މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

މަޤާމް:އެޑްމިނިސްޓްރޭޓިވް އޮފިސަރ 

ރޭންކް: ޖީ.އެސް 3

ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

މަސައްކަތް ކުރަންޖެހޭ ތަން: ނ. ވެލިދޫ ކައުންސިލްގެ އިދާރާ     

ޔުނިޓް: ކޯޕަރޭޓް އެފެއާރޒް                                            

މުސާރަ: -/5446 ރުފިޔާ

ސަރވިސް އެލަވަންސް: -/1500 ރުފިޔާ

ބޭނުންވާ އަދަދު: 1  

މަޤާމުގެ ޝަރުޠުތައް: 

  1. އެޑްމިނިސްޓްރޭޓިވް ނުވަތަ މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމްގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލް އިދާރާއަށް ބޭރުން ލިބޭ ތަކެތި ބަލައިގަނެ، އެތަކެތި ހުޅުވައި، އެންޓްރީ ސިސްޓަމްގައި ރަޖިސްޓްރީކުރުމާއި، ކައުންސިލްއިދާރާއިން ފޮނުވަންޖެހޭ ތަކެތި އެތަކެތި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  2. ކައުންސިލް އިދާރާއަށް އަންނަ ލިޔެކިއުންތައް ފައިލްކުރުމާއި، އިދާރާއިން ބޭރުން އަންނަ ލިޔެކިއުންތައް ފައިލްކޮށް ފައިލިންގ ސިސްޓަމް ޤަވާޢިދުން ބެލެހެއްޓުމާއި، ފައިލިންގ ސިސްޓަމުން ހޯދަންޖެހޭ ލިޔެކިއުންތައް ބޭނުންވެއްޖެ ޙާލަތެއްގައި ހޯދައި، ފޮޓޯކޮޕީނަގައި، ބޭނުންވާ ޔުނިޓަކާ ހަވާލުކުރުން.
  3. ޔުނިޓްތަކަށް ފޮނުވަންޖެހޭ މެމޯ، އެސިސްޓެންޓް ޑިރެކްޓަރ / ޑެޕިއުޓީ ޑިރެކްޓަރުގެ އިރުޝާދުގެމަތިން ތައްޔާރުކޮށްފައި އެ ސެކްޝަންތަކާ ހަވާލުކުރުމާއި، ފުރަންޖެހޭ ފޯމުތައް، އެސިސްޓެންޓް ޑައިރެކްޓަރ / ޑެޕިއުޓީ ޑިރެކްޓަރ އިރުޝާދުގެމަތިން ފުރުން.
  4. ކައުންސިލްއިދާރާގެ ދިދަ ނަގައި ތިރިކުރުމުގެ މަސައްކަތް، ކޮންމެ މަހަކު މީހަކު ކުރާގޮތަށް  މަސައްކަތުމީހަކާ ހަވާލުކުރުން.
  5. އަންނަ ފޯނުކޯލްތަކަށް ޖަވާބުދިނުމާއި، ރަ ގަޅު މަޢުލޫމާތު ފޯރުކޮށްދެވޭނެ ފަރާތަކަށް ފޯންކޯލްތައް ޕާސްކުރުން.
  6. ކައުންސިލް އިދާރާއަށް އަންނަ މެހްމާނުންނާ އިޙްތިރާމާއެކު ރީތިބަހުން މުޢާމަލާތުކޮށް ޖަވާބުދާރީވުމާއި، ބައްދަލުކުރަން ބޭނުންވާ ބޭފުޅަކާ ނުވަތަ މުވައްޒަފަކާ ބައްދަލުކުރުވުމުގެ އިންތިޒާމް ވީއެންމެއަވަހަކަށް ހަމަޖައްސައިދިނުން.
  7. ކައުންސިލް އިދާރާއާއި ކައުންސިލްއިދާރާގެ ބެލުމުގައިވާ ތަންތަނުގެ ސްޓޮކް ބެލެހެއްޓުން.
  8. ކައުންސިލް އިދާރާގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ލިޔެ ޕްރިންޓްކޮށް، ސޮއިކޮށް، ކޮންމެ އަހަރެއް ނިމުމުން ޔައުމިއްޔާގެ ހާޑްކޮޕީ ބައިންޑްކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  9. ޔުނިޓަށް ބޭނުންވާ ލިޔެކިޔުންތައް ފޮޓޯކޮޕީނެގުމާއި، ބައިންޑް ކުރަންޖެހޭ ލިޔެކިއުންތައް ބައިންޑްކުރުމާއި، ފެކްސްކުރަންޖެހޭ ލިޔެކިއުންތައް ފެކްސްކުރުމާ،އި ބައެއްކަހަލަ ލިޔެކިއުންތައް ފޯމެޓްކުރުން.
  10. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިދާރީ މަސައްކަތްތަކުގައި އެހީތެރިވެދިނުން.
  11. ކައުންސިލް އިދާރާއަށް އަންނަ މެހްމާނުން ބަލައިގަނެ، ބައްދަލުކުރަން އަންނަ ފަރާތާ ބައްދަލުކުރުވުމުގެ އިންތިޒާމް ހަމަޖެއްސުން.
  12. ކޮންމެދުވަހަކު މަދުވެގެން 3 ފަހަރު މެއިލްޗެކްކޮށް، ޤަވާޢިދުން ކައުންސިލް އިދާރާގެ މެއިލްޗެކްކޮށް، ލިބިފައިވާ ސިޓީ / މެސެޖް / އެހެނިހެން ލިޔުންނަގައި އެންޓަރކުރުން.
  13. ކައުންސިލްއިދާރާއިން ކުރިޔަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

- އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓުގެ ދާއިރާއިން ލިބިފައިވާ ހުނަރު / ތަޖުރިބާ

- ކޮމްޕިއުޓަރ ބޭނުންކޮށްގެން މަސައްކަތްކުރަން ދަންނަ މިންވަރު.

- ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކަށްވުން.

އިންޓަރވިއުއާއި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި މުއްދަތު:

- މިމަޤާމަށް މީހަކުހޮވުމަށް ބާއްވާ އިންޓަވިއުކުރުން ބޭއްވުމަށް ހަމަޖެހިފައިވަނީ، 2015 ޖަނަވަރީމަހުގެ މެދުތެރޭގެ ތާރީޚެއްގައި ވެލިދޫ ކައުންސިލްގެ އިދާރާގައެވެ.

 މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި ވަޒީފާއަށް އެދޭ ފަރާތްތަކުން ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް ފުރިހަމަކުރުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 2015 ޖަނަވަރީ 15 ވާ ބުރާސްފަތިދުވަހުގެ މެންދުރުފަހު 15:00 ގެ ކުރިން ވެލިދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުން އެދެމެވެ.

 އުޖޫރައާއި ޢިނާޔަތްތައް:

ކައުންސިލް އިދާރާއިން ހަމަޖައްސާފައި އޮންނަ އުޞޫލާ އެއްގޮތްވާގޮތުގެމަތިން އިތުރުގަޑީގެ ފައިސާއާއި، ސިވިލް ސަރވިސް ކޮމިޝަނުން ކަނޑައަޅާފައިވާ އެލަވެންސާއި ޢިނާޔަތް ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމު، ރަސްމީގަޑީގައި މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv ން ޑައުންލޯޑް ކުރެވޭނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިއުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެކޮޕީ)
  4. މަސައްކަތު ތަޖުރިބާ ދެނެގަތުމަށްޓަކައި، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ)
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ މި އިދާރާގެ 6560010 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6560030 އެވެ. މެއިލްކުރާނީ [email protected] އަށެވެ.              

15 ރަބީޢުލްއައްވަލް 1436  

06 ޖަނަވަރީ 2015
ހޯދާ