މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު

މަސައްކަތު

މަޤާމް:

1 (އެކެއް)

އަދަދު:

އެސް.އެސް. 1

ރޭންކް:

ސަޕޯޓް ސްޓާފް 1

މަޤާމުގެ ކްލެސިފިކޭޝަން:

ރ. ދުވާފަރު މެޖިސްޓްރޭޓް ކޯޓް

މަސައްކަތްކުރަންޖެހޭ ތަން:

3100.00 ރުފިޔާ (ތިންހާސް އެއްސަތޭކަ ރުފިޔާ)

އަސާސީ މުސާރަ:

- ސަރވިސް އެލަވަންސް -/1000 ރުފިޔާ (އެއްހާސް ރުފިޔާ)

- ޖުޑީޝަލް އެލަވަންސްގެގޮތުގައި މުސާރައިގެ %25 (-/775 ރުފިޔާ)

- ލިވިންގ އެލަވަންސް -/2550 ރުފިޔާ (ދެހާސް ފަސްސަތޭކަ ފަންސާސް ރުފިޔާ)

- ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

މި މަޤާމަށް ލިބޭ އެލަވަންސް:

އަސާސީ ތަޢުލީމުގެ ފެންވަރަށް ލިޔަންކިޔަން އެނގުމާއި، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން އިންޓަވިއުގައި ސާބިތުކޮށްދިނުން.

އަސާސީ ޝަރުޠު:

- ޤަޢުމީ ދިދައާއި ޝަރުޢީ ދިދަ ނަގައި ތިރިކުރުން.

- ކޯޓް އިމާރާތުގެ ގޯތިތެރެއާއި، ކޯޓުގެ ވަށައިގެންވާ އެންމެހައި މަގުތައް، ދުވާލަކު އެއްފަހަރު ކުނިކަހައި ސާފުކުރުން.

- ކޯޓް ތެރޭގައިވާ އެންމެހައި ފަރުނީޗަރާއި މެޝިނަރީތައް ފޮހެ ސާފުކުރުން.

- މަދުވެގެން ހަފުތާއަކު އެއްފަހަރު ކޯޓް އިމާރާތުގެ ހުރިހާ ކޮޓަރިތަކުގެ ތަށިމުށިތަކުގައި މޮޕްލައި، ހިރަފުސްފޮޅައި، ސާފުކުރުން.

- ފެންއަޅާ ހަން ސާފުކޮށް، ހަމަށް ފެންއަޅައި ރައްކާތެރިކަމާއެކު ބެލެހެއްޓުން.

- ކޯޓަށް ހާޒިރުކުރަންޖެހޭ މީހުން، ކޯޓުން އަންގާ ގޮތުގެ މަތިން ކޯޓަށް ހާޒިރުކުރުން.

- ކޯޓުން އާއްމުކުރާ އިޢުލާނުތައް އާންމުންނަށް ފެންނާނެހެން، ކަނޑައެޅިފައިވާ ސަރަހަދުތަކުގައި ހަރުކޮށް ބެލެހެއްޓުން.

- ކޯޓުގެ ބަގީޗާ ބެލެހެއްޓުމާއި، ގަސްތަކަށް ފެންދިނުން.

- ކުއްލިގޮތަކަށް ކުރަންޖެހޭ މަސައްކަތްތައް، ވަރިޔަކު އަންގާ ގޮތެއްގެ މަތިން ކުރުން. 

މަޤާމުގެ މަސްއޫލިއްޔަތު:

- ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމު.

- ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ.

- ވަޒީފާއަށް ކުރުމަތިލާ ފަރާތުގެ ވަނަވަރު (ސީވީ)

- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތައް (އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖަހާފައި)

- ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ (އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖަހާފައި)

ހުށަހަޅަންޖެހޭ ތަކެތި:

2015 ފެބުރުވަރީ 4 ވާ ބުދަ ދުވަހުގެ 13.00 ގެ ކުރިން.

ސުންގަޑި:

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ ހުށަހެޅުންތަކާއި، އެޓޭޗް ކުރަންޖެހޭ ލިޔުންތައް ހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތަކާއި، ފުރިހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތައް ބަލައެއް ނުގަނެވޭނެއެވެ.

- އެކްރެޑިޓްނުކޮށް ހުށަހަޅާ ސެޓްފިކެޓާއި، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ނުޖަހާ ހުންނަ ލިޔުންތަކަށް މާކުހެއް ނުދެވޭނެއެވެ.

- މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ފުރަންޖެހޭ ވަޒީފާއަށް އެދޭ ފޯމު، މި ކޯޓުން ލިބެން ހުންނާނެއެވެ.

- މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރަން ގުޅާނީ 6582700 ނަމްބަރު ފޯނަށެވެ.

އިތުރު މަޢުލޫމާތު:

    6 ރަބީޢުލްއާޚިރު 1436
27 ޖަނަވަރީ 2015
ހޯދާ