މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ގާތުންދޭ ކިރުގެ ބަދަލުގައި ކުޑަކުދިންނަށް ދޭ ބާވަތްތައް ދިވެހިރާއްޖެއަށް އެތެރެކުރުމާއި، އުފެއްދުމާއި، ވިޔަފާރީގައި ބޭނުންކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު ތަންފީޒުކުރުން

"ގާތުންދޭ ކިރުގެ ބަދަލުގައި ކުޑަކުދިންނަށް ދޭ ބާވަތްތައް ދިވެހިރާއްޖެއަށް އެތެރެކުރުމާއި، އުފެއްދުމާއި، ވިޔަފާރީގައި ބޭނުންކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު" 1 އެޕްރީލް 2015 އިން ފެށިގެން ތަންފީޒުކުރުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ރާއްޖެއަށް އެތެރެކުރާ މިފަދަ ބާވަތްތައް ބަލައި ފާސްކުރުމުގެ މަސައްކަތް ކުރަން ހަމަޖެހިފައިވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީންނެވެ. އަދި ގަވާއިދުގެ ދަށުން ލާޒިމުކުރާ މި ނޫން ކަންތައްތައް ތަންފީޒުކުރާނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީންނެވެ.

ވީމާ، 1 އެޕްރީލް 2015 އިން ފެށިގެން މިގަވާއިދު ތަންފީޒުކުރަން ފަށާނެކަން އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި އަންގައި އިޢުލާން ކުރީމެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށްޓަކައި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ 3014305 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

23 ރަބީޢުލްއައްވަލް 1436

14 ޖަނަވަރީ 2015
ހޯދާ