ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަރެސްމާތޮޑާ ފުޓުބޯޅަދަނޑުގައި ވަށާފެންސު ޖެހުމާއި ދަނޑުގެ ހުޅަނގުފަރާތުގައި ރޮސްޓަމެއް ހެދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

ފަރެސްމާތޮޑާ ފުޓުބޯޅަދަނޑުގައި ވަށާފެންސު ޖެހުމާއި ދަނޑުގެ ހުޅަނގު ފަރާތުގައި ރޮސްޓަމެއް ހެދުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ މިއިދާރާގެ ނަންބަރު IUL-D/423/2015/02 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 ޖަނަވަރީ 26 ވަނަ ދުވަހުގެ 14:00 އަށް ފަރެސްމާތޮޑާ ކައުންސިލުގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 ޖަނަވަރީ 29 ވަނަ ދުވަހުގެ 14:00 އަށް ފަރެސްމާތޮޑާ ކައުންސިލް އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބުތައް ހުށަހަޅަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި "ފަރެސްމާތޮޑާ ފުޓުބޯޅަދަނޑުގެ ވަށައި ފެންސް ޖެހުމާއި ރޮސްޓަމް ހެދުމުގެ މަޝްރޫޢު" މިހެން ލިޔެފައި އޮންނަންވާނެއެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ސިޓީއަކާއެކު ފޮނުވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބުތަކާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އަދި މީގެ އިތުރުން މިމަސައްކަތަށް ތައްޔާރު ކުރެވިފައިވާ މަޢުލޫމާތު ފޯމާ ޚިލާފަށް ހުށަހެޅޭ އަންދާސީހިސާބުތައްވެސް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 

27 ރަބީޢުލްއައްވަލް 1436

18 ޖަނަވަރީ 2015
ހޯދާ