މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ކޮންސަލްޓަންޓެއް ހޯދުމަށް.

ކޮންސަލްޓަންޓެއް ހޯދުމަށް ބޭނުންވެއްޖެ

މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ފަރާތުން ރާއްޖޭގެ އެކިއެކި ރަށްރަށުގައި އިމާރާތް ކުރަމުންދާ އިމާރާތްތަކުގެ ފަންނީ މަސައްކަތްތަކަށް ބޭނުންވާ ލަފާދިނުމާއި، އަދި އެފަދަ ޢިމާރާތްތަކުގެ މަސައްކަތް ހިގަމުންދާއިރު އެ މަސައްކަތް ސްޕަވައިޒު ކުރުމުގެ ގޮތުން މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ބޭނުންވާ ފަންނީ ލަފައާއި އިރުޝާދުދީ އަދި ޓެކްނިކަލް ޑްރޯވިން ތައްޔާރު ކުރުންފަދަ ފަންނީ ގިނަމަސައްކަތްތަކެއް ކުރަންބޭނުންވާތީ، އެކަމުގެ ތަޖުރިބާ ލިބިފައިވާ ޤާބިލު ފަރާތެއް 01 އަހަރު ދުވަހުގެ މުއްދަތަށް ހޯދުމަށް ކުރެވުނު ނަންބަރު IUL)22-PU/1/2015/75) އިޢުލާނާ ގުޅިގެން ބިޑު ހުށަހަޅާފައިވަނީ އެންމެ ފަރާތަކުންކަމަށްވާތީ، އެއިޢުލާން ބާޠިލު ކުރުމަށްފަހު އަލުން އިޢުލާން ކުރީމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 08 ވަނަ ފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 08 ވަނަ ފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

16 މާރިޗު 2015 (ހޯމަ) ދުވަހުގެ 10:00 އަށް

22 މާރިޗު 2015 (އާދިއްތަ) ދުވަހުގެ 10:00 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436 ނަންބަރު ފޯނާއެވެ.

19 ޖުމާދަލްއޫލާ 1436

10 މާރިޗު 2015
ހޯދާ