މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން
ދިވެހިރާއްޖެ
ސަރކިއުލަރ

 މީޑިއާނެޓްގެ ނެޓްވާރކްގައި ލޯކަލް ޗެނަލްތައް ރައިޑް ކުރުމަށް ނަގަމުންދާ ފީ ފާސްކުރުން

މީޑިއާ ނެޓް ޕްރައިވެޓް ލިމިޓެޑްގެ ކ.އަތޮޅު އަދި ސ.އަތޮޅު ސަރަޙައްދުގައި ހިމެނޭ ނެޓްވާރކްގައި ލޯކަލް ޗެނަލްތައް ރައިޑް ކުރުމަށް -/4ރ (ހަތަރު ރުފިޔާ) އެއީ އެކަށީގެންވާ އަގެއް ކަމުގައި އަންނަނިވި ޝަރުޠުތަކާއެކު ކޮމިޝަނުން ވަނީ 24 ސެޕްޓެންބަރު 2014ވަނަ ދުވަހު ފާސްކޮށްފައެވެ.

  • ކޮންމެ ހަތަރު މަހުން އެއްމަހު މީޑިޔާނެޓްގެ ޚިދުމަތް ދެމުންދާ ސަރަޙައްދުތަކުގައި ހިމެނޭ ކަނެކްޝަންތަކުގެ އަދަދު ކޮމިޝަނަށް ލިޔުމުން އެންގުން.
  • މީޑިޔާ ނެޓްގެ ކަނެކްޝަންތަކުގެ އަދަދަކީ ޢާންމު ފަރާތްތަކަށް ސަރަޙައްދުތައް ވަކިން އެނގޭނޭހެން ޝާއިޢު ކުރެވިފައިވާ މަޢުލޫމާތެއް ކަމުގައިވުން.
  • ލައިސަންސް ދީފައިވާ ކޮންމެ ސަރަޙައްދަކަށް ވަކިން ރައިޑްކުރުމުގެ ފުރުޞަތު ބްރޯޑްކާސްޓަރުންނަށް އޮތުން

ވީމާ، މިކަން ހުރިހާ ބްރޯޑްކާސްޓަރުންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

04 ޖުމާދަލްއޫލާ 1436

23 ފެބުރުވަރީ 2015
ހޯދާ