ވިލުފުށީ ސްކޫލް
ދިވެހިރާއްޖެ
2015 ވަނަ އަހަރު ގުރޭޑް 11 އަށް ކުދިން ވެއްދުމަށް ފުރުޞަތު ހުޅުވާލުން

އިޢުލާން

2015 ވަނަ އަހަރު ގުރޭޑް 11 އަށް ކުދިން ވެއްދުމަށް ފުރުޞަތު ހުޅުވާލުން

މި ސްކޫލްގެ ގުރޭޑް 11 އަށް ވަނުމަށް އެދޭ ފަރާތްތަކަށް (ބިޒްނަސް އަދި ސައިންސް ސްޓްރީމަށް) އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

ގްރޭޑް 11 އަށް ވެއްދުމަށް ހަމަޖެހިފައިވަނީ ތިރީގައި މިދަންނަވާ ޝަރުޠު ހަމަވާ ދަރިވަރުންނެވެ.

  • އައި.ޖީ.ސީ.އެސް.އީ، ޖީ.ސީ.އީ. އޯ-ލެވެލް އަދި އެސް.އެސް.ސީ. އިމްތިޙާނުތަކުގެ މަދުވެގެން 3 މާއްދާއިން ފާސްވެފައިވުމާއެކު އެޑެކްސެލް އޭ-ލެވެލް މާއްދާތަކުގެ ގޮތުގައި ސްކޫލްގައި ކިޔަވައި ދިނުމަށް ހުއްދަ ދެވިފައިވާ މާއްދާތަކުގެ ތެރެއިން މަދުވެގެން 2 މާއްދާއިން ފާސްވެފައިވުން، ނުވަތަ
  • އައި.ޖީ.ސީ.އެސް.އީ، ޖީ.ސީ.އީ. އޯ-ލެވެލް އަދި އެސް.އެސް.ސީ. އިމްތިޙާނުތަކުގެ މަދުވެގެން 5 މާއްދާއިން ފާސްވެފައިވުމާއެކު އެޑެކްސެލް އޭ-ލެވެލް މާއްދާތަކުގެ ގޮތުގައި ސްކޫލްގައި ކިޔަވައި ދިނުމަށް ހުއްދަ ދެވިފައިވާ މާއްދާތަކުގެ ތެރެއިން މަދުވެގެން 1 މާއްދާއިން ފާސްވެ، 2 ވަނަ މާއްދާއިން “ޑީ” ގްރޭޑް ހާސިލުކޮށްފައިވުން.

މާއްދާއަކުން ފާސްވެއްޖެކަމަށް ބެލެވޭނީ ގްރޭޑް "ސީ" ނުވަތަ އެއަށްވުރެ މަތިން ލިބިގެންނެވެ.

މަތީސާނަވީ ފެންވަރަށް ކިޔެވުމުގެ ފުރުޞަތު ދިނުމުގައި ބަލާނީ ފާއިތުވި 2 އަހަރުގެ އައި.ޖީ.ސީ.އެސް.އީ، ޖީ.ސީ.އީ. އޯ-ލެވެލް، އަދި އެސް.އެސް.ސީ. އިމްތިޙާނުގެ ނަތީޖާއަށެވެ.

ވީމާ، މިއަހަރު މިސްކޫލުގެ ގުރޭޑް 11 އަށް ވަންނަން އެދޭ މަތީގައިވާ ޝަރުޠު ހަމަވާ ދަރިވަރުން ގުރޭޑް 11 އަށް ވަނުމަށް އެދޭ އެޕްލީކޭޝަން ފޯމު ފުރިހަމަ ކުރެއްވުމަށް ފަހު 15 އޭޕްރީލް 2015ގެ ކުރިން މިސްކޫލުގެ އޮފީހަށް ނުވަތަ އީމެއިލް [email protected] އަށް ފޮނުއްވައި ދެއްވުން އެދެމެވެ. ނުވަތަ 6780635 ނަމްބަރަށް ފެކުސް ކުރެއްވުން އެދެމެވެ.

26 ރަބީޢުލްއާޚިރު 1436

16 ފެބުރުވަރީ 2015
ހޯދާ