މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
ސަރކިއުލަރ

ލިބެންވީ: ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތައް

މައުޟޫޢު:  ޓެކްސް އިންވޮއިސް ހުށަހެޅުމުން އިސްތިސްނާވުން

ޓެކްސް ރޫލިންގ ނަންބަރު TR-2015/G23 (ޖީ.އެސް.ޓީ ބަޔާނާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް) ގެ 5 ވަނަ ޕެރެގްރާފްގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، އިންޕުޓް ޓެކްސްގެ ގޮތުގައި އުނިކުރާ ކޮންމެ އަދަދެއް ނިސްބަތްވާ ޓެކްސް އިންވޮއިސްގެ އަސްލު ހުށަހަޅަންޖެހުމުގެ ޒިންމާއިން ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ހުރިހާ ފަރާތްތައް، އެ ރޫލިންގގެ 6 ވަނަ ޕެރެގްރާފްގެ ދަށުން އިސްތިސްނާކޮށްފީމެވެ.

އެހެން ނަމަވެސް، ރޫލިންގގެ 7 ވަނަ ޕެރެގްރާފްގެ ދަށުން، އިސްތިސްނާ ބާޠިލުކުރާނެކަމުގެ އެންގުމެއް މަދުވެގެން 7 (ހަތެއް) ދުވަސް ކުރިން އެންގުމަށްފަހު ކޮންމެ ވަގުތެއްގައި ވެސް މި އިސްތިސްނާ ބާޠިލުކުރުމުގެ އިޚުތިޔާރު ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަނަށް ލިބިގެންވާކަން ހަނދުމަފުޅުކޮށް އެރުވީމެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ، މި އޮތޯރިޓީގެ ހޮޓްލައިން 1415 އަށް ގުޅުއްވުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

11 ފެބުރުވަރީ 2015
ހޯދާ