ޅ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ސިސްޓަމް، ސްކޭނަރ އަދި ޕްރިންޓަރ ހޯދުން

މި ހޮސްޕިޓަލާއި މިހޮސްޕިޓަލްގެ ދަށުން ހިނގަމުންދާ ޞިއްޙީމަރުކަޒުތަކަށް ތިރީގައި މިދަންނަވާ ތަކެތި ގަންނަން ބޭނުންވެއްޖެއެވެ.

12 ކޮމްޕިއުޓަރ ސިސްޓަމް

07 ޑޮކިޔުމަންޓް ސްކޭނަރ

08 ޕްރިންޓަރ

ވީމާ، މިތަކެތި ވިއްކުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 12 ޖަނަވަރީ 2015 ދުވަހުގެ 13:30 އަށް މިހޮސްޕިޓަލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 15 ޖަނަވަރީ 2015 ދުވަހުގެ 13:30 އަށް މިހޮސްޕިޓަލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އީމެއިލް މެދުވެރިކޮށް އިޢުލާނާ ގުޅޭ މަޢުލޫމާތު ހޯދުމަށް އެދިލައްވާ ފަރާތްތަކުން 12 ޖަނަވަރީ 2014 ދުވަހުގެ 13:00 ގެ ކުރިން މިހޮސްޕިޓަލަށް ލިޔުމުން ސިޓީ ފޮނުއްވުމުން މަޢުލޫމާތު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އިތުރު މަޢުލޫމާތު ހޯދުމަށް މިހޮސްޕިޓަލްގެ ނަންބަރު 6620048 ފޯނާ ގުޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ދުވަހު މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށް އެކަނިކަމުގައިވެސް ދަންނަވަމެވެ.

މި އިޢުލާން ނުކުތުމުން 22 ޑިސެންބަރު 2014 ގައި މިހޮސްޕިޓަލުން ކޮށްފައިވާ ނަންބަރު IUL)LHAH-AH/LHAH/2014/28) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަގު ހުށަހަޅުއްވާފައިނުވާތީ އެއިޢުލާން ވަނީ ބާޠިލު ވެފައެވެ. 

18 ރަބީޢުލްއައްވަލް 1436

08 ޖަނަވަރީ 2015
ހޯދާ