ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

  • ރަތަފަންދޫ ޕޮލިސްސްޓޭޝަން ހިންގުމަށް ކުއްޔަށްދީފައިވާ ( ރަތަފަންދޫ އިޖުތިމާޢީ މަރުކަޒުގެ ) ތިރީގައި މިދަންނަވާ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

ގދ.ރަތަފަންދޫ ޕޮލިސްސްޓޭޝަން ހިންގުމަށް ކުއްޔަށްދީފައިވާ ( ރަތަފަންދޫ އިޖުތިމާޢީ މަރުކަޒުގެ ) ތިރީގައި މިދަންނަވާ މަސައްކަތް ކޮށްދޭނެ ފަރާތެއްވޭތޯ ކުރެވުނު މިއިދާރާގެ ނަންބަރު: 420/2014/48 ގެ އިޢުލާނަށް އެއްވެސް ފަރާތަކުން އިޖާބަދީފައިނުވާތީ އެއިޢުލާން ބާޠިލުކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 22 ޖަނަަވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް ރަތަފަންދޫ ކައުންސިލްގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 29 ޖަނަަވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ 2:00 އަށް މިއިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.

ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތައް

1. ބޭރުން ވަންނަން ހުންނަ ގޭޓުގެ ދޮރުފަތް ގޭޓުދޮރުފަތަކަށް ބަދަލުކުރުން.

2. ޢިމާރާތުގެ ހުޅަނގުފަރާތުގެ ފާރުތަކުން ކަނޑައިގެންގޮސްފައިވާ ތަންތަން ބެއްދުން .

3. އިރުމަތީފަރާތުގެ ފާޚާނާގެ މަތީގައި މިހާރު އޮތްޝީޓް ތަޅައި ނެގުމަށްފަހު އަލުން ޝީޓެއް އެޅުން .

4. އިރުމަތީފަރާތުގެ ކޮޓަރީގެ ފާޚާނާގެ ދޮރާއި ދޮރުފަތް ބަދަލުކުރުން .

5. އިރުމަތީފަރާތުގެ ކޮޓަރީގެ ފާޚާނާގެ ފުލެޝްޓޭންކް ބަދަލުކޮށްދިނުން .

6. އިރުމަތީފަރާތު ކޮޓަރީގައި މިހާރު ހުރި 3 އޯބިޓަލްފަންކާ ނެގުމަށްފަހު އަލުން އެތަންތަނުގައި ފަންކާތައް ހަރުކޮށްދިނުން .

7. އިރުމަތީފަރާތުގެ ކޮޓަރިން ވެއްޓިފައިވާ 2 ގަނޑު ކޯނިސްގެ ބަދަލުގައި އާ ދެކޯނިސްގަނޑު އިސްކުރު އަޅައިގެން ހަރުކޮށްދިނުން .

8. ބަދިގެއަށް ބޭނުންކުރާ ބައިގެ ފާރުން ކަނޑައިގެންގޮސްފައިވާ ތަންތަން ބެއްދުން .

9. ބަދިގޭގައި ބޭނުންކުރާ ސިންކުގެ ގުލީ ބަދަލުކޮށްދިނުން .

10. ޢިމާރާތުގެ ގޯތިތެރޭގައި 2x4 ފޫޓުގެ ޖަންގުޝަނެއް ބަހައްޓައި ބަދިގޭގެ ސިންކާ ގުޅައިދިނުން .

11. އޮފީހުގައި އަލިފާން ރޯވެ ލަކުޑިޕާޓިޝަނުން އަނދާފައިވާބައި މަރާމާތު ކޮށްދިނުން. ( 8x4 ފޫޓު )

12. ޢިމާރާތުގެ ފުރާޅުން ވާރޭވެހޭތަން ރަނގަޅުކޮށްދިނުން .

13. އިންޓަރވިޔުރޫމުގެ ފާޚާނާގެ ފުލެޝްޓޭންކް ބަދަލުކޮށްދިނުން .

14. އިންޓަރވިޔުރޫމުގެ ފަންކާ ބަދަލުކުރުން .

15. 2 ފާޚާނާގެ ތަޅު ބަދަލުކުރުން .

16. އިންޓަރވިޔުރޫމުގެ ތަޅު ބަދަލުކުރުން .

17. ސިޓިންގރޫމުގެ ދެފަންކާ ބަދަލުކުރުން .

18. މުވައްޒަފުން ނިދާކޮޓަރި ބެރެކްސް 1 ގެ ފާޚާނާގެ ދޮރާއި ދޮރުފަތް ބަދަލުކުރުން .

19. މުވައްޒަފުން ނިދާކޮޓަރި ބެރެކްސް 1 ގެ ވަންނަ ދޮރުގެ ތަޅު ބަދަލުކުރުން .

20. ފާރުތަކުން ވެލިފައިބާ ތަންތަން ކޮށައި ކެމިކަލް ބޭނުންކޮށްގެން އަލުން ސިމެންތިޖެހުން .( 908 އަކަފޫޓު )

21. ޢިމާރާތުގެ އިރުމަތީފާރުގެ ބޭރުފަރާތުގައި ސިމެންތިޖެހުން ( ކެމިކަލް އަޅައިގެން )

22. ޢިމާރާތުގައި ހަރުކޮށްފައިވާ ކޯނިސް ބޯޑަރުތަކަށް އިސްކުރުއަޅައިދިނުން .  

އަންދާސީހިސާބާއެކު ހުށަހަޅަންޖެހޭ ލިޔުންތައް

1. ރަޖިސްޓަރީވެގެން ހިންގާ ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއާއި، އަހަރީ ފީދައްކާފައިވާ ރަސީދުގެ ކޮޕީ

2. ކޮމްޕެނީ ޕްރޮފައިލް

މިއިދާރާއިން ބަލާނެ ކަންތައްތައް

1. ރަޖިސްޓަރީވެގެން ގަވާއިދުން ހިންގާ ކުންފުންޏެއްތޯ

2. ހުށަހަޅާ އަންދާސީހިސާބު 30 ދުވަހުގެ ކުރިން ކެންސަލްކޮށްގެން ނުވާނެއެވެ.

އަގު ހުށަހެޅުން

1. އަގު ހުށަހަޅަންޖެހޭނީ ޖުމްލަ އަގުގެ އިތުރުން ކޮންމެ މަސައްކަތަކަށް ވަކިން އަގު އެނގޭގޮތަށެވެ.

2. މާކްސް ދެވޭގޮތުގެ ތަފުސީލު:

މާކްސް ދެވޭނެ ކްރައިޓީރިއާ

މާކްސް ދެވޭގޮތް

ތަފުސީލު

އަގު  

70%

  • ޚިދުމަތުގެ އަގަށް ދެވޭ މާކްސް  
  • މިމާކްސް ދެވޭނީ މިކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑައަގަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ކަނޑައެޅިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ އަގަށެވެ.

މުއްދަތަށް  

20%

  • މަސައްކަތް ނިންމާ މުއްދަތަށް ދެވޭ މާކްސް   
  • މިމާކްސް ދެވޭނީ މިކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަނުުުން ފާސްވާ ފަރާތްތަކުން ހުށަހަޅައިފައިވާ އެންމެ ކުޑަ މުއްދަތަކީ ބެންޗް މާކެއްކަމުގައި ބަލައިގެން ހުށަހެޅޭ ހުރިހާ މުއްދަތެއްގެ މެދުގައި ކަނޑައެޅިފައިވާ % އެއް ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުރު މުއްދަތެއް ހުށަހަޅާފައިވާ ފަރާތަކަށެވެ.

ތަޖުރިބާ  

10%
  • ލިބިފައިވާ ތަޖުރިބާއަށް ދެވޭ މާކްސް   
  • މިމާކްސް ދެވޭނީ މިކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅައިފައިވާ ޕްރޮފައިލްގައި ފާއިތުވެ ދިޔަތަނުގައި ކޮށްފައިވާ މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް އެންމެ ގިނަ ހެކި ހުށަހަޅާފައިވާ ފަރާތަކީ ބެންޗްމާކު ކަމަށް ބަލައިގެން ހުށަހަޅާފައިވާ ޑޮކިޔުމަންޓްތަކުގެ މެދުގައި ކަނޑައެޅިފައިވާ % އެއް ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަޕޮއިންޓް ލިބޭނީ އެންމެ ގިނަ ހެކި ހުށަހަޅާފައިވާ ފަރާތަށެވެ. 

17 ރަބީޢުލްއައްވަލް 1436

08 ޖަނަވަރީ 2015
ހޯދާ