މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް، ފުޑް ކޮންޓްރޯލް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގައި މަސައްކަތްކުރެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި ޤާބިލް ބޭފުޅެކެވެ.

މަގާމު

ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް، ފުޑް ކޮންޓްރޯލް

ބޭނުންވާ ޢަދަދު

1 (އެކެއް)

ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް

ރޭންކް:EX3

މުސާރަ

މަހަކު -/11065 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2500 ރުފިޔާ

ސްޕެޝަލްޑިއުޓީ އެލަވަންސް

މުސާރައިގެ 35%

ޑިވިޜަން

ފުޑް ކޮންޓްރޯލް ޑިވިޜަން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ފުޑް އެގިއުލޭޓަރީ ނިޒާމުގެ ފެންވަރު ހިފެހެއްޓުމަށާއި، އެ ނިޒާމު ތަރައްޤީކޮށް ޒަމާނީކުރުމާއި، އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސްގެ އުޞޫލު ޤާއިމްކުރުމާއި، އެ ނިޒާމު ހިންގުމަށް ބޭނުންވާ ކަންކަން ރާވައި ތަންފީޒުކުރުން.
  • ފުޑް ކޮންޓްރޯލް ޑިވިޜަން ހިންގުމަށް ކަނޑައަޅާ އެކްޝަން ޕްލޭނާއި، ޕްރޮޖެކްޓްތައް ތަންފީޒުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  • ކާބޯތަކެތީގެ ރައްކާތެރިކަމާބެހޭ ޤާނޫނާއި ޤަވާޢިދާއި ސްޓޭންޑަޑްތައް، ގުޅުންހުރި މުއައްސަސާތަކާއި ފަރާތްތަކާ ވިލަރެސްކޮށްގެން ހެދުން.

ތަޢުލީމާއި ތަޖުރިބާ

  1. ފުޑް ސައިންސް ނުވަތަ ފުޑް ޓެކްނޮލޮޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ  ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ މަޤާމެއްގައި އީއެކްސް 1 ން ފެށިގެން މަތީ ރޭންކެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުމާއެކު، ޖުމްލަ 9 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. ފުޑް ސައިންސް ނުވަތަ ފުޑް ޓެކްނޮލޮޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ މަޤާމެއްގައި އީއެކްސް 1 ން ފެށިގެން މަތީ ރޭންކެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުމާއެކު، ޖުމްލަ 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  3. ފުޑް ސައިންސް ނުވަތަ ފުޑް ޓެކްނޮލޮޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ މަޤާމެއްގައި އީއެކްސް 1 ން ފެށިގެން މަތީ ރޭންކެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

ޢިނާޔަތްތައް

  1. ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
  2. ރިސްކް އެކުލެވޭ މަސައްކަތް ކުރައްވާ ކޮންމެ ދުވަހަކަށް ހަމަޖެހިފައިވާ އުޞޫލުގެމަތިން ރިސްކް އެލަވަންސް.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމު، މި މިނިސްޓްރީގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓު www.health.gov.mv ން ޑައުންލޯޑް ކުރެއްވޭނެއެވެ.)
  2. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށްއެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ).
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ކޮޕީ.
  5.  ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  6. ވަޒީފާގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯހާއި، ވާރކްޝޮޕާއި، ސެމިނާރު ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވިކަމުގެ ލިޔުންތައް.
  7. މަސައްކަތުގެ ތަޖުރިބާ ލިޔުން (މި ލިޔުމުގައި، އަދާކޮށްފައިވާ މަޤާމުތަކާއި، އެ މަޤާމުތައް އަދާކޮށްފައިވާ ތާރީޚްތައް އެނގެން އޮންނަންވާނެއެވެ.)

ޕްރެޒެންޓޭޝަން ހުށަހެޅުން

މި މަޤާމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން ޕްރެޒެންޓޭޝަން ދެއްވަން ޖެހެއެވެ. ޕްރެޒެންޓޭޝަން ތައްޔާރުކުރައްވަންވަނީ ޕަވަރޕޮއިންޓުގައި ދިވެހި ބަހުންނެވެ. ދިވެހި ބަހުން ނުވަތަ އިނގިރޭސި ބަހުންވެސް ހުށަހެޅުއްވިދާނެއެވެ. ޕްރެޒެންޓޭޝަނުގެ ދިގުމިނަކީ 15 މިނެޓެވެ. ޕްރެޒެންޓޭޝަނަށް ފޮއިންޓްދިނުމުގައި ބަލާނީ، ޕްރެޒެންޓޭޝަނަށްގެ ކޮންޓެންޓާއި، މުޤާމަލާތްކުރުމުގެ ޤާބިލްކަމަށެވެ. ވަޒީފާއަށް އެދިވަޑައިގަންނަވާ ފަރާތްތަކުން ހުށަހަޅުއްޥާ ޕްރެޒެންޓޭޝަނުގައި ތިރީގައިވާ ބައިތައް ހިމަނުއްވަންވާނެއެވެ.

  • ޕަރސަނަލް ޕްރޮފައިލް (ވަޒީފާއަށް ކުރިމަތިލައްވާފައިވާ ފަރާތުގެ ކުރު ތަޢާރަފެއް)
  • ވަޒީފާގެ ދާއިރާއިން ހިންގަވާފައިވާ ޕްރޮޖެކްޓްތަކާއި، އެ ޕްރޮޖެކްޓުތަކުގެ ނަތީޖާތައް.
  • ވަޒީފާއަށް ކުރިމަތިލައްވާ އިދާރާގެ ކުރިމަގު ބިނާކުރައްވާނެގޮތުގެ ތަޞައްވުރު.
  • ވަޒީފާއަށް ކުރިމަތިލައްވާ އިދާރާ ހަރުދަނާކޮށް ހިންގެވުމަށް އިންސާނީ ވަސީލަތް ބިނާކުރައްވާނެގޮތުގެ ތަޞައްވުރު.
  • ވަޒީފާއަށް ކުރިމަތިލައްވާ އިދާރާ ހަރުދަނާކޮށް ހިންގެވުމަށްޓަކައި ފައިނޭންސް މެނޭޖްކުރައްވާނެގޮތުގެ ތަޞައްވުރު.
  • ވަޒީފާގެ މަސައްކަތުގައި ކުރިމަތިވެވަޑައިގަންނަވާނެކަމަށް ފެނިަވޑައިގަންނަވާ ގޮންޖެހުންތަކާއި، އެ ގޮންޖެހުންތައް ޙައްލުކުރައްވާނެ ގޮތްތައް.
  • ކެންޑިޑޭޓް ކުރިމަތިލައްވާފައިވާ ވަޒީފާއަށް އެންމެ ޤާބިލުވާކަމަށް ދެކެވަޑައިގަންނަވާ ސަބަބު.

ސުންގަޑި

4 މާރިޗު 2015  ވާ ބުދަ ދުވަހުގެ 14:30 ގެ ކުރިން، މިނިސްޓްރީ އޮފް ހެލްތަށް.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

2015 ވަނަ އަހަރުގެ މާރިޗުމަހުގައި، މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ  ބިލްޑިންގ) ގައި.

ނޯޓް: މި ވަޒީފާއަށް އެދިވަޑައިގެންފައިވާ ޝަރުޠު ހަމަވާ ބޭފުޅުންގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރަށާއި ތަޖުރިބާއަށް ބަލައިގެން 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނީ 3014400 ނަންބަރު ފޯނަށެެވެ.

26 ރަބީޢުލްއާޚިރު 1436

16 ފެބުރުވަރީ 2015
ހޯދާ