މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ވެހިކަލްތައް ސަރވިސްކޮށް އަދި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް.

މިއޮފީހުގައި ބޭނުންކުރާ ވެހިކަލްތައް ސަރވިސްކޮށް އަދި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ތިންވަނަ ފަހަރަށް ކުރި ނަންބަރު IUL)14-A3/1/2015/11) އިޢުލާނަށް މަޢުލޫމާތު ސާފުކުރަން އެއްވެސް ފަރާތަކުން ހާޒިރުވެފައިނުވާތީ، އެއިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނު ކުރަމެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 17 މާރިޗު 2015 ވާ އަންގާރަ ދުވަހުގެ 13:00 އަށް ކަސްޓަމްސްގެ ހެޑްއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 22 މާރިޗު 2015 ވާ އާދީއްތަ ދުވަހުގެ 13:00 އަށް ކަސްޓަމްސް ހެޑްއޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށެވެ.

19 ޖުމާދަލްއޫލާ 1436

10 މާރިޗު 2015
ހޯދާ