ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ޖެނެރަލް ސެކްރެޓަރީ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: ޖެނެރަލް ސެކްރެޓަރީ

މުސާރަ: މަހަކު -/6،000 ރުފިޔާ

ހާޒިރީއާއި ސަރވިސް އެލަވަންސް: މަހަކު -/2،000 ރުފިޔާ

ފެންވަރު ނުވަތަ ޝަރުޠު: ޖީ.ސީ.އީ އޭ ލެވަލުން އިނގިރޭސިއާއެކު 3 މާއްދާއިން ފާސްވެފައިވުން ނުވަތަ  އެމް ކިޔޫ އޭއިން އެޕްރޫވްކޮށްފައިވާ މެނޭޖްމަންޓް ދާއިރާގެ ޑިޕްލޮމާއެއް ހޯދާފައިވުމާއި، ކޮމްޕިއުޓަރ ބޭސިކް/ މައިކޮރޯ ސޮފްޓް އޮފީސް އެނގުން.

މި މަޤާމަށް މީހަކު ހަމަޖެއްސުމުގައި އިސްކަންދެވޭނެ ކަންކަން: މި މަޤާމަށް މީހަކު ހަމަޖެއްސުމުގައި ކުޅިވަރުގެ ހަރަކާތް ހިންގުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ސުންގަޑިއާއި ހުށަހަޅަންޖެހޭ ލިޔުންތަކާއި، ހުށަހަޅަންޖެހޭ ތަން: މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން،  2015 ޖަނަވަރީ 29 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން، ސީ.ވީއާއި، އައި.ޑީ ކާޑުގެ ކޮޕީއާއި، ޕޮލިސް ރިޕޯޓާއި، އެކްރެޑިކް ކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ، މި އެސޯސިއޭޝަނުގެ އޮފީހަށް ފޮނުވުން އެދެމެވެ.

އީމެއިލްކުރާނީ: [email protected]

27 ރަބީޢުލްއައްޥަލް 1436

18 ޖަނަވަރީ 2015
ހޯދާ