މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
އެސިސްޓެންޓް ހިއުމަން ރިސޯސް އޮފިސަރ

ވަޒީފާގެ ފުރުޞަތު

މަޤާމު: އެސިސްޓެންޓް ހިއުމަން ރިސޯސް އޮފިސަރ

ކްލެސިފިކޭޝަން:

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ރޭންކް:

ޖީ.އެސް 4

ބޭނުންވާ ޢަދަދު:

1

މުސާރަ: މަހަކު -/5,020 ރުފިޔާ        

  ސަރވިސް އެލަވަންސް: މަހަކު -/1,500 ރުފިޔާ

ވަޒީފާ އަދާކުރަންޖެހޭ އޮފީސް / ސެކްޝަން / ތަން

މިނިސްޓްރީ އޮފް ހޯމްއެފެއާޒް / ހިއުމަން ރިސޯސް އެންޑް ޓްރެއިނިންގ ޔުނިޓް / މާލެ

އަސާސީ ޝަރުޠު:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (މީގެތެރޭގައި ބިޒްނަސް މެނޭޖްމަންޓް ނުވަތަ ހިއުމަން ރިސޯސް މެނޭޖްމަންޓްގެ ދާއިރާގެ ސެޓްފިކެޓް ހިމެނޭނެއެވެ.) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ
  3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ" ގްރޭޑް ލިބިފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

  1. މިނިސްޓްރީއާއި ޖުވެނައިލް ޖަސްޓިސް ޔުނިޓްގެ މުވައްޒަފުންގެ ސަލާމާއި ޢާއިލީ ޒިންމާގެ ޗުއްޓީ ނޯޓު ކުރުމާއި، ސަލާމް/ޢާއިލީ ޒިންމާގެ ފޯމް ތައްޔާރުކޮށް މުވައްޒަފުންނާ ހަވާލުކޮށް ސިސްޓަމަށް އެންޓަރ ކުރުމާއި މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓުން.
  2. މިނިސްޓްރީއާއި ޖުވެނައިލް ޖަސްޓިސް ޔުނިޓްގެ މުވައްޒަފުންގެ ޗުއްޓީ ތާވަލް  ބެލެހެއްޓުމާއި މިނިސްޓްރީއާއި ޖުވެނައިލް ޖަސްޓިސް ޔުނިޓްގެ މުވައްޒަފުންގެ ޗުއްޓީ ޗިޓް ހެދުމާއި ޗުއްޓީ އާއި ސަލާމުގެ ރެކޯޑްސް ބަލަހައްޓައި، ސިސްޓަމަށް އެންޓަރ ކުރުން.
  3. މިނިސްޓްރީއާއި ޖުވެނައިލް ޖަސްޓިސް ޔުނިޓްގެ މުވައްޒަފުންގެ މަޢުލޫމާތާއި، އެމްޕްލޯއީ ހިސްޓްރީ އެޗް.އާރ ސޮފްޓްވެއަރއަށް އެންޓަރކޮށް ބެލެހެއްޓުން.
  4. މިނިސްޓްރީއާއި ޖުވެނައިލް ޖަސްޓިސް ޔުނިޓްގެ މުވައްޒަފުންގެ ޕާރސަނަލް ރެކޯޑު ފައިލްތައް ބެލެހެއްޓުން.
  5. ޕާމަނަންޓް ސެކްރެޓަރީގެ ހާޒިރީ ރިޕޯޓް ކޮންމެ މަހެއް ނިމުމުން ސިވިލް ސަރވިސް ކޮމިޝަނަށް ފޮނުވުން.
  6. މަސައްކަތާ ގުޅޭ ހުރިހާ ލިޔެކިޔުންތައް ފައިލްކޮށް ބެލެހެއްޓުން.
  7. މިނިސްޓްރީއާއި ޖުވެނައިލް ޖަސްޓިސް ޔުނިޓްގެ މުވައްޒަފުންގެ ހާޒިރީ ޝީޓް ފުރިހަމަކޮށް، ޕްރިންޓްކުރުމަށްފަހު މުވައްޒަފުންގެ މުސާރަ ޝީޓް ތައްޔާރުކޮށް، "ސެޕް" އަށް އަޕްލޯޑް ކުރަންޖެހޭ ޝީޓްތައް ތައްޔާރުކޮށް އަޕްލޯޑްކުރުމާއި މުސާރައާ ގުޅޭ ކަންތައްތައް ނިންމުން. އަދި ކޮންމެ މަހެއްގެ ޕޭ ސްލިޕް ޕްރިންޓްކުރުމަށްފަހު މުވައްޒަފުންނާ ޙަވާލުކުރުން.
  8. ވަޒީފާގައި އުޅޭ، ވަކިވި މުވައްޒަފުން އެދުމުން ކަމާބެހޭ ލިޔުން ތައްޔާރުކޮށް ޙަވާލުކުރުން.  
  9. މުވައްޒަފުންގެ ހާޒިރީ ރިޕޯޓު ކޮންމެ މަހަކު ތައްޔާރުކުރުން.
  10. ސެކްޝަނުގެ ޔައުމިއްޔާ ލިޔުން.
  11. ސެކްޝަން މުވައްޒަފަކު ނެތް ޙާލަތެއްގައި އޮފީހުގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހާ ކަންތައްތައް ކުރުން.
  12. މި މިނިސްޓްރީން ފާހަގަ ކުރަންޖެހޭ ޤައުމީދުވަސް، ރާއްޖެ އިސްލާމްވީ ދުވަސް، މިނިވަންދުވަސް، ނަޞްރުގެ ދުވަސް، އަދި ޖުމްހޫރީދުވަސް ފަދަ ދުވަސްތަކުގެ ރަސްމިއްޔާތުތަކާ ބެހޭ މަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- ދިވެހި އަދި އިނގިރޭސިބަހުން ރަނގަޅަށް މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން

- މައިކްރޯސޮފްޓް އޮފީސް ޕެކޭޖް ބޭނުންކުރަން އެނގުން

- ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން

އިންޓަރވިއު އާއި ޕްރެކްޓިކަލްސް އާއި އިމްތިޙާނުކުރުން ބޭއްވުމަށް ކަނޑައަޅާފައިވާ ތާރީޚާއި ތަން:

18 ފެބްރުވަރީ 2015 ން 26 ފެބްރުއަރީ 2015 އަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒް (ވެލާނާގޭ 10 ވަނަ ފަންގިފިލާ) ގައި.

އިތުރު މަޢުލޫމާތު:

  • މި ވަޒީފާއަށް އެދިފައިވާ ޝަރުޠުހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް އަދި މި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
  • ޕްރެކްޓިކަލް އަދި އިންޓަރވިއުއަށް ވަޑައިގަންނަވާއިރުހުށަހަޅުއްވާފައިވާ ސެޓްފިކެޓްތަކުގެ އަސްލުތަކާއި ދިވެހިރައްޔިތެއްކަންއަންގައިދޭ ކާޑު ގެންނަވަންވާނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3313325، 3323820 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

ހުށަހަޅަން ޖެހޭ ތަކެތި:

  • ފުރިހަމަ ކުރެވިފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ކައުންޓަރުންނާއި މި މިނިސްޓްރީގެ ވެބްސައިޓް www.homeaffairs.gov.mv އިން ލިބެން ހުންނާނެއެވެ.)
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި، އަސްލާއެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ، މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ.
  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކޮށްފައިވާ ނަމޫނާއާ އެއްގޮތަށް ނުވަތަ ނަމޫނާގައިވާ މަޢުލޫމާތު ހިމަނައިގެން ތައްޔާރުކޮށްފައިވާ ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
  • ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

16 ފެބްރުއަރީ 2015 ވާ ހޯމަ ދުވަހުގެ 14:30 ގެ ކުރިން މިނިސްޓްރީ އޮފް ހޯމްއެފެއާޒުގެ ކައުންޓަރަށް.

                                             

05 ފެބުރުވަރީ 2015
ހޯދާ