މަދުރަސަތުއްސުލްޠާން މުޙަންމަދު/ގއ.ދެއްވަދޫ
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި މަދުރަސާގެ، ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް: މަސައްކަތު

ބޭނުންވާ އަދަދު: 1 (އެކެއް)

ރޭންކް: އެސް.އެސް 1

ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1

މުސާރަ: -/3100 ރުފިޔާ

ސަރވިސް އެލަވަންސް: -/1000 ރުފިޔާ

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށާއި ސެކްޝަން

މަދުރަސަތުލް ސުލްޠާން މުޙައްމަދު، ގއ. ދެއްވަދޫ، އިދާރީ ސެކްޝަން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1- ސްކޫލުގެ ގޯތިތެރެއާއި، ބޯޅަދަނޑާވީ ފަރާތުގެ މަގު، ކޮންމެ ދުވަހަކު ކުނިކަހައި ސާފުކުރުމާއި، ގުރޭޑު 1 އާއި 5 އާއި 6 ގެ އޮފީސްރޫމް، ކޮންމެ ދުވަހަކު ސާފުކޮށް، މޮޕްލައި، ޑެސްކާއި ގޮނޑިތައް ހަމަކޮށް ތަރުތީބުކުރުމާއި، ހަވާލު ކުރެވިފައިވާ ޢިމާރާތްތަކުގެ ދޮރުފަތްތައް، ކޮންމެ ދުވަހަކު ހުޅުވައި ލެއްޕުން.

2- ސާފު ބޯފެން ނެގޭނެ އިންތިޒާމް ހަމަޖައްސައި، ކޮންމެ ވިއްސާރަ މޫސުމެއްގައި ތާނގިތައް ރަނގަޅަށް ސާފުކޮށްފައި ފެންއެޅޭނެ އިންތިޒާމް ހަމަޖެއްސުން.

3- ސްކޫލުގެ ގޯތި ތެރޭގައި ހުރި ރުއްރުކާއި، ގަސްގަހާއި، އެނޫން ތަކެތި، ކޮންމެ މަހަކު އެއްފަހަރު ސާފުކޮށް، އެތަކެތި ބެލެހެއްޓުން.

4- އަންހެން ކުދިންގެ ފާޚާނާތައް، ކޮންމެ ދުވަހަކު ރަނގަޅަށް ސާފުކޮށް ބެލެހެއްޓުން.

5- ރަސްމީ ގަޑީގައި ދަރިވަރުން ސްކޫލުތެރޭގައި އުޅޭއިރު އުޅޭ ނޫޅޭގޮތް ބެލުން.

6- ސްކޫލުގެ މާޙައުލު ފެހިކުރުމަށްޓަކައި، ސްކޫލުގެ މެނޭޖްމަންޓާ ގުޅިގެން ގަސްއިންދައި، ކޮންމެ ދުވަހަކު ގަސްތަކަށް ރަނގަޅަށް ފެންދިނުން.

7- ސްކޫލުގެ ގޯތިތެރެ ހިރަފުހުން ސަލާމަތްކުރުމަށްޓަކައި، ކޮންމެ ދުވަހެއްގެ އެސެމްބްލީ ފެށުމުގެ ކުރިން ގޯތިތެރެއަށް ފެންޖެހުން.

8- ކޮންމެ ހަފުތާއަކު 2 ދުވަހު، ސްޓާފްރޫމުގައި ބޭނުންކުރާ އެންމެހައި މެޝިނަރީތަކާއި، ދޮރާއި ދޮރުފަތްތައް ހިރަފުސްފޮޅައި ސާފުކުރުން.

9- ކޮންމެ  މަހަކު ދެފަހަރު، ގުރޭޑް 1،5 އަދި 6 ގެ ކުލާހުގެ ފަންކާތައް ސާފުކުރުމާއި، ކޮންމެ ހަފުތާއަކު 2 ދުވަހު، ހަވާލުކުރެވިފައިވާ ކުލާސްތަކުގެ ދޮރާއި ދޮރުފަތްތައް ސާފުކުރުން.

10- ސްކޫލުގައި ބާއްވާ ޚާއްޞަ ރަސްމިއްޔާތުތަކާއި ބައްދަލުވުންތަކަށް ތަން ތައްޔާރުކުރުން.

11- ސްކޫލުގެ ފަރުނީޗަރުތައް އަބަދުވެސް ތަރުތީބުން އަތުރާފައި ބެހެއްޓުން.

12- ދަރިވަރުން ބޭނުންކުރާ ގޮނޑިއާއި ޑެސްކުތައް ހިރަފުސްފޮޅައި، ކުލާސްރޫމްތައް ތަރުތީބުން އެތުރުން.

13- ސްކޫލަށް އަންނަ މެހުމާނުންނަށް މެހުމާންދާރީ އަދާކުރުން.

14- ސްކޫލަށް އަންނަ މެހުމާނުންގެ ފޮށިތަންމަތިތައް ގެންގޮސް ގެނެސްދިނުމާއި، ބޯޓުފަހަރުން ސްކޫލަށް ގެންނަ ތަކެތި ސްކޫލަށް ގެނައުމާއި، ބޯޓުތަކަށް ގެންދިއުން.

15- ސްކޫލުގައި ބޭއްވޭ ހަރާކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.

ޝަރުޠު:

- ލިޔަން ކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤަބިލުކަން ސާބިތުކޮށްދިނުން. ނުވަތަ؛

- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤަބިލުކަން ސާބިތުކޮށްދިނުމާއެކު، އެސް.އެސް. 1 ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއްފެންވަރުގެ މަޤާމެއްގައި، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގެ އެ ފެންވަރުގެ މަޤާމެއްގައި މަސައްކަތް ކުރަމުންދާ މީހެއްކަމުގައިވުން.  

އުޖޫރަޔާއި ޢިނާޔަތްތައް:

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި، އެހެނިހެން ޢިނާޔަތްތައް ދެވޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

-  މި މަޤާމަށް މީހަކު ހޮވުމުގައި ބަލާނީ، ތަޢުލީމާއި، ތަމްރީނާއި، މަސައްކަތުގެ ތަޖުރިބާ، މަސައްކަތުގެ ހުނަރާއި، ފެންވަރާއި ޤާބިލުކަމާއި ސިފަތަކަށެވެ.

އިންޓަވިއުއާއި، އިމްތިޙާންކުރުމާއި ޕްރެކްޓިކަލްސް އޮންނާނެ ތާރީޚު:

- އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައިވަނީ، 19 ފެބުރުވަރީ 2015 ވާ ބުރާސްފަތި ދުވަހު، މަދުރަސަތުލް ސުލްޠާން މުޙައްމަދު/ ގއ. ދެއްވަދޫ ގައެވެ. އިންޓަވިއުއަށް ހޮވޭ ފަރާތްތަކަށް އިންޓަވިއު ބޭއްވުމުގެ 48 ގަޑިއިރުގެ ކުރިން އެކަން އެންގޭނެއެވެ.

- މި މަޤާމަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 20 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބެލުމަށްފަހު، ޝޯޓް ލިސްޓް ކުރެވޭނެއެވެ. އިންޓަވިއު ކުރެވޭނީ، ޝޯޓް ލިސްޓް ކުރާއިރު ހޮވޭ ފަރާތްތަކާއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މި ފޯމު، މި މަދުރަސާއިން ލިބެން ހުންނާނެއެވެ.)

2- ސިވިލް ސާރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރުބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) 

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

5- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީވީ) (ގުޅޭނެ ފޯނު ނަންބަރާއެކު)

5- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭ ފަދަ ސާފު ކޮޕީއެއް.

ސުންގަޑި: މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުން 2015 ފެބުރުވަރީ 12 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން، މަތީގައި ބަޔާންކޮށްފައިވާ ތަކެތި، މި މަދުރަސާއަށް ހުށަހެޅުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފު ކުރުމަށް ގުޅާނީ 7983076 ނަންބަރު ފޯނަށެވެ.

ނޯޓު:

މި ވަޒީފާއަށް އެދި ހުށަހަޅާ އެންމެހައި ލިޔުންތައް ހުށަހަޅަންވާނީ މި މަދުރަސާގެ އިދާރާއަށެވެ. މި މަދުރަސާގެ ފެކުހަށާއި މެއިލަށް ފޮނުވާ ލިޔުންތައް ބަލައެއް ނުގަނެވޭނެއެވެ.

13 ރަބީޢުލްއާޚިރު 1436

03 ފެބުރުވަރީ 2015
ހޯދާ