އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ކެންޑިޑޭޓުންގެ މަންދޫބުންނަށްވުމުގެ ފުރުޞަތު ހުޅުވާލުން

ކެންޑިޑޭޓުންގެ މަންދޫބުންނަށްވުމުގެ ފުރުޞަތު ހުޅުވާލުން

ރ. އަލިފުށި ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށްޓަކައި، 4 އެޕްރީލް 2015 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައި އިލެކްޝަންގެ ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް ހިނގާގޮތް ބެލުމަށް ޝައުޤުވެރިވާ ކެންޑިޑޭޓުންގެ މަންދޫބުންނަށް 2015 މާރިޗު 8 ވާ އާދީއްތަ ދުވަހުގެ ހެނދުނު 8:00 ން ފެށިގެން 2015 މާރިޗް 23 ވާ ހޯމަ ދުވަހުގެ ހަވީރު 15:00 އާ ހަމަޔަށް އެ ފުރުޞަތު ހުޅުވާލައިފީމެވެ.

މި އިންތިޚާބުގެ ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް ހިނގާގޮތް ބެލުމަށް އެދޭ ކެންޑިޑޭޓުންގެ މަންދޫބުންގެ އަންނަނިވި ޝަރުޠުތައް ހުންނަންވާނެއެވެ.

  1. އުމުރުން 18 އަހަރުވެފައިވާ މީހެއްކަމުގައި ވުން.
  2. ޖިނާއީ ކުށެއްގައި ޙުކުމް ތަންފީޒު ކުރެވެމުންދާ މީހެއްކަމުގައި ނުވުން.
  3. މިއިންތިޚާބުގެ މަސައްކަތެއްގައި އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ހަވާލުވެގެންހުރި މީހެއްކަމުގައިނުވުން.
  4. ފަނޑިޔާރުން އަދި މިނިވަން މުއައްސަސާތަކުގެ ވެރިންނާއި މެންބަރުން ކަމުގައި ނުވުން.
  5. ކުށެއްގެ ތުހުމަތުގައި ބަންދު ކުރެވިފައި ހުރި މީހަކު ކަމުގައި ނުވުން.

ވޯޓު ނެގުން އޮންނަ ދުވަހު ވޯޓު ނެގުމާއި ވޯޓު ގުނުމުގެ ކަންތައްތައް ހިނގާގޮތް ބެލުމަށްޓަކައި ކޮންމެ ކެންޑިޑޭޓަކަށް، މި އިންތިޚާބުގައި ބަހައްޓާ ކޮންމެ ވޯޓު ފޮށްޓަކަށް 1 (އެކެއް) މަންދޫބަކު ޢައްޔަން ކުރެވިދާނެއެވެ.

ވޯޓު ނެގުމާއި ވޯޓު ގުނުމުގެ ކަންތައްތައް ހިނގާގޮތް ބެލުމަށް ޝައުޤުވެރިވާ ކެންޑިޑޭޓުންގެ މަންދޫބުން އިލެކްޝަންސް ކޮމިޝަނުން އެކަމަށް ކަނޑައަޅާފައިވާ އެޕްލިކޭޝަން ފޯމާއި އިޤުރާރު ފުރިހަމަ ކުރުމަށްފަހު، އެ ތަކެތި އިލެކްޝަންސް ކޮމިޝަންގެ އިދާރާއަށް  ނުވަތަ ރ. އަލިފުށި ކައުންސިލްގެ އިދާރާ އަށް ހުށަހަޅަންވާނެއެވެ.

ރ. އަލިފުށި ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް ހިނގާގޮތް ބެލުމަށް އެދޭ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ އެޕްލިކޭޝަން ފޯމާއި އިޤުރާރު އިލެކްޝަންސް ކޮމިޝަންގެ އިދާރާއިންނާއި، ރ. އަލިފުށި ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި، އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުން (www.elections.gov.mv) ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ. އެޕްލިކޭޝަން ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2015 މާރިޗު 8 ވާ އާދީއްތަ ދުވަހުން ފެށިގެން ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން ހަވީރު 15:00 އަށެވެ. އަދި އެޕްލިކޭޝަން ފޯމު ބަލައިގަތުމުގެ ސުންގަޑިއަކީ 2015 މާރިޗު 23 ވާ ހޯމަ ދުވަހުގެ ހަވީރު 15:00 އަށެވެ.

އެއްވެސް ފޯމެއްގައި ފުރިހަމަ ކުރަންޖެހޭ ބައެއް ފުރިހަމަ ނުވެ ހުރިނަމަ ނުވަތަ އެ ފޯމާއެކު ހުށަހަޅަންޖެހޭ އެއްވެސް އެއްޗެއް މަދުނަމަ އެފޯމެއް ބާޠިލު ކުރެވޭނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

13 ޖުމާދަލްއޫލާ 1436

04 މާރިޗު 2015
ހޯދާ