މަޖީދިއްޔާ ސްކޫލް
ދިވެހިރާއްޖެ
މަރާމާތާ ގުޅޭ މަސައްކަތްތަކެއް ކޮށްދޭނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ

މި ސްކޫލުގެ މަރާމާތާގުޅޭ މަސައްކަތްތަކެއް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ކުރީގެ ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ މަރުކަޒުގެ ބިމުގެ ވަށައިގެން ފެންސެއް ޖެހުން.

ސްޓާފްރޫމުގެ 3 ފާޚާނާގެ މަރާމާތު

ސްކޫލުގެ ސައުންޑް ސިސްޓަމް ރަނގަޅުކުރުން

އޭސީ ސަޕްލައިކޮށް އިންސްޓޯލް ކުރުން.

މަރާމާތާ ގުޅޭ އެހެނިހެން މަސައްކަތް.

ވީމާ، މިކަންކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 25 ފެބުރުވަރީ 2015ވާ ބުދަދުވަހުގެ 13:30އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 02 މާރިޗު 2015 ވާ ހޯމަ ދުވަހުގެ 13:30ގައި މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ބޭފުޅުންގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ބޭފުޅުން މި ސްކޫލުގެ އޮފީސްގޭޓުން (އަމީރުއަޙުމަދު މަގު) ވަދެވަޑައިގެންނެވުން އެދެމެވެ.        

23 ފެބުރުވަރީ 2015
ހޯދާ