ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަން
ދިވެހިރާއްޖެ
މައްސަލަ ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުވާލުން

މި ކޮމިޝަނަށް މައްސަލަ ހުށަހެޅުމުގައާއި، ހުށަހެޅޭ މައްސަލަތައް ބަލައި، ތަޙްޤީޤު ކުރުމުގައި ޢަމަލުކުރާނޭ މިންގަނޑުތަކާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު: 2014/R-425) އެކުލަވާލެވި، 30 ޑިސެންބަރު 2014 ވަނަ ދުވަހު ވަނީ ގެޒެޓް ކުރެވިފައެވެ.

މި ގަވާއިދުގެ ޖަދުވަލު 01 ގައިވާ، މައްސަލަ ހުށަހެޅުއްވުމަށް ތައްޔާރުކުރެވިފައިވާ ފޯމުން ނުވަތަ ސިޓީއަކުން ނުވަތަ އީމެއިލުން ނުވަތަ ފޯނުން ނުވަތަ މި ކޮމިޝަނަށް ވަޑައިގެން މައްސަލަ ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުވާލެވިފައިވާވާހަކަ ދަންނަވަމެވެ.

ނޯޓް: މިއިޢުލާނަކީ، 22 ޖަނަވަރީ 2015 ގެ ގެޒެޓުގައި ޝާއިޢުކުރެވިފައިވާ، ނޫސްބަޔާނުގެ ބަދަލުގައި، ޝާއިޢުކޮށްފައިވާ އިޢުލާނެކެވެ.

3 ރަބީޢުލްއާޚިރު 1436

25 ޖަނަވަރީ 2015
ހޯދާ