މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ގުދަން/ފިހާރަ ކުއްޔަށް ދިނުމަށް.

ގުދަން / ފިހާރަ ކުއްޔަށް ދިނުމާބެހޭ

ތަޢުލީމީ ފަންޑުގެ ތިރީގައި މި ދަންނަވާ ތަންތަން ތިރީގައިމިވާ އަހަރުތަކަށް ކުއްޔަށް ދިނުމަށް ބޭނުންވެއެވެ.

  • 24 ނަންބަރު ފިހާރަ (އަޙްމަދީ ބާޒާރު) ( 1377 އަކަފޫޓު ) (1 އަހަރުދުވަހަށް)
  • 25 ނަންބަރު ފިހާރަ (އަޙްމަދީ ބާޒާރު) ( 1377 އަކަފޫޓު ) (1 އަހަރުދުވަހަށް)

ވީމާ، މިދެންނެވި ތަންތަން ކުއްޔަށް ހިފުމަށް ބޭނުންފުޅުވާ ފަރާތްތަކުން "އިމާރާތް ކުއްޔަށް ހިފުމަށް އެދޭ ފޯމު " ފުރިހަމަ ކުރެއްވުމަށްފަހު 18 މާރިޗު 2015 ވާ އާދީއްތަ ދުވަހުގެ 10:00 އަށް ތަޢުލީމީ ފަންޑުގެ އިދާރާ / މިނިސްޓްރީ އޮފް އެޑިޔުކޭޝަން، އެދުރުހިޔާ 1 ވަނަ ފަންގިފިލާއަށް ވަޑައިގެން ފޯމު ހުށަހެޅުއްވުން އެދެމެވެ. މިކަމަށް ބޭނުން ފުޅުވާ ފޯމު ތަޢުލީމީ ފަންޑުގެ އިދާރާ / މިނިސްޓްރީ އޮފް އެޑިޔުކޭޝަން، އެދުރުހިޔާ 1 ވަނަ ފަންގިފިލާއިން ލިބިވަޑައިގަންނަވާނެއެވެ.

ކުއްޔަށް ހިފުމަށް އެދޭ ފޯމު ހުށަހަޅުއްވާއިރު ބިޑް ސެކިއުރިޓީ ޑިޕޮޒިޓްގެ ގޮތުގައި -/30,000 (ތިރީސް ހާސް) ރުފިޔާ މިމިނިސްޓްރީގައި ބަހައްޓަވަން ވާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ 30 ދުވަހެވެ.

ކަމާބެހޭ މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341192، 3341193 ނަންބަރު ފޯނާއެވެ.

19 ޖުމާދަލްއޫލާ 1436

10 މާރިޗު 2015
ހޯދާ