ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް

ޖީ.އެސް 3

ރޭންކް

އޮފިސަރ ގްރޭޑް 1

ކްލެސިފިކޭޝަން

ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ

އޮފީސް / އިދާރާ

ކޯޕަރޭޓް އެފެއާޒް

ސެކްޝަން

ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަންޖެހޭ ތަން

4465.00 ރުފިޔާ

މުސާރަ

1500.00 ރުފިޔާ

ސަރވިސް އެލަވަންސް

1 (އެކެއް)

ބޭނުންވާ އަދަދު

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. ސާނަވީ އިންތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން ސީ ގްރޭޑް ލިބިފައިވުން.

މަޤާމުގެ ޝަރުޠުތައް

 

  1. އެކިފަރާތްތަކުން ކައުންސިލުގެ އިދާރާއަށް ދައްކާ ފައިސާ، ހަމަޖެހިފައިވާ އުސޫލުގެމަތިން ބަލައިގަތުން.
  2. ކައުންސިލްގެ އިދާރާއަށް ނުވަތަ ރައްޔިތުންގެ ޢިމާރާތަކަށް އަމިއްލަ ފަރާތްތަކުންދޭ އެހީގެ ތަކެތި، ހަމަޖެހިފައިވާ ގަވާއިދާއި އުސޫލުތަކާ އެއްގޮތަށް ބަލައިގަތުމާއި، އެފަދަ ތަކެއްޗާއި އެހީތަކުގެ ރިކޯޑުތައް ބެލެހެއްޓުން.
  3. ކައުންސިލްގެ އިދާރާއަށް ދައްކާ ފައިސާ ބަލައިގަނެ ރަސީދު ލިޔެ ދޫކުރުމާއި، އެ ފައިސާ ފޮތްތަކުގައި ލިޔެ، ތިޖޫރީއާ ހަވާލުވެ ހުންނަ މުވައްޒަފު ތިޖޫރީއަށް ވެއްދުމަށް ހަވާލުކުރުން.
  4. ދައުލަތުގެ އާމްދަނީގެގޮތުގައި ލިބޭ އެންމެހައި ފައިސާ ޤަވާޢިދުން ޕަބްލިކް ބޭންކް އެކައުންޓް މެދުވެރިކޮށް އެ ފައިސާ ފޮނުވުމާއި، ކައުންސިލްގެ އެކައުންޓާބެހޭ ސްޓޭޓްމަންޓް ހޯދުމާއި، އެކައުންޓުގެ ފޮތްތައް ގަވާއިދުން ފުރިހަމަކޮށް ނިންމައި ހަދަންޖެހޭ ރިޕޯޓުތައް ހެދުމާއި، އެކައުންޓް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  5. ކައުންސިލާއި، ކައުންސިލްގެ ބެލުމުގެދަށުގައިވާ އިމާރާތްތަކުގެ އެސެޓް ލިޔެ ބެލެހެއްޓުމާއި، އެތަންތަނުގައި ބަހައްޓާފައިވާ މެޝިނަރީއާއި އިކްއިޕްމެންޓުގެ ރަޖިސްޓްރީ ބެލެހެއްޓުން.
  6. ކައުންސިލްގެ އިދާރާއިން ނީލަން ކިޔަންޖެހޭ ތަކެތި ނީލަންކިޔުމާއި، އެކަމާބެހޭ ލިޔެކިޔުންތައް ބެލެހެއްޓުމާއި، އަނބުރާ ދައްކާގޮތަށް ހަވާލުކުރެވޭ ތަކެތި ހަވާލުކޮށް އެތަކެތި ބަލައިގަތުން.
  7. ކައުންސިލަށް އާމްދަނީ ލިބޭ ކަންކަމުގެ ރަޖިސްޓްރީ ފުރިހަމަކޮށް ބެލެހެއްޓުމާއި، ކައުންސިލަށް ލިބެންޖެހޭ ފައިސާ ހޯދުމަށް މަސައްކަތްކުރުމާއި، ލިބޭ ފައިސާއާއި، ނުލިބިވާ ފައިސާގެ ރެކޯޑު ބެލެހެއްޓުން.
  8. ގޯތިގޯއްޗާއި، މަގުމަގަށް އަރާ ރުއްގަހުގެ މައްސަލަތައް ބަލައި، އިދާރީގޮތުން އެ މައްސަލަތައް ހަމަޖައްސައިދިނުމާއި، ރުއްގަހުގެ ރަޖިސްޓަރީ ލިޔެ ބެލެހެއްޓުން.
  9. ކައުންސިލްގެ ބަޖެޓް ތައްޔާރުކުރުމާއި، މާލީ ހިސާބުތައް ތައްޔާރުކުރުމާއި، ފައިސާއާބެހޭ މުހިއްމު ރިޕޯޓްތަކާއި އެހެނިހެން ލިޔެކިއުންތައް ފުރިހަމަކުރުމަށް ބޭނުންވާ މަޢުލޫމާތު ދިނުމާއި، މުއައްޒަފުންނަށް މުސާރަ ދިނުމަށާއި، އިދާރާއިން ކުރަންޖެހޭ ޚަރަދުތަކަށް ބޭނުންވާ ފައިސާ ގެނައުމަށްޓަކައި ހަމަޖެހިފައިވާ އުސޫލުން ކުރަންޖެހޭ ދަތުރުތައްކޮށް،  އިދާރާއާ ފައިސާ ޙަވާލުކުރުން.
  10. އިދާރާ ހުޅުވައި ލެއްޕުމުގެ ޓޭބަލުގައިވާގޮތަށް އިދާރާ ހުޅުވައި ލެއްޕުމާއި، ހަވާލުކުރެވޭ މަސައްކަތުގެ ރެކޯޑު ބެލެހެއްޓުން.
  11. ސެކްޝަނުގެ މުވައްޒަފަކު ސަލާމުގައި ނުވަތަ ޗުއްޓީގައި ހުރުމުގެ ސަބަބުން މަސައްކަތަށް ދަތިވާނަމަ، އެ މުވައްޒަފަކު ކުރަންޖެހޭ މަސައްކަތްތަކުގެ ތެރެއިން ވަކި ގަޑިއަކަށް ނިންމަން ހަވާލުކުރާ މަސައްކަތްތައް ކުރުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

 

 

 

 

 

 

 

 

 

 

 

 

 

 

  1. ވަޒީފާގެ ޝަރުތު: ވަޒީފާއަށް ކަނޑައެޅިފައިވާ ޝަރުތު ފުރިހަމަވުން.
  2. ތަޢުލީމާއި ތަމްރީނު: ލިބިފައިވާ އިތުރު ތަޢުލީމާއި، ވަޒީފާއާ ގުޅުންހުރި ކުރު މުއްދަތުގެ ތަމްރީނުތައް.
  3. މަސައްކަތުގެ ތަޖުރިބާ: ވަޒީފާއާ ގުޅުންހުރި ތަޖުރިބާއާއި، އެހެނިހެން ތަޖުރިބާ.
  4. މަސައްކަތުގެ ހުނަރާއި، ޤާބިލްކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް: އިންޓަވިއު / ޕްރެކްޓިކަލްސް ނުވަތަ ޕްރެޒެންޓޭޝަން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

މި މަޤާމަށް މީހަކު ހޮވުމަށްޓަކައި ބޭއްވޭ އިންޓަވިއުއާއި ޕްރެކްޓިކަލްސް އޮންނާނީ، 2015 މާރިޗު 1 އާއި 7 އާ ދެމެދު ބުރުނީ ކައުންސިލުގެ އިދާރާގައެވެ.

އިންޓަރވިއުއާއި ޕްރެކްޓިކަލްސް އޮއްނާނެ ތަނާއި، މުއްދަތު

2015 ފެބުރުވަރީ 22 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން، ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާއަށް ފޯމު ހުށަހެޅުން އެދެން.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ، ބަންދު ދުވަސްތަކުގެ އެލަވަންސް، ހަމަޖެހިފައިވާ އެހެނިހެން އެލަވަންސް، ބޭސްފަރުވާގެ ޚިދުމަތް، ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެދަށުން ލިބިދޭ ޕެންޝަން ކޮންޓްރިބިއުޝަން.

އުޖޫރައާއި ޢިނާޔަތްތައް

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމު، ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާއެވެ.)
  1. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (ސަނަދުތަކުގެ އެކްރެޑިޓްކޮށްފައިވާ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (އިންޓަރވިއުއަށް ހާޒިރުވާއިރު، މި ލިއުންތަކުގެ އަސްލު ގެންނަންވާނެއެވެ.)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
  5. ސްކޫލުގައި އުޅެފައިވާނަމަ، ސްކޫލް ލީވިންގ ސެޓްފިކެޓުގެ ކޮޕީ.

ހުށަހަޅަންޖެހޭ ލިޔުންތައް

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6780038 ނަންބަރު ފޯނަށެވެ. ފެކްސް ނަންބަރަކީ 6780038 އެވެ. އީ މެއިލް ކުރާނީ [email protected] އަށެވެ.

އިތުރު މަޢުލޫމާތު

22 ރަބީޢުލްއާޚިރު 1436

12 ފެބުރުވަރީ 2015
ހޯދާ