ކުއްލިއްޔަތުއްދިރާސާތިލްއިސްލާމިއްޔާ
ދިވެހިރާއްޖެ
އެސިސްޓެންޓް ލެކްޗަރަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު

ކުއްލިއްޔާގެ 2015 ވަނައަހަރު ތިރީގައިމިވާ ދާއިރާތަކުން ކޮންޓްރެކް އުސޫލުން ކިޔަވައިދޭނެ އެސިސްޓެންޓް ލެކްޗަރަރއިން ބޭނުންވެއްޖެއެވެ.

މަޤާމު

އެސިސްޓެންޓް ލެކްޗަރަރ

ބޭނުންވާ އަދަދު

66 (ފަސްދޮޅަސް ހައެއް)

މުސާރަ

  1. 50 މިނިޓުގެ ގަޑިއަކަށް:  -/200 ރުފިޔާ
  2. އެސައިންމަންޓް: މާކުކުރާ އެސައިންމެންޓަކަށް -/15 ރުފިޔާ
  3. ޕޭޕަރ މާކިން: މާކުކުރާ ޕޭޕަރަކަށް -/15 ރުފިޔާ

މަޤާމު އޮތް އޮފީސް

ކުއްލިއްޔަތުއްދިރާސާތިލް އިސްލާމިއްޔާ

މަސައްކަތް ހަމަޖެހިފައިވާ ތަން:

ކުއްލިއްޔަތުއްދިރާސާތިލް އިސްލާމިއްޔާ/ މާލެ

ސެކްޝަން/ ޔުނިޓް

ފެކަލްޓީތައް / ސެންޓަރުތައް

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

1- ކަނޑައެޅިފައިވާ ގޮތުގެމަތިން އެކިފެންވަރުގެ ކޯސްތަކުގައި ކިޔަވައިދިނުން.

2- ކިޔަވައިދޭ މާއްދާތަކުގެ އިމްތިޙާން ކަރުދާސްތައް ތައްޔާރުކުރުމާއި އެސެސްކުރުން.

3- ކިޔަވައިދޭ ދަރިވަރުންނަށް ބޭނުންވާ ކިޔަވައިދިނުމުގެ ތަކެތި ތައްޔާރުކުރުން.

4- ޓިއުޓޯރިއަލާއި، ޢަމަލީ ކްލާސްތަކާއި، ޑެމޮންސްޓްރޭޝަންތަކާއި، ވަރކްޝޮޕްތަކާއި، ދަރިވަރުންގެ ފީލްޑް ވިޒިޓްތަކާއި ކްލިނިކަލް ސެޝަންތައް ހިންގުން.

5- ދަރިވަރުންނާއެކު ކިޔަވައިދޭ މާއްދާތަކާ ބެހޭގޮތުން މަޝްވަރާތައް ބޭއްވުން.

6- ދަރިވަރުންގެ އަޚްލާޤާއި އުޅުން ރަނގަޅުކުރުމަށް މަސައްކަތްކުރުމާއި، ނަފްސާނީ ދުޅަހެޔޮކަމަށާއި ޖިސްމާނީ  ދުޅަހެޔޮކަމަށް އަޅައިލުން.

7- ކުއްލިއްޔާގެ ދަރިވަރުންނާ ގުޅޭ ކޯކަރިއުލަރއާއި އެކްސްޓްރާކަރިކިއުލަރ އެކްޓިވިޓީސްތައް ރާވައި ހިންގުމުގައި ކުއްލިއްޔާއަށް އެހީތެރިވުން.

މަޤާމުގެ ޝަރުޠުތައް:

1- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ކިޔަވައިދޭ މާއްދާ ނުވަތަ މާއްދާތަކުގައި ކިޔަވައިދޭ ބައިތަކާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤާއުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

2- ކިޔަވައިދޭ މާއްދާ ނުވަތަ މާއްދާތަކުގައި ކިޔަވައިދޭ ބައިތަކާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ތަމްރީން ދިނުމުގެ ދާއިރާއެއްގެ ވަޒީފާގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3- ކިޔަވައިދޭ މާއްދާ ނުވަތަ މާއްދާތަކުގައި ކިޔަވައިދޭ ބައިތަކާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ތަމްރީން ދިނުމުގެ ދާއިރާއެއްގެ ވަޒީފާގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ބޭނުންވާ ދާއިރާއާއި އަދަދު

މާއްދާ

ބޭނުންވާ ޢަދަދު

މާއްދާ

ބޭނުންވާ ޢަދަދު

- ޤުރްއާން

- ޢަރަބިބަހާއި ޢަރަބިބަހުގެ މާއްދާތައް

- އުޞޫލް ފިޤްހު

- ލީގަލް ސްކިލްސް އެންޑް ރިސަރޗް މެތޮޑޮލޮޖީ

- އަލްޙުދޫދް ވަލް ޖިނާޔާތު

- އެޑްމިނިސްޓްރޭޓިވް ލޯ

- ކޮމާޝަލް ލޯ

- ކްރިމިނަލް ލޯ

- ކޮންސްޓިޝިއުނަލް ލޯ

- އިންޓަރނޭޝަނަލް މެރިޓައިމް ލޯ

- ލޯ އޮފް ޓޯރޓް

- އަލްޢަޤްޟިޔާ ވައްޝަހާދާތު

5

17

6

 

3

1

1

1

1

1

1

2

1

- އިންގްލިޝް ފޯރ ލޯ

- އިންޓްރޮޑަކްޝަން ޓު ލޯ

- ލޭންޑް ލޯ

- ލޯ އޮފް ކޮންޓްރެކްޓް

- ހިސާބު

- އަލްޢިލާޤާތު އައް ދައުލިއްޔަތު

- އަލްޢަޤީދާ އަލް އިސްލާމިއްޔާ

- ފިޤްހުލް ޢިބާދާތު

- އުލޫމުލް ޤުރްއާން

- އައްތަފްސީރު އަލް މަޢުޟޫޢީ

- ފުނޫން އައްތިލާވާ

- އައްޘަޤާފާ އަލް އިސްލާމިއްޔާ

- މަބާދިއުއް ޝަރީޢާ

3

3

1

5

1

1

1

1

1

2

2

2

1

އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- މަތީގައި ދެންނެވުނު ޝަރްޠުތަކުގެ އިތުރުން، ކިޔަވައިދިނުމުގެ ތަޖުރިބާ ހުރުން.

- ތަޢުލީމާއި ތަމްރީނު، މަސައްކަތުގެ ތަޖުރިބާ، އިންޓަވިއު، ކޮމްޕިޔުޓަރަށް އަހުލުވެރިވެފައިވާ މިންވަރު.    

ހުށަހަޅަންޖެހޭ ތަކެތި:

 

1- ފުރިހަމަކޮށްފައިވާ، ރިސޯސް ލެކްޗަރަރުން ފުރިހަމަކުރަންޖެހޭ ފޯމް (މި ފޯމު، ކުއްލިއްޔާގެ އިދާރާއިން ލިބޭނެއެވެ.)

2- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ކޮޕީ)

3- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާއަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

4- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)

5- ވަނަވަރު (ސީވީ).

ވަޒީފާއަށް އެދޭ ފޯމް ފޮނުއްވަންވީ  ތާރީޚު:

2015 ޖަނަވަރީ 27 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ކުއްލިއްޔާގެ އިދާރާއަށް (މުއްދަތު ހަމަވުމުންވެސް، މަޤާމުތަކަށް މީހުން ހަމަނުވާނަމަ، ފޯމް ބަލައިގަނެވޭނެއެވެ.)

އިތުރު މަޢުލޫމާތު

އިތުރު މަޢުލޫމާތު ސާފުކުރުމަށް ކުއްލިއްޔާގެ ފޯނު ނަންބަރު 3321295 އަށް ގުޅުން އެދެމެވެ.

23 ރަބީޢުލްއައްވަލް 1436

14 ޖަނަވަރީ 2015
ހޯދާ