް ރަނގަޅުކުރުން.

11. މިސްކިތަށް ލިބެމުންދާ ގެއްލުންތަކާއި، ދަތިވާ ކޮންމެ ކަމެއް، މިސްކިތާ ހަވާލުވެހުރި ފަރާތުގެ މަޝްވަރާގެމަތިން ކައުންސިލް އިދާރާއަށް ހުށަހަޅައިގެން ރަނގަޅުކުރެވޭތޯ ބެލުން.

12. މިސްކިތުގެ ވަޅު ދިޔަހިއްކުމާއި، ސާފުތާހިރުކަންމަތީ ބެލެހެއްޓުމާއި، ފެންމޯޓަރާއި އިސްކުރުފަދަ އެއްޗަކަށް ގެއްލުމެއް ވެއްޖެނަމަ، ލަސްނުކޮށް ކައުންސިލް އިދާރާއަށް ހުށަހަޅައިގެން އެކަމެއް ޙައްލުކުރުން.

13. މިސްކިތުގެ ގޯތިތެރޭގައި ގަސްއިންދުމާއި، ގަސްތަކަށް ފެންދީ ރީތިކޮށް ކޮށައި ބެލެހެއްޓުން.

14. މިސްކިތުގެ ގޯތިތެރެއާއި، މިސްކިތާ ގުޅިފައިވާ މަގުތައް، މިސްކިތުގެ އިމުން ފެށިގެން މަގުގެ ދެބައިކުޅަ އެއްބައި ކުނިކަހައި ސާފުކޮށް ބެލެހެއްޓުން.

15. ކޮންޓުރެކްޓް އުސޫލުން ނުވަތަ އެހެންވެސް ގޮތަކުން މިސްކިތުގައި މަރާމާތުގެ މަސައްކަތެއް ކުރުމަށް ހަމަޖެހިގެން އެ މަސައްކަތްކުރަނިކޮށް، އެފަރާތަކުން ކުރާ މަސައްކަތުގެ ސަބަބުން އިތުރު ގެއްލުމެއް ލިބިއްޖެނަމަ، އެކަން ކައުންސިލް އިދާރާއަށް އެންގުން.

16. ރަސްމީ މަސައްކަތާ ގުޅޭގޮތުން މިސްކިތުގައި ކުރުމަށް ހަމަޖެހޭ އެންމެހައި ކަންކަން ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

ސިވިލް ސަރވިސް ކޮމިޝަނުން 1 އެޕްރީލް 2013 ގައި ޢަމަލުކުރަން ފަށްޓަވާފައިވާ" ސިވިލް ސަރވިސްގެ މަޤާމުތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުސޫލުތަކުގެ ކްރައިޓީރިއާގައިވާ ގޮތުގެ މަތިން.

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއި ޕްރެޒެންޓޭޝަނާއި، ޕްރެކްޓިކަލްސްއާއި އިމްތިޙާންކުރުން ބޭއްވުމަށް ކަނޑައަޅާފައިވާ މުއްދަތާއި، އޮންނާނެ ތަން

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ  އިންޓަވިއު  އޮންނާނީ، 2015 މާރިޗު 31 ގައި މާއެނބޫދޫ ކައުންސިލް އިދާރާގައެވެ. އިންޓަވިއު ކުރުން އޮންނާނެ ގަޑި، ފަހުން އަންގާނަމެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

މި  މަޤާމަށް  އެދޭ  ފަރާތްތަކުން،  ތިރީގައި  ބަޔާންކުރެވިފައިވާ  ތަކެއްޗާއެކު، 2015 މާރިޗު 29 ވާ އާދީއްތަ ދުވަހުގެ 15:00 ގެ ކުރިން، ނިލަންދެއަތޮ ޅުދެކުނުބުރީ މާއެނބޫދޫ ކައުންސިލުގެ އިދާރާއަށް ހުށަހެޅުން އެދެމެވެ.

އުޖޫރައާއި ޢިނާޔަތްތައް

ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތިން، އިތުރުގަޑީގެ ފައިސާއާއި، ބަންދު ދުވަހުގެ ފައިސާ ލިބޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv) ޑައުންލޯޑް ކުރެވޭނެއެވެ.
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯ ކޮޕީ (ސެޓްފިކެޓުތަކުގެ އަސްލު، އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ.)
  4. މަސައްކަތު ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ލިޔުމުގެ އަސްލު، އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ.)
  5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް (އައިޑީ ކާޑުގެ އަސްލު، އިންޓަރވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ.)

އިތުރު މަޢުލޫމާތު

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، މި އިދާރާގެ 6760043 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6760666 އެވެ. އީ މެއިލް ކުރާނީ [email protected] އަށެވެ.

24 ޖުމާދަލްއޫލާ 1436

16 މާރިޗު 2015
ހޯދާ