މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސީނިއަރ ޕްލޭންނިންގ އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ސީނިއަރ ޕްލޭންނިންގ އޮފިސަރ

މަޤާމުގެ ނަންބަރު:

220765

ސަރވިސް:

ޓެކްނިކަލް ސަރވިސް

ރޭންކް:

MS2

ބޭނުންވާ އަދަދު:

1 (އެކެއް)

ވަޒީފާ އަދާކުރަންޖެހޭ ތަން:

މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލް އިދާރާ، އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް ޔުނިޓް

މަޤާމުގެ ގިންތި:

ދާއިމީ

ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ ގްރޭޑް 2 / ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މުސާރަ:

6,295.00 ރުފިޔާ

ސަރވިސް އެލަވަންސް:

2,000.00 ރުފިޔާ

އުޖޫރައާއި ޢިނާޔަތްތައް:

 

ދަތުރު އެލަވަންސާއި، އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ އިތުރުގަޑީގެ ފައިސާއާއި، ބަންދު ދުވަސްތަކުގައި މަސައްކަތްކޮށްފިނަމަ ބަންދު ދުވަހުގެ ފައިސާއާއި، ރަމަޟާންމަހުގެ ޚާއްޞަ ޢިނާޔަތުގެ ފައިސާ ފަދަ، ސިވިލް ސަރވިސް ޤަވާޢިދުން މުވައްޒަފުންނަށް ދިނުމަށް ހަމަޖެހިފައިވާ ފައިސާ ހަމަޖެހިފައިވާ އުޞޫލުން ދެވޭނެއެވެ.

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު ، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
  4. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

1- ލޭންޑް ޔޫޒް ޕްލޭނާބެހޭ މަސައްކަތާއި، އެ ޕްލޭނާ ތަޢާރަޒުނުވާގޮތުގެމަތިން ބިންދޫކުރުމާބެހޭ  އެންމެހައި ކަންކަން ކުރުން.

2- ރަށުގެ ބިމުގެ ދަފްތަރު އެކުލަވާލައި، އިދާރާއަށް ބޭނުންވާނޭ މަޢުލޫމާތު ފޯރުކޮށްދިނުން.

3- ކައުންސިލުން ކަނޑައަޅުއްވާ ގޮތެއްގެމަތިން ބިނާވެށި ޕްލޭނާ ގުޅޭ ކަންކަން ކުރުން.

4- ރައްޔިތުންގެ ބައިވެރިވުމާއެކު ރަށުގެ ތަރައްޤީގެ ޕްލޭން އެކުލަވައިލުމާއ އެކަމާ ގުޅޭ އެހެނިހެން ޕްލޭންތައް އެކުލަވާލައި، އަތޮޅު ކައުންސިލަށް ޕްލޭންތައް ފޮނުވުން.

5- މިސްކިތްތައް ބެލެހެއްޓުމާއި، މުވައްޒަފުންގެ މަސައްކަތު ހާޒިރީއާއި މިސްކިތާ ގުޅޭ އެހެނިހެން ކަންކަން  ބެލެހެއްޓުން.

6- ހުކުރު، ޢީދު، ކޭތަ ނަމާދު ފަދަ ޖަމާޢަތްތަކުގެ ކަންކަން ހިންގައި ބެލެހެއްޓުން.

7- ކުލަބު ޖަމްޢިއްޔާ ޖަމާޢާތްތަކާ ގުޅިގެން ސައިކޯ ސޯޝަލް ޕްރޮގުރާމްތައް ރަށުފެންވަރުގައި ރާވައި ހިންގުން.

8- ރަށުގައި އަމާން ސުލްޙަވެރި ވެއްޓެއް ޤާއިމްކުރުމަށް ފުލުހުންނާ ގުޅިގެން ކުރެވެންހުރި ކަންކަން ކުރުން.

9- ކައުންސިލްގެ ދާއިރާގައި އެއްވެސްމީހަކު ޤާނޫނާ ޚިލާފު ޢަމަލެއް ކޮށްފިކަމަށް ތުހުމަތު ކުރެވޭނަމަ، ތަޙްޤީޤުކުރުމަށްޓަކައި ފުލުހުންގެ އެހީތެރިކަމަށް އެދުމާއި، ޝަރީޢަތާ ގުޅޭ ކަންކަން.

10- ދީނީ ވަޢުޒާއި ގުޅޭ ކަންކަން ބެލެހެއްޓުން.

11- ޕެސްޓް ކޮންޓްރޯލްކުރުން.

12- ކުއްލި ނުރައްކަލުގެ ޙާލަތްތަކުގައްޔާއި ހާދިސާތަކުގައި އެހީތެރިކަންފޯރުކޮށްދޭނެ ނިޒާމެއް ޤާއިމްކުރުމާއި، ވިއްސާރައިގެ ގެއްލުންތައްފަދަ ހާދިސާތަކާ ގުޅިގެން ކުރަންޖެހޭ ކަންކަން ބެލެހެއްޓުން.

13- މަގުމަތީގައި މީހުން ހިނގާއުޅުމާއި،  އިންޖީނުލީ އެއްޗެއްސާއި އިންޖީނު ނުލާތަކެތި މަގުމަތީގައި ދުއްވުމުގެ ކަންކަން ބެލެހެއްޓުން.

14-  ވަޒީފާގެ ހައިސިއްޔަތުން ކުރަންޖެހޭ އަދި ހަވާލުކުރެވޭ މިނޫން ކަންކަން ވެސް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

1- ލިބިފައިވާ ތަޢުލީމާއި ތަމްރީން.

2- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ.

3- މަސައްކަތުގެ ހުނަރާއި، ޤާބިލުކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް.

އިންޓަވިއުއާއި ޕްރެކްޓިކަލްސް އޮއްނާނެ ތަނާއި، މުއްދަތު:

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ، މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ އިދާރާގައެވެ. ދުވަހާއި ގަޑި، މަސައްކަތު 5 ދުވަހުގެ ކުރިން، ވަޒީފާއަށްއެދި ހުށަހަޅާފައިވާ ފަރާތްތަކަށް މި އިދާރާއިން އަންގާނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

2015 މާރިޗު 4 ވާ ބުދަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން، ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކާއެކު، މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ އިދާރާއަށް ހުށަހަޅަންވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމު، ހުޅުދުއްފާރު ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓު www.csc.gov.mv ން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)

2. ސިވިލްސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

3. ވަޒީފާއަށް އެދޭފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސްފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

5. ވަޒީފާއަށް އެދޭފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭ، ލިޔެފައިވާލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރަން ގުޅާނީ، 6580069 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6580069  އެވެ. އީމެއިލް ކުރާނީ [email protected] އަށެވެ.

28 ރަބީޢުލްއާޚިރު 1436

18 ފެބުރުވަރީ 2015
ހޯދާ