ހިތަދޫ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ތަރުޖަމާނު

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން:  

އޮފިސަރ ގްރޭޑް 1   

ރޭންކް: GS 3

މުސާރަ:

މަހަކު -/4465 ރުފިޔާ 

ސަރވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ

ޑިވިޜަން:

އެޑްމިން އެންޑް ހިއުމަން ރިސޯސަސް

ސެކްޝަން /ޔުނިޓް:

އޯ.ޕީ.ޑީ / ރެޖިސްޓްރޭޝަން

މަސައްކަތް ކުރަންޖެހޭ ތަން:

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް

ކުރަންޖެހޭ މައިގަނޑު

މަސައްކަތްތައް:

- ހޮސްޕިޓަލަށް ޚިދްމަތް ހޯދަން އަންނަ ފަރާތްތަކާ ގާތް ގުޅުމެއް ބަހައްޓައި، ހިނިތުންވުމާއި އޯގާތެރިކަމާއެކު ޚިދުމަތް ދިނުން.

- ޑިއުޓީ އުޞޫލުން މަސައްކަތް ކުރުން.

- ޑޮކްޓަރަށް ދައްކަން އަންނަ ފަރާތްތަކާ އަޅާލައި، އެހީތެރިވެ، ޑޮކްޓަރަށް ދައްކައިދިނުމުގައި ރަނގަޅަށް

ބަސްދޭހަކޮށްދީ، ދެފަރާތުން ދެފަރާތަށް ދައްކަންޖެހޭ ވާހަކަތައް ވަރަށް ރަނގަޅަށް އޮޅުންފިލުވައިދިނުން.

- އައުޓް ޕޭޝަންޓް ރެކޯޑް ބެލެހެއްޓުމާއި، އައި.ސީ.ޑީ ކޯޑިންގގެ ހުރިހާ މަސައްކަތެއް ކުރުން.

- ބަލިމީހާއާއި ޑޮކްޓަރާ ދެމެދު ދެކެވޭ ވާހަކަތަކުގެ ސިއްރު ހިފެހެއްޓުމާއި، ކަމާނުބެހޭ އެއްވެސް ފަރާތަކާ އެފަދަ ވާހަކަތައް ހިއްސާނުކުރުން.

- ބަލިމީހުންނަށް ސާފުވާގޮތަށް ޑޮކްޓަރުގެ ވާހަކަތައް އޮޅުން ފިލުވައިދިނުން.

- ކުއްލި ޙާލަތްތައް ދިމާވެގެންނާއި އެހެނިހެން ކަންތައްތަކުގައި ޑޮކްޓަރ ބަލިމީހުން ބެއްލެވުން މެދުކެނޑޭނަމަ ކިއޫގައި ތިބޭ ފަރާތްތަކަށް ރަނގަޅަށް ބުނެދީ، ރަނގަޅަށް މަޢުލޫމާތު ދިނުން.

ޝަރުޠު:

  1. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް

  ސެޓްފިކެޓް  އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމް:

އެސިސްޓެންޓް ޕަބްލިކް ރިލޭޝަންސް އޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ރޭންކް: GS3 

މުސާރަ:

މަހަކު -/4465 ރުފިޔާ 

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

ޑިވިޜަން:

އެޑްމިން އެންޑް ހިއުމަން ރިސޯސަސް

ސެކްޝަން / ޔުނިޓް:

އޯ.ޕީ.ޑީ، ރެޖިސްޓްރޭޝަން

މަސައްކަތް ކުރަންޖެހޭ ތަން:

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް

 

ކުރަންޖެހޭ މައިގަނޑު

މަސައްކަތްތައް:

- ހޮސްޕިޓަލަށް ޚިދްމަތް ހޯދަން އަންނަ ފަރާތްތަކާ ގާތް ގުޅުމެއް ބަހައްޓައި، ހިނިތުންވުމާއި އޯގާތެރިކަމާއެކު ޚިދްމަތް ދިނުމާއެކު، ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުން.

- އިންޕޭޝަންޓުންގެ ކަންތައްތް ބަލައި، ދިމާވާކަން ކަމުގައި ޙައްލަކާ ހަމައަށް ގެނެސްދިނުމާއި، ޚިދްމަތުގެ ފެންވަރު ހަރުދަނާ ކުރުމުގެގޮތުން ފާހަގަކުރެވޭ ކަންތައްތައް ބަލައި، ކަމާ ގުޅޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުން.

- އިމަރޖެންސީ ޙާލަތްތަކުގައި ގެނެވޭ ބަލިމީހުންގެ ކަންތައްތައް ވަރަށް ގާތުން ބަލައި، ރަނގަޅު މަޢުލޫމާތު ލިބިގަނެ، މަޢުލޫމާތު ފޯރުކޮށްދިނުން.

- ދެވޭ ޚިދްމަތުގެ ފެންވްރު ރަނގަޅުކޮށް އިޞްލާޙުކުރުމަށްޓަކައި، ކޮންމެ ޝިފްޓެއްގައި ދިމާވާ މައްސަލަތައް ފާހަގަކޮށް، ހުށަހެޅޭ ޝަކުވާ ނުވަތަ ހިތްހަމަނުޖެހުން، މެނޭޖްމަންޓާ ހަމައަށް ހުށަހެޅުން.

އި- ދާރީގޮތުން ރަޖިސްޓްރޭޝަނުގައި ކުރަންޖެހޭ މަސައްކަތްތަކުގައި ބައިވެރިވެގެން އެކަންކަން ކުރުމާއި އެހީތެރިކަން ދިނުން. 

 

ޝަރުޠު: 

  1. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމް:

ހައުސްކީޕަރ

ބޭނުންވާ ޢަދަދު :

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން:   

ސަޕޯޓް ސްޓާފް  ގްރޭޑް 4

ރޭންކް: SS4  

މުސާރަ:

މަހަކު -/4340 ރުފިޔާ 

ސަރވިސް އެލަވަންސް

މަހަކު -/1000 ރުފިޔާ

ޑިވިޜަން:

ލޮޖިސްޓިކް މެނޭޖްމަންޓް އެންޑް މެއިންޓެނަންސް

ސެކްޝަން / ޔުނިޓް:

ހައުސްކީޕިންގ

މަސައްކަތް ކުރަންޖެހޭ ތަން:

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް

 

ކުރަންޖެހޭ މައިގަނޑު

މަސައްކަތްތައް:

- ހޮސްޕިޓަލަށް ޚިދްމަތް ހޯދަން އަންނަ ފަރާތްތަކާ ގާތް ގުޅުމެއް ބަހައްޓައި، ހިނިތުންވުމާއި އޯގާތެރިކަމާއެކު ޚިދްމަތް ދިނުމާއި، ހިތްހަމަޖެހޭނެ ފަދަ ސާފުތާހިރު މާޙައުލަކަށް ހޮސްޕިޓަލް ހެދުމަށް ކުރަންޖެހޭ މަސައްކަތް ކުރުން.

- ރަސްމީ ގަޑިއާއި ނުރަސްމީ ގަޑިތަކުގައި (މަދުވެގެން ދުވާލަކު ދެއިރު) ނުކުމެ މަސައްކަތް ކުރުން.

- ހޮސްޕިޓަލުގެ ބޭރު ސަރަޙައްދާއި، ވޯޑްތެރެއާއި، ޕްރައިވެޓް ރޫމްތަކާއި، ހޮސްޕިޓަލުގެ ޚިދްމަތްދޭ ހުރިހާ ޑިވިޜަންތަކާއި ސެކްޝަންތަކުގެ ސާފުތާހިރުކަން ދުވަހުން ދުވަހަށް ބެލެހެއްޓުން.

- ޚިދުމަތަށް ބުރޫ ނާރާގޮތަށް ލޯންޑްރީގެ މަސައްކަތްތައް ދުވަހުން ދުވަހަށް ކުރިއަށްދާނެގޮތަކަށް ރާވައިގެން ކުރުވުން.

- މަސައްކަތަށް ބޭނުންވާ ތަކެތި ހޯދައިދިނުމާއި، ތަކެތި ބެލެހެއްޓުން.

- ބަލިމީހުންނަށް ބޭނުންވާ ހޫނު ފެން ލިބޭގޮތަށް ހުރިތޯ ބެލުމާއި، ފެން ހޯދައިދިނުން.

- ތަނުގައި ބޭނުންކުރާ ފެނުގެ ނިޒާމާއި، ކުނިބުނި ނައްތައިލުމުގެ ނިޒާމް ރަނގަޅަށް މަސައްކަތްކުރޭތޯ ބެލުމާއި، އެކަން ކުރުވުން.

- މަރާމާތުކުރަންޖެހިފައިވާ އެއްވެސް އެއްޗެއްވޭތޯ ބެލުމާއި، ބޮކި ބަދަލުކުރުންފަދަ ކަމެއް ކުރަން ހުރިތޯ ދުވަހުން ދުވަހަށް ބެލުމާއި، އެކަން ކުރުވުން.

- ހިފައިގެންގުޅޭ ތަކެއްޗާއި މެޝިނަރީސްތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި، މައްސަލައެއް ދިމާވެއްޖެނަމަ އަންގަންޖެހޭ ފަރާތްތަކަށް އެންގުމާއި، އެކަން ޙައްލުކުރުވުން.

ޝަރުޠު: 

 މަޤާމުގެ މަސައްކަތުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމް:

ޑްރައިވަރ

ބޭނުންވާ އަދަދު:

1 (އެކެއް)    

މަޤާމުގެ ކްލެސިފިކޭޝަން:   

ސަޕޯޓް ސްޓާފް  ގްރޭޑް 2

ރޭންކް: SS2 

މުސާރަ:

މަހަކު -/3470 ރުފިޔާ 

ސަރވިސް އެލަވަންސް:

މަހަކު -/1000 ރުފިޔާ

ޑިވިޜަން:

ލޮޖިސްޓިކް މެނޭޖްމަންޓް އެންޑް މެއިންޓެނަންސް

ސެކްޝަން / ޔުނިޓް:

ލޮޖިސްޓިކް މެނޭޖްމަންޓް އެންޑް މެއިންޓެނަންސް

މަސައްކަތް ކުރަންޖެހޭ ތަން:

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް

 

ކުރަންޖެހޭ މައިގަނޑު

މަސައްކަތްތައް:

- ހޮސްޕިޓަލަށް ބަލިމީހުން ގެނައުމުގައި އޯގާތެރިކަމާއި ހިތްހެޔޮކަމާއެކު، ފަރުވާތެރިވެ ޚިދުމަތް ދިނުން.

- އިމަރޖެންސީ ޙާލަތްތަކުގައްޔާއި އެނޫން ޙާލަތްތަކުގައި ހޮސްޕިޓަލަށް ގެންނަންޖެހޭ ބަލިމީހުން އުފުލުމާއި، އެމްބިއުލެންސުގައި  ގެނެސް ގެންދިއުމުގައި ޑްރައިވަރެއްގެގޮތުން ދަތުރުކުރުމާއި، ޑްރައިވަރުގެ އެހީތެރިއެއްގެގޮތުން މަސައްކަތް ކުރަންޖެހޭ ޙާލަތްތަކުގައި އެހީތެރިވެދިނުން.

- ޑިއުޓީ އުޞޫލުން މަސައްކަތް ކުރުން.

- އެމްބިއުލެންސް ދަތުރުތަކުގެ އިތުރުން، ވޭނުގައި ކުރަންޖެހޭ ދަތުރުތައް ކުރުމާއި، ލޮގް ލިޔެ ބެލެހެއްޓުން.

- އެމްބިއުލެންސާއި ވެހިކަލްތައް ބެލެހެއްޓުމަށް ހަމަޖެހިފައިވާގޮތުގެމަތިން ސާފުކޮށް، ސަރވިސްކުރުވައި ބެލެހެއްޓުމާއި، ދިމާވާ މައްސަލަތައް ރިޕޯޓްކޮށް ޙައްލުކުރުވުން.

ޝަރުޠު:

މަޤާމުގެ މަސައްކަތުގެ ދާއިރާގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުމާއި، އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ B1,B2,C1  ލައިސަންސް ލިބިފައިވުން.

ވަޒީފާއަށް އެންމެ

ޤާބިލް ފަރާތެއް ހޮވުމަށް

ބެލޭނެ ކަންތައްތައް:

1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

ޢިނާޔަތްތައް:

1. ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞުލުން އިތުރުގަޑީގެ ފައިސާ.

2. ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތިން ރިސްކް އެކުލެވޭ މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް ރިސްކް އެލަވަންސް (ލެބޯޓްރީ ޓެކްނޮލޮޖިސްޓަށް -/100 ރުފިޔާ، ތަރުޖަމާނާއި ޑްރައިވަރުންނަށް -/75 ރުފިޔާ، އެސިސްޓެންޓް ޕަބްލިކް ރިލޭޝަންސް އޮފިސަރާއި ހައުސްކީޕަރަށް -/25 ރުފިޔާ)

ހުށަހަޅަން ޖެހޭ ލިޔުންތައް:

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް.
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް  (އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓް ނުވަތަ  ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް  ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުން ކިޔަން އެނގޭ ފަދަ ކޮޕީ.

  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަޑި:

2015 މާރިޗު 5 ވާ ބުރާސްފަތި ދުވަހުގެ 14:30 ގެ ކުރިން، ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް.

އިންޓަވިއު އޮންނާނެ

ތާރީޚާއި ތަން:

އޭޕްރީލްމަހުގެ ތެރޭގައި ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި.

 ނޯޓް: މި ވަޒީފާތަކަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

- މަޢުލޫމާތު ސާފުކުރަން ގުޅާނީ  6885045 ނަންބަރު ފޯނަށެެވެ. ނުވަތަ 6885046 ނަންބަރު ފޯނަށެވެ. މަޢުލޫމާތު ސާފުކުރަން ގުޅާނީ ރަސްމީ ގަޑީގައެވެ.

- ވަޒީފާއަށް އެދޭ ފޯމް، ހިތަދޫ ރީޖަނަލް ހޮސްޕިޓަލުންނާއި، ހުޅުމީދޫ ޞިއްޙީ މަރުކަޒުންނާއި، ފޭދޫ ޞިއްހީ މަރުކަޒުންނާއި، މަރަދޫ ޞިއްޙީ މަރުކަޒުން ލިބެން ހުންނާނެއެވެ.

 29 ރަބީޢުލްއާޚިރު 1436
19 ފެބުރުވަރީ 2015
ހޯދާ