ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ބޯޓުފަހަރަށް މުދާ ބަރުކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

އެސްޓީއޯ ސ.ހުޅުމީދޫ ފިހާރައިގައި ހުންނަ ގުދަނަށް އެސްޓީއޯގެ ބޯޓުފަހަރުންނާއި އެހެނިހެން ބޯޓުފަހަރުން ގެންނަ މުދާ ބޯޓުން ބާލައިގެން ގެންގޮސް ސ.ހުޅުމީދޫ ފިހާރައިގެ ގުދަނުގައި ޖެއްސުމާއި، އެސްޓީއޯ ބޯޓުފަހަރަށާއި އެހެނިހެން ބޯޓުފަހަރަށް އެސްޓީއޯ ސ.ހުޅުމީދޫފިހާރައިގެ ގުދަނުން މުދާ ނެރެގެން ގެންްްގޮސް ބަރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 މާރިޗު 19 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ސ.ހުޅުމީދޫ ފިހާރައަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 މާރިޗު 24 ވާ ހޯމަ ދުވަހުގެ 1100 އަށް އަންދާސީހިސާބު، ސ.ހުޅުމީދޫ ފިހާރައަށް ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑި ޖެހިގެން ހާޒިރުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

ފޯން : 3344374 ، 3012402

ފެކްސް : 3344633

[email protected] :އީމެއިލް

16 މާރިޗު 2015
ހޯދާ