ހުޅުމާލެ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ޑްރައިވަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް، ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމުގެ ނަން:

ޑްރައިވަރ

ރޭންކް:

SS2

ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް 2

ސެކްޝަން/ޑިޕާޓްމަންޓް:

ހުޅުމާލެ މެޖިސްޓްރޭޓް ކޯޓް

ބޭނުންވާ އަދަދު:

1 (އެކެއް)

ތަޢުލީމާއި ތަޖުރިބާ:

1. އަސާސީ ތަޢުލީމުގެ ފެންވަރު ހުރުން.

2. މަޤާމުގެ މަސައްކަތުގެ ދާއިރާގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ  ލިބިފައިވުން ނުވަތަ މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްޢޫލިއްޔަތު:

1. ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ ވެހިކަލް ދުއްވުން.

2. ވެހިކަލް ބެލެހެއްޓުން.

އުޖޫރަ:

މަހަކު -/3470 ރުފިޔާ (ތިންހާސް ހަތަރުސަތޭކަ ހަތްދިހަ ރުފިޔާ)

އެލަވަންސް/ޢިނާޔަތްތައް:

1. ސަރވިސް އެލަވަންސްގެގޮތުގައި މަހަކު -/1000 ރުފިޔާ (އެއްހާސް ރުފިޔާ)

2. ޖުޑީޝަލް ސަރވިސް އެލަވަންސްގެގޮތުގައި އަސާސީ މުސާރައިގެ %40 ލިބޭނެ.

3. ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ އިތުރުގަޑީގެ ފައިސާ.

4. ލިވިންގ އެލަވަންސް: -/2،550 ރުފިޔާ (ދެހާސް ފަސްސަތޭކަ ފަންސާސް ރުފިޔާ)

މުއްދަތުހަމަވާ ތާރީޚު:

2015 މާރިޗު 16 ވަނަ ދުވަހުގެ މެންދުރުފަހު 14:00 ކުރިން.

ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

1. ވަޒީފާއަށް އެދޭ ފޯމު.

2. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.

4. ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ.

5. ވަޒީފާ އަދާކުރާނަމަ، ވަޒީފާގައި އުޅޭ ނުވަތަ އުޅުނުކަމުގެ ލިޔުން (ވަޒީފާގެ ކްލެސިފިކޭޝަނާއި، މުސާރައާއި، ރޭންކް އެނގޭނެގޮތަށް)

6. ބޮންޑެއް އޮތް ފަރާތެއްކަމުގައިވާނަމަ، ވަޒީފާ އަދާކުރާ އޮފީހަކުން ވަޒީފާއިން ދޫކުރައްވާނެކަމުގެ ލިޔުން.

ނޯޓް:

- ވަޒީފާއަށް އެދޭ ފޯމު، ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. - މި މަޤާމަށް އެދި ފޯމް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ކިޔާނީ، ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.

- އިތުރު މައުލޫމާތު ހޯދުމަށް 3351535 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

11 ޖުމާދަލްއޫލާ 1436

02 މާރިޗު 2015
ހޯދާ