ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ބައެއް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން

ލ.ގަމު މެޖިސްޓްރޭޓް ކޯޓުގެ އައު ޢިމާރާތުގެ ގޯތިތެރޭގައި ގައު އެތުރުމާއި، ވާރޭފެން އަޅާ 2500 ލިޓަރުގެ ކަޅުހަމެއް ބެހެއްޓުމާއި، ދިޔަދޮވި ހޮޅިތައް ފެންވަޅަށް ގުޅުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 23 ފެބުރުވަރީ 2015 ދުވަހުގެ 11:00 އަށް ލ.ފޮނަދޫ މެޖިސްޓްރޭޓް ކޯޓަށް، ނުވަތަ ލ.ގަމު މެޖިސްޓްރޭޓް ކޯޓު/ތުނޑީއަވަށު ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 26 ފެބުރުވަރީ 2015 ދުވަހުގެ 11:00 އަށް، މަޢުލޫމާތު ސާފުކުރެއްވި ތަނަކަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ.

29 ރަބީޢުލްއާޚިރު 1436

19 ފެބުރުވަރީ 2015
ހޯދާ