މާލެއަތޮޅު މާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު

ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ރޭންކު:

ޖީ. އެސް 3

ކްލެސިފިކޭޝަން:

އޮފިސަރ ގުރޭޑް 1

އޮފީސް / އިދާރާ:

މާލެއަތޮޅު މާފުށި ކައުންސިލުގެ އިދާރާ

ސެކްޝަން

-

ވަޒީފާ އަދާކުރަންޖެހޭ ތަން

ކޯޕަރޭޓު އެފެއާޒް ޔުނިޓު / މާލެއތޮޅު މާފުށީ ކައުންސިލުގެ އިދާރާ

މުސާރަ

 -/4,465 ރުފިޔާ

ސަރވިސް އެލަވަންސް:

 -/1,500 ރުފިޔާ

ބޭނުންވާ އަދަދު:       

1 (އެކެއް)

މަޤާމުގެ ޝަރުޠުތައް:

  1. އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖުމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް   3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖުމަންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގުރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގުރޭޑް ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މާލެއަތޮޅު މާފުށި ކައުންސިލުގެ އިދާރާއަށް މުވައްޒަފުން ހޯދުމާއި، ވަޒީފާ ހަމަޖެއްސުމާއި، ވަޒީފާއިން ވަކިކުރުމާއި، މަގާމު ބަދަލުކުރުމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތްތައް ކުރުން.
  2. މާލެއަތޮޅު މާފުށި ކައުންސިލުގެ އިދާރާގެ މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމާ ގުޅޭގޮތުން އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.
  3. މާލެއަތޮޅު މާފުށި ކައުންސިލުގެ އިދާރާގެ މުވައްޒަފުންގެ ރަޖިސްޓަރީއާއި، މަޤާމުތަކުގެ ރަޖިސްޓަރީތަކާއި، ވަޒީފާގެ އެއްބަސްވުންތަކާއި، ވަޒީފާގެ ބަޔާންތައް ތައްޔާރުކޮށް ބެލެހެއްޓުމާއި، މުވައްޒަފުންގެ ރެކޯޑް ފައިލްތަކާއި، އެންމެހައި ލިޔެކިއުންތައް އަޕްޑޭޓުކޮށް، ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  4. މާލެއަތޮޅު މާފުށި ކައުންސިލުގެ އިދާރާގެ ހާޒިރީއާއި މުވައްޒަފުންގެ ޗުއްޓީއާއި ސަލާމާބެހޭ ކަންކަން ކުރުން.
  5. މުވައްޒަފުން ތަމްރީނުކުރުމާއި، ވޯކްޝޮޕް/ބައްދަލުވުންތަކާ ގުޅޭގޮތުން ހުށަހެޅޭ މައްސަލަތައް ހިންގައި ބެލެހެއްޓުން.
  6. ކައުންސިލުގެ ބައްދަލުވުންތަކުގެ އެޖެންޑާއާއި ޔައުމިއްޔާއާއި އެހެނިހެން ލިޔެކިޔުންތައް، އިދާރީ އިސްވެރިޔާ އަންގާގޮތެއްގެމަތިން ތައްޔާރުކޮށް ބެލެހެއްޓުން.
  7. މާލެއަތޮޅު މާފުށި ކައުންސިލް އިދާރާގެ އިދާރީ ޔައުމިއްޔާ ލިޔެ ބެލެހެއްޓުމާއި، ވަކިމުއްދަތުތަކަށް ފޮނުވަންޖެހޭ ރިޕޯޓްތައް ލިޔެ ތައްޔާރުކޮށް މުއްދަތަށް ފޮނުވުން.
  8. މީގެ އިތުރުން، އޮފީހުގެ މަސައްކަތްތަކާ ގުޅޭގޮތުން ކައުންސިލް އިދާރާއިން ހަވާލުކުރާ އެންމެހައި ކަންކަން ކުރުން. 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ލިބިފައިވާ ތަޢުލީމާއި، ތަމްރީނު.
  2. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ.
  3. ލިބިފައިވާ ހުނަރު.

އިންޓަރވިއުއާއި ޕުރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއި ޕުރެކްޓިކަލްސްއާއި، އިމްތިޙާނުކުރުން، ވަޒީފާއަށް އެދުމުގެ ސުންގަޑި ހަމަވުމަށްފަހު، ޖެހިގެން އަންނަ، މަސައްކަތު 15 ދުވަހުގެ ތެރޭގައި އޮންނާނެއެވެ. އިންޓަވިއު އޮންނަތަނާއި ތާރީޚާއި ގަޑި، ފަހުން އެންގޭނެއެވެ.

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި މަގާމަށް އެދެންވާނީ، ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމަކުންނެވެ. ވަޒީފާ އަށް އެދޭ ފޯމު ހުށަހެޅޭނެ އެންމެފަހު ތާރީޚަކީ، 2015 ޖަނަވަރީ 20 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 2:00 އެވެ. ފޯމު ހުށަހަޅާނީ، މާލެއަތޮޅު މާފުށީ ކައުންސިލުގެ އިދާރާއަށެވެ.

އުޖޫރައާއި ޢިނާޔަތްތައް:

  • އިތުރުގަޑީގެ ފައިސާ: ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ލިބޭނެއެވެ.
  • މަގާމުގެ މަސައްކަތާ ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން ޢިނާޔަތްތައް ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު، މާލެއަތޮޅު މާފުށީ ކައުންސިލުގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv ން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާއަކުން ދޫކޮށްފައިވާ ލިޔުންތައް.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ)

ނޯޓް:

- މި މަގާމަށް މީހަކު ހޯދުމަށް، 03 ޖޫން 2014 ގައި މި އިދާރާއިން ކުރި ނަންބަރު: IUL)337/2014/10) ގެ އިޢުލާނު ވަނީ ބާޠިލުކުރެވިފައެވެ. 

 

އިތުރު މަޢުލޫމާތު:

- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، 6640073 ނަންބަރު ފޯނަށް ގުޅުމުން، އެ މަޢުލޫމާތެއް ލިބޭނެއެވެ. ފެކްސް ނަންބަރަކީ 6640073 އެވެ. އީ-މެއިލް އެޑްރެހަކީ [email protected] އެވެ.

20 ރަބީޢުލްއައްޥަލް 1436

11 ޖަނަވަރީ 2015
ހޯދާ