ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ރިސާރޗް އެސިސްޓަންޓް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު:

ރިސާރޗް އެސިސްޓެންޓް

ބޭނުންވާ އަދަދު:

1

މުސާރަ:

އެލަވަންސް ހިމެނޭގޮތަށް މަހަކު 16،250 ރުފިޔާއާއި 18،125 ރުފިޔާއާ ދެމެދުގެ މުސާރައެއް ލިބޭނެއެވެ. މުސާރަ ކަނޑައެޅޭނީ، ކެނޑިޑޭޓުގެ ތަޢުލީމީ ފެންވަރުގެ މައްޗަށް ބިނާކޮށެވެ.

އޮފީސް:

ދަ ޕޯސްޓްގްރެޖުއޭޓް ރިސާރޗް ސެންޓަރ 

ވަޒީފާގެ މުއްދަތު

3 މަސްދުވަސް

މަޤާމުގެ ޝަރުޠު:

 

  • ނެެޗުރަލް ރިސޯސް މެނޭޖްމަންޓް  ނުވަތަ  މިދާ އިރާއާ ގުޅޭ ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުުން.
  • ޢާމަލީގޮތުން މަސައްކަތުގައި 2 އަހަރުގެ ތަޖުރިބާހުރި، ދިވެހިރާއްޖޭގައި އެންވަޔަރަމަންޓް މެނޭޖްމަންޓުގެ ދާއިރާއިން މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • ޕްރޮޖެކްޓް ދުވަހީގޮތެއްގައި ބެލެހެއްޓުމާއި، ޓެކްނިކަލް ރިޕޯޓް ލިޔުމުގެ ތަޖުރިބާ ހުރުން.
  • ދިވެހިބަހާއި އިނގިރޭސިބަހުން ރަނގަޅަށް މުޢާމަލާތުކުރުމުގެ ހުނަރު ހުރުން.

މަސައްކަތުގެ ތަޢާރަފް

"މެޕިންގ އެންޑް އެންހޭންސިންގ ނެޗުރަލް ރިސޯސް ގަވަރނަންސް އިން ސްމޯލް އައިލަންޑް ކޮމިއުނިޓީޒް' މި ނަމުގައި ޔުނެޕުގެ ޕްރޮޖެކްޓެއް މި ޔުނިވަރސިޓީގެ ޕޯސްޓް ގްރެޖުއޭޓް ރިސާރޗް ސެންޓަރުން ވަނީ ހިންގާފައެވެ. މި ޕްރޮޖެކްޓުގެ މައިގަނޑު ދެ މަޤްސަދަކީ:

 1. ކުދި ޖަޒީރާ ޤައުމުތަކުގައި ޤުދުރަތީ ވަސީލަތް ބޭނުންކުރުމާބެހޭ ކަންކަން ރާވައި ހިންގާ ގޮތްތައް ދެނެގަތުމާއި، މިފަދަ ކަންކަން ހިންގުން އިތުރަށް ހަރުދަނާކުރަން ހުރި ފުރުސަތުތައް ދެނެގަތުން.

 2. މިކަންކަން ހަރުދަނާކުރުމަށް އެހީތެރިވުމަށްޓަކައި އެކިފެންވަރުގައި ބޭނުންވާ ކެޕޭސިޓީ ބިނާކުރުމާއި އެހީތެރިވާނޭ އިތުރު ގޮތްތައް ޤާއިމްކުރުމެވެ. މި ޕްރޮޖެކްޓުގެ އަލީގައި ޓާގެޓް ސައިޓެއްގައި ހިންގާނެ ހަރަކާތްތަކެއް ފާހަގަކޮށް، މި ޕްރޮޖެކްޓުގެ ދެވަނަ ފިޔަވަހީގެ ގޮތުގައި މިހާރު މަސައްކަތްވަނީ ފެށިފައެވެ. މި ފިޔަވައްސަށް އެހީތެރިވުމަށްޓަކައި ރިސާރޗް އެސިސްޓެންޓެއް ހޯދުމަށް ޕޯސްޓް ގްރެޖުއޭޓް ރިސާރޗް ސެންޓަރަށް ބޭނުންވެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

ރިސާރޗް އެސިސްޓަންޓުގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނެނީ، ތިރީގައިވާ ހަރަކާތްތަކުގައި ލީޑް ރިސާރޗަރަށް އެހީތެރިވުމެވެ.

  • ޤުދުރަތީ ވަސީލަތްތައް ބޭނުންކުރުމާ ބެހޭގޮތުންވާ މަޢުލޫމާތު ހޯދުމުގައި އާންމު ފަރުދުންނަށް ދިމާވާ ގޮންޖެހުންތައް ދެނެގަތުމަށް ޓާގެޓް އަތޮޅުގައި ސަރވޭއެއް ހިންގުން.
  • ޤުދުރަތީ ވަސީލަތް ބޭނުންކުރުމުގެ ކަންކަން ހިންގާ ހަރުދަނާކުރުމަށް ބޭނުންވާ ފަންނީ ތަމްރީނުދިނުމަށް ރިސޯސް ޓޫލްކިޓެއް ތައްޔާރުކުރުމަށް އެހީވުން.
  • އަތޮޅު ފެންވަރުގައި ތަމްރީން ޕްރޮގްރާމްތަކެއް ހިންގުން.
  • ކުދި ޖަޒީރާ ޤައުމުތަކުގައި ޤާއުމުތަކުގައި ޤުދުރަތީ ވަސީލަތްތައް ބޭނުންކުރުމާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރަން ދިވެހިބަހާއި އިނގިރޭސިބަހުން މަޢުލޫމާތު ތައްޔާރުކުރުން.

އުޖޫރައާއި ޢިނާޔަތްތައް:

  • އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  1. ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  2. ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު، އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓްކޮށްފައިވާ ސަނަދާއި، އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

 

 

 

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • އިންޓަވިއު ކުރެވޭނީ، އިޢުލާނުގައި ބަޔާންކޮށްފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓި ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • ޖަރނަލިސްޓެއްގެގޮތުގައި މަސައްކަތްކޮށްފައިވާ ފަރާތްތަކާއި ޖަރނަލިޒަމާގުޅޭ ޓެކްނިކަލް ހުނަރު ހުންނަ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ސިޓީ ފޮނުވަންވީ ތާރީޚު:   

2015 މާރިޗު 1 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 15:00 ގެ ކުރިން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް.

އިތުރު މަޢުލޫމާތު:

  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3345409 ނަންބަރު ފޯނާއެވެ.

4 ޖުމާދަލްއޫލާ 1436

23 ފެބުރުވަރީ 2015
ހޯދާ