ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
އޮފީސް އެސިސްޓެންޓް (ވަގުތީ)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް

އޮފީސް އެސިސްޓެންޓް (ވަގުތީ)

މުއްދަތު

3 މަސްދުވަސް

ބޭުނުންވާ އަދަދު 

1 (އެކެއް)

ސެކްޝަން

އެޑްމިން ސެކްޝަން

މުސާރަ

- މަސައްކަތްކުރާ ކޮންމެ ދުވަހަކަށް -/220 ރުފިޔާ (ދުވާލަކު 7 ގަޑިއިރު) 

- އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ތަޢުލީމާއި ތަޖުރިބާ

- މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސެންސެއް/ހުއްދައެއް/ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- މަޤާމުގެ މަސައްކަތުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މަސައްކަތް

  1. އެކިއެކި ސްކޮލަރޝިޕްތަކާއި ދަރިވަރުންގެ އެކައުންޓްތަކަށް ޖަމާކުރަންޖެހޭ ފައިސާ/ޗެކް ބޭންކްތަކަށް ގެންދިޔުން.
  2. އެކިއެކި ފަރާތްތަކަށް ފޮނުވާ ލިޔެކިޔުންތަކާއި ތަކެތި ރައްދުކުރުމުގެ މަސައްކަތްކުރުން.
  3. އޮފީހުގެ ޚިދުމަތްތަކަށް ހޯދޭ ތަކެތި ގެނައުމުގެ މަސައްކަތްކުރުން.
  4. އެކިއެކި ޖަލްސާތަކަށާއި ފަންކްޝަންތަކަށް ހޯލް ތައްޔާރުކުރުމުގެ މަސައްކަތްކުރުން.
  5. އޮފީސް ފޮޅައި ސާފުކޮށް ބެލެހެއްޓުމަށް މަސައްކަތްކުރުން.
  6. އެކިއެކި ބައްދަލުވުން/ޖަލްސާތަކަށް ސައިތައްޔާރުކުރުމުގެ މަސައްކަތްކުރުން.
  7. އޮފީހުގެ އެކިއެކި ޚިދުމަތްތަކަށް ކުއްޔަށް ހޯދޭ ތަކެތި ގެނައުމާއި، ޚިދުމަތް ނިމުމުން، އެ ތަކެތި އަނބުރާ ފޮނުވުމުގެ މަސައްކަތްކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީން.

- މަސައްކަތުގެ ދާއިރާގައި ލިބިފައިވާ ތަޖުރިބާ.

-  ޤާބިލުކަން ކަށަވަރުކުރުމާއި، މަސައްކަތްކުރުމުގެ ހުނަރު ލިބިފައިވާ މިންވަރު ވަޒަންކުރުމަށްޓަކައި، އިންޓަވިއުކުރުން.

ހުށަހަޅަންޖެހޭ ތަކެތި

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ޑިޕާޓްމަންޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) (ކޯހެއްގެ ސެޓްފިކެޓް ލިބިފައިނުވާނަމަ، ކޯސް ހެދި ތަނަކުން ކޯސް ނިންމިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެ ކޯހެއް އެކްރެޑިޓްކުރެވޭ ލެވަލް ބަޔާންކޮށްދޭ ލިޔުން.)

ރ-  މަސައްކަތުގެ ތަޖުރިބާއަށް މާކްސް ދިނުމަށް ހަމަޖެހިފައިވާތީ، އެކަން ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ ނުވަތަ ކުރަމުންގެންދާ  އިދާރާތަކުން ހޯދާފައިވާ ލިޔުން (މިފަދަ ލިޔުންތަކުގައި، ކުރި މަސައްކަތާއި، މަސައްކަތްކުރި މުއްދަތު އެނގެން އޮންނަންވާނެއެވެ. އަދި ވަޒީފާ އަދާކުރަން ފެށި ތާރީޚާއި، ވަޒީފާއިން ވަކިވި ތާރީޚުގެ ދުވަހާއި މަހާއި އަހަރު އެނގޭގޮތަށް ބަޔާންކޮށްފައި އޮންނަންވާނެއެވެ.)

ބ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.)

ސުންގަޑި

މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން / ހ. ވެލާނާގެ (2 ވަނަ ފަންގިފިލާ) ކައުންޓަރަށް.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 މާރިޗު 9 ވަނަ ދުވަހުގެ 14:30 ގެ ކުރިން.

އިންޓަވިއު

މިކަމަށްއެދި ހުށަހަޅާފަރާތްތަކާ ކުރެވޭ އިންޓަވިއު އޮންނާނީ، 2015 މާރިޗު 10 އާއި 12 އާ ދެމެދުގެ ތާރީޚެއްގައެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ  3341307 ނަންބަރު ފޯނަށް ނުވަތަ 3341303 ނަންބަރު ފޯނަށެވެ.

  7 ޖުމާދަލްއޫލާ 1436
26 ފެބުރުވަރީ 2015
ހޯދާ