މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ދިވެހިރާއްޖެ
މޯބައިލް އެޕްލިކޭޝަން ޑިވެލޮޕަރ (ވަގުތީ)

ވަޒީފާގެ ފުރުޞަތު

މިއޮފީހުގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމު:         މޯބައިލް އެޕްލިކޭޝަން ޑިވެލޮޕަރ (ވަގުތީ)

ބޭނުންވާ އަދަދު:    1

މުއްދަތު:        3 މަސް ދުވަސް

މުސާރަ:         މަހަކު 16،000 ރުފިޔާ

ފެންވަރު ނުވަތަ ޝަރުތު:

  1. ސޮފްޓްވެއަރ ޑިވެލޮޕްމަންޓް، މޯބައިލް އެޕްލިކޭޝަން ޑިވެލޮޕްމަންޓް ނުވަތަ ކަމާގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީއެއް ހާސިލުކޮށްފައިވުމާއެކު ދެއަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ހާސިލުކޮށްފައިވުން. ނުވަތަ މޯބައިލް އެޕްލިކޭޝަން ޑިވެލޮޕްމަންޓްގެ ދާއިރާގައި 5 އަހަރު ދުވަހުގެ ޢަމަލީ ތަޖުރިބާ ހާސިލުކޮށްފައިވުން.
  1. އައިއޯއެސް އަދި އެންޑްރޮއިޑް ޕްލެޓްފޯމްތަކުގައި އެޕްލިކޭޝަން ޑިވެލޮޕްކުރުމުގެ ޤާބިލުކަން ހުރުން.

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 22 ޖަނަވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 16:00 ގެ ކުރިން ސިޓީ، އީމެއިލް ނުވަތަ ފެކްސް އަކުން އައި.ޑީ. ކާޑުގެ ކޮޕީ، ސީ.ވީ.، އެޓެސްޓްކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ އަދި ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ. މި މަޤާމުގެ ވަޒީފާ ބަޔާން މިއޮފީހުގެ ވެބްސައިޓްwww.pension.gov.mv/downloads/tor    އިން ލިބެން ހުންނާނެއެވެ.

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް

އަމީނީމަގު، މާލެ، ދިވެހިރާއްޖެ.

ފޯން: 3309908 (އެކްސްޓެންޝަން: 134، 335)

ފެކްސް: 3307759

އީމެއިލް: [email protected]

15 ޖަނަވަރީ 2015
ހޯދާ