މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ހުޅުމާލޭން ގުދަނެއްް ކުއްޔަށް ހިފުމާބެހޭ

ހުޅުމާލޭން ގުދަނެއްް ކުއްޔަށް ހިފުމާބެހޭ

ހުޅުމާލޭން 800 އަކަފޫޓާއި 1000 އަކަފޫޓާ ދޭތެރޭގެ ތަނެއް ގްރައުންޑް ފްލޯރއިން ގުދަނަކަށް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ. ވީމާ މިފަދަތަނެއް ކުއްޔަށް ދޫކުރެއްވުމަށް ބޭނުންފުޅުވާފަރާތްތަކުން 26 ފެބުރުވަރީ 2015ވާ ބުރާސްފަތި ދުވަހުގެ 16:00ގެ ކުރިން ތިރީގައި ދެވިފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް މިކުންފުނީގެ ހުޅުމާލޭ ޕޯސްޓު އޮފީހަށް ނުވަތަ މޯލްޑިވްސް ޕޯސްޓު ލިމިޓެޑް(3 ވަނަ ފްލޯރ އަށް) މާލެއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މިއިޢުލާން ޝާއިޢު ކުރުމުން މިކުންފުނިން ކޮށްފައިވާ ނަންބަރު ADMHR-MPL/2015/14 (02 ފެބުރުވަރީ 2015)ގެ އިޢުލާން ބާތިލް ކޮށްފީމެވެ.

ކުއްޔަށް ހިފަން ބޭނުންވާ އިމާރާތާބެހޭ ތަފުޞީލު

  • އިމާރާތުގެ ބޮޑުމިން ބަޔާން ކުރުން (އަކަފޫޓް)
  • ޢިމާރާތަކީ ގުދަނެއް ހިންގުމަށް ބޭނުން ކުރެވޭ ފަދަ އިމާރާތަކަށްވުން
  • ކުއްޔަށް ދޭ ގުދަން މަގުމައްޗަށް ވަކިން ވަދެވޭ ގޮތަށް ހުރުން
  • އިމާރާތުގެ ރަޖިސްޓަރީގެ ކޮޕީ ހުށަހެޅުން
  • އިމާރާތް ހުރި ސަރަހައްދު ބަޔާން ކުރުން
  • އިމާރާތުގެ ކުލި
  • ޢިމާރާތް ކުއްޔަށް ހިފަން ބޭނުންވާ މުއްދަތު (5 އަހަރަށް) ވުރެ ކުރުނޫން މުއްދަތަކަށް

ކުއްޔަށް ހިފަން ބޭނުންވާ ޢިމާރާތުގައި ހުންނަންޖެހޭ ކަންތައްތައް

  • ކަރަންޓާއި ފެން ވަކިކޮށްފައި ހުރުން .
  • ޢިމާރާތުގެ ސަލާމަތީ ފެންވަރު ބަޔާންކުރުން
  • ކުއްޔަށް ދޭ ތަނަކީ ހުށަހަޅާ ފަރާތުގެ އަމިއްލަ ތަނެއް ކަމުގައި ވުން

ހުށަހަޅަންޖެހޭ އިތުރު މަޢުލޫމާތުތައް:

  • ބިޑް ހުށަހަޅުއްވާއިރު ބިމާއި ޢިމާރާތުގެ ވެރިފަރާތްކަން، ތަނުގެ ބޮޑުމިން އެނގޭނެ ކުރެހުމެއް ނުވަތަ ހުށަހަޅާ ތަނަކާ އެފަރާތަކާ ހުރިގުޅުން އެނގޭނެ ލިޔުމަކާއި އައި.ޑީ ކާޑުގެ ކޮޕީއާއެކު ހުށަހެޅުން

މި ބިޑާގުޅިގެން ޕޮއިންޓް ދެވޭނެގޮތް ތިރީގައި މިވަނީއެވެ.

  • އަގު: %50
  • ކުއްޔަށްދޭ މުއްދަތު: %40
  • ސެކިއުރިޓީ ގޮތުން ވަރުގަދަ ޢިމާރާތެއްނަމަ: % 10

                                29 ރަބީޢުލްއާޚިރު 1436

19 ފެބުރުވަރީ 2015
ހޯދާ