ގުޅީ ސްކޫލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް

1 (އެކެއް)

ބޭނުންވާ އަދަދު

ޖީ. އެސް 3

ރޭންކް

އޮފިސަރ ގްރޭޑް 1

ކްލެސިފިކޭޝަން

ދާއިމީ

ވަޒީފާގެ ބާވަތް

ގުޅީ ސްކޫލް

ވަޒީފާ އަދާކުރަންޖެހޭ ތަން

މަހަކު -/4465 ރުފިޔާ (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަށް ފަސް ރުފިޔާ)

މުސާރަ

މަހަކު -/1500 ރުފިޔާ (އެއްހާސް ފަސްސަތޭކަ ރުފިޔާ)

ސަރވިސް އެލަވަންސް

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ ޢުޞޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން ޢިނާޔަތްތައް ދެވޭނެއެވެ.

ޢިނާޔަތްތައް

- އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއިއެކު، އޭގެ އިތުރުން، ސެކެންޑަރީ ސްކޫލު ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ޢަސާސީ ޝަރުޠު

- ދާއިމީ މުވައްޒަފުންގެ ރަޖިސްޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން.

- ވަގުތީ މުވައްޒަފުންގެ ރަޖިސްޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން.

- ޗުއްޓީއަށް އެދޭ މުވައްޒަފުންގެ ޗުއްޓީ ޗިޓް، އިސްވެރިޔާގެ މަޝްވަރާގެ މަތިން ތައްޔާރުކޮށް ހަވާލުކުރުން.

- އަހަރީ ޗުއްޓީގައި 30 ދުވަހަށްވުރެ ގިނަ ދުވަސްވާ އިދާރީ މުވައްޒިފުންގެ މަޢުލޫމާތު އިސްވެރިޔާއަށާއި އިދާރީކަންތައް ބެލެހެއްޓުމާ ހަވާލުހުރި ވެރިޔާއަށް ހުށަހެޅުން.

- 30 ސަލާމަށްވުރެ ގިނަ ދުވަސްވާ މުވައްޒަފުންގެ މަޢުލޫމާތު، އިސްވެރިޔާއަށާއި އެ މުވައްޒަފެއްގެ ކަންތައް ބެލެހެއްޓުމާ ހަވާލުހުރި ސުޕަވައިޒަރަށް ދިނުން.

- ގަޑިޖެހިގެން ހާޒިރުވާ މުވައްޒަފުން ގަޑިޖައްސައި، ކޮންމެ މަހެއްގެ މުސާރަ ދިނުމުގެ ކުރިން ގަޑިޖެހުނު މުވައްޒަފުންގެ ލިސްޓެއް ތައްޔާރުކޮށްފައި ބަޖެޓް ސެކްޝަނާ ހަވާލުކުރުން.

- ސަލާމްބުނި މުވައްޒަފުންގެ ތެރެއިން އިސްވެރިޔާ ސަލާމް ގަބޫލުކުރައްވާފައިވާ މުވައްޒަފުން ހާޒިރީގައި އެކަން ފާހަގަކުރުން.

- ކޮންމެ މަހެއްގެ 5 ވަނަ ދުވަހުގެ ކުރިން ފާއިތުވީ މަހުގެ ހާޒިރީ ރިޕޯޓް ތައްޔާރުކޮށްފައި އިސްވެރިޔާއަށް ހުށަހެޅުން.

- ޗުއްޓީއަށް އެދި ހުށަހަޅާ މުވައްޒަފުންގެ ތެރެއިން ކަނޑައެޅިފައިވާ އުސޫލުން ޗުއްޓީ ޗިޓް ދޫކުރުން އަދި އެކަން ޔައުމިއްޔާ ލިޔުއްވާ މުވައްޒަފަށް މަޢުލޫމާތަށްޓަކައި އެންގުން.

- ފާއިތުވި މަހުގެ މުވައްޒަފުންގެ ސަލާމާއި ޗުއްޓީގެ ރެކޯޑް ހިނގާ މަހުގެ 20 ގެ ކުރިން ފުރިހަމަކޮށް ނިންމުން.

- ޗުއްޓީ ހަމަވުމުން ވަޒީފާއަށް ނުނިކުންނަވާ މުވައްޒަފުންގެ މަޢުލޫމާތު އިސްވެރިޔާއަށާއި އިދާރީ ކަންތައްތައް ބެލުމާއި ހަވާލުވެހުރި ވެރިޔާއަށް ހުށަހަޅަމުން ގެންދިއުން.

- ބެލެނިވެރިންނަށް ފޮނުވަންޖެހޭ ދެންނެވުންތަކާއި، އެންގުންތަކާއި، ނޯޓް ލިޔެ ފޮނުވުން.

- ބައްދަލުވުންތަކުގެ ނޯޓް ތައްޔާރުކުރުން.

- އިދާރީ އެންމެހައި ލިޔެކިޔުންތައް (ސިޓީ، މެސެޖް، ސަރކިއުލަރ، ނޯޓް ފަދަ) މައްސަލަ ނިންމައި ފައިލްކޮށް ބެލެހެއްޓުން.

- ސެޝަނުގައި މަސައްކަތްކުރާ އެޑްމިނިސްޓްރޭޓިވް އޮފިސަރަކު ހާޒިރުނުވާ ދުވަހެއްގައި އެ މުވައްޒަފަކާ ހަވާލުކުރެވިފައިވާ މަސްޢޫލިއްޔަތުގެ ތެރޭގައި ހިމެނޭ، ދުވަހުން ދުވަހަށް ނިންމަންޖެހޭ ކަމެއް، އިސްވެރިއެއްގެ އިރުޝާދުގެ ދަށުން ކުރުން.

- ނިންމަންޖެހޭ މަސައްކަތްތައް ނިންމުމުގައި ސްކޫލްގެ އިސްވެރިޔާގެ އިރުޝާދު ހޯދުން، އަދި ހަވާލުކުރެވޭ މަސައްކަތް ލަސްނުކޮށް ނިންމުމަށް މަސައްކަތްކުރުން.

- ސްކޫލްގެ ހިންގުން ރަނގަޅުކޮށް ހަލުއިކުރުމަށް އެ މުވައްޒަފެއްގެ ހައިސިއްޔަތުން ކުރެވެންއޮތް ހުރިހާ ކަމެއްކޮށް، ސްކޫލުގެ ވެރިންނާ އެކުގައި މަސައްކަތްކުރާ ހުރިހާ މުވައްޒިފުންނާ ގުޅިގެން އެކުވެރިކަމާއެކު މަސައްކަތްކުރުން.

- ވަޒީފާގެ މަސްޢޫލިއްޔަތުގައި ކަނޑައެޅިފައިވާ ކަންތައްތަކުގެ އިތުރުން، ވެރިޔަކު ރަސްމީ ކަމެއް ހަވާލުކުރައްވައިފިނަމަ އެމަސައްކަތެއް ވީއެންމެ ފުރިހަމަޔަށް ކުރުން.

- ދިވެހި ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓުގައި ބަޔާންކޮށްފައިވާ އެންމެހައި ކަންތައްތައް އެނގި، އެއާ އެއްގޮތަށް ޢަމަލުކުރުން.

- ކިޔަވައިދިނުމާ ގުޅުންހުރި ކަންތައްތަކުގައި އެހީތެރިވެދިނުން.

- އިސްވެދިޔަ ކަންތައްތަކުގެ އިތުރަށް، ޚާއްޞަގޮތެއްގައި ހަވާލުކުރެވޭ، އާއްމުގޮތެއްގައި ދިމާނުވާޒާތުގެ ބޮޑެތި މަސައްކަތްތަކުގައި، އަދި ކުއްލިގޮތެއްގައި ހަވާލުކުރެވޭ އަވަސް ކަންތައްތަކުގައި، ވެރިން އަންގަވާގޮތެއްގެމަތިން، ފަރުވާތެރިކަމާއެކު ބަރާބަރަށް ޢަމަލުކުރުން.

 

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް

 

 

 

 

 

- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މި ފޯމު، މި ސްކޫލުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)

- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު) 

- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު)

- ވަޒީފާއަށް އެދޭ ފަރާތުގެ އައި.ޑީ ކާޑުގެ ދެފުށުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު)

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

 

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް

 

 

 

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީން.

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ.

- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލޭނެ ކަންކަން

2015 މާރިޗު 5 ވާ ބުރާސްފަތި ދުވަހުގެ 13:00

ސުންގަޑި

މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއުކުރުން އޮންނަނީ، 2015 މާރިޗު 8 ވާ އާދީއްތަ ދުވަހުގެ  13:00 ގައި ގުޅީ ސްކޫލުގައެވެ.

އިންޓަވިއުކުރުން އޮންނާނެ ތަނާއި، ތާރީޚާއި، ގަޑި

މަޢުލޫމާތު ސާފުކުރުމަށްޓަކައި ރަސްމީ ގަޑީގައި 6642512 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

އިތުރު މަޢުލޫމާތު

 5 ޖުމާދަލްއޫލާ 1436
24 ފެބުރުވަރީ 2015
ހޯދާ