މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

 އިޢުލާން

ވަޒީފާގެ ފުރުޞަތު

ލީގަލް އޮފިސަރ

މަޤާމުގެ ރޭންކް:

ސީއެސް 2-9

މަޤާމުގެ ކްލެސިފިކޭޝަން:

ލީގަލް ސަރވިސް ޕްރޮފެޝަނަލްސް  

ޑިޕާޓްމަންޓް:

ކޯޕަރޭޓް ސަރވިސަސް ޑިޕާޓްމަންޓް

ވަޒީފާ އަދާކުރަންޖެހޭ ތަން:

މާލޭ ސިޓީކައުންސިލްގެ އިދާރާ / ބިއްލޫރިޖެހިގެ، މާލެ

މުސާރަ:      

މަހަކު -/10,020 ރުފިޔާ

ސަރވިސް އެލެވަންސް:

މަހަކު -/3,600 ރުފިޔާ

ބޭނުންވާ އަދަދު:

1

މަޤާމުގެ ޝަރުޠު:

ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

 

1- ކައުންސިލުން ހަދަންޖެހޭ ޤަވާޢިދުތައް ހެދުމާބެހޭ ކަންކަން ކުރުން.

2- ކައުންސިލްގެ ނިންމުންތައް، ޤާނޫނާއި ޤަވާޢިދުތަކާ ތަޢާރަޟުވޭތޯ ބެލުން.

3- ދަޢުވާ ލިބޭ މައްސަލަތަކުގެ ރެކޯޑް ބެލެހެއްޓުން.

4- ދަޢުވާކުރާ މައްސަލަތަކުގެ ރެކޯޑު ބެލެހެއްޓުމާއި، ދަޢުވާ ހުށަހަޅަންޖެހޭ މައްސަލަތަކާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތް ކުރުން.

5- އެކިއެކި ފަރާތްތަކާ ކުރެވޭ އެގްރިމެންޓް ތައްޔާރުކޮށް، އެ އެގްރިމަންޓުތައް ރިވިއުކުރުން.

6- ޤަވާޢިދުތައް ޑްރާފްޓްކޮށް ތައްޔާރުކުރުން.

7- އެގްރިމެންޓްތަކާ ޚިލާފްވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުން.

8- ކައުންސިލަށް ހުށަހެޅޭ ޤާނޫނީ އެކިއެކި މައްސަލަތަކާ ބެހޭ ސިޓީތަކަށް ޖަވާބުދިނުން.

9- ޤާނޫނީ އެކިއެކި މައްސަލަތަކާ ގުޅިގެން ކައުންސިލުގެ ފަރާތުން ސަރުކާރުގެ އިދާރާތަކަށާއި، އެހެނިހެން މުއައްސަސާތަކަށާއި، އަމިއްލަ ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީއާއި އެހެނިހެން ލިޔެކިޔުންތައް ތައްޔާރުކުރުން.

10- ކައުންސިލަށް ބޭނުންވާ ޤާނޫނީ ލަފާހޯދުމާ ގުޅޭގޮތުން ކުރަންޖެހޭ ކަންކަން ކުރުން.

11- ޔުނިޓުގައި މަސައްކަތްކުރާ އެހެނިހެން މުވައްޒަފުންގެ މަސައްކަތްތައް ސްޕަވައިޒްކުރުން.

12- މާލޭ ސިޓީ ކައުންސިލުން ބާއްވަވާ ހަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.

މި މަޤާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:

  • ޤާނޫނީ ދާއިރާއިން ކިޔަވާފައިވާ ފަރާތްތައް.
  • މަސައްކަތުގެ ދާއިރާގައި އުޅެ ތަޖުރިބާ ލިބިފައިވާ، ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަރާތްތައް.

ސަޕްލައި އޮފިސަރ

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް އޮފިސަރ ގްރޭޑް 2

ރޭންކް:

ޖީ. އެސް 2

ސެކްޝަން:

ކޯޕަރޭޓް ސަރވިސަސް / ޕްރޮކިއުމަންޓް އެންޑް ސަޕްލައި

ވަޒީފާ އަދާކުރަންޖެހޭ ތަން:

މާލޭ ސިޓީކައުންސިލްގެ އިދާރާ، ބިއްލޫރިޖެހިގެ، މާލެ

މުސާރަ:

މަހަކު 4000.00 ރުފިޔާ

ސާރވިސްއެލެވެންސް:

މަހަކު 1500.00 ރުފިޔާ

ބޭނުންވާ އަދަދު:

1

މަޤާމުގެ ޝަރުޠު:

 

1- އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

2- ސާނަވީ ތަޢުލީމު ފުރިހަމަކުރުމަށްފަހު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

 

1- މާލިއްޔަތު ޤަވާއިދާ އެއްގޮތަށް، ސްޓޮކަށް ބޭނުންވާ ތަކެތީގެ އަގު ބެލުން.

2- އަގު ފާސްވާ މުދާ ގުދަންކުރުމާއި، ވެހިކަލް ގެނެސް، ގުދަނުން މުދާ ނެރެގެން، އޮފީހުން އަންގާ ފަރާތަކާ މުދާ ހަވާލުކުރުން.

3- ސްޓޮކުން ތަކެތި ދޫކުރުން (މާލިއްޔަތު ޤަވާއިދާ އެއްގޮތަށް ސޮއިކުރުވުމަށްފަހު)

4- ޚިދުމަތާއި ތަކެއްޗަށް އެދޭ ފޯމް ސެޓް ތައްޔާރުކޮށް އަގުފާސްކުރުމަށް ހުށަހެޅުން.

5- ދަވާދާއި، ލަކުޑިއާއި، ކާޕެޓްފަދަ، ގުދަންކުރެވޭ ތަކެތީގެ ސްޓޮކް ބާކީ ބެލެހެއްޓުން.

6- ސްޓޮކްގައި މީހަކު ނެތް ވަގުތުގައި ސްޓޮކުން ތަކެތި ދޫކުރުން.

މި މަޤާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:

  • އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓުގެ ދާއިރާއިން ކިޔަވާފައިވާ ފަރާތްތައް.
  • މަސައްކަތުގެ ދާއިރާގައި އުޅެ ތަޖުރިބާ ލިބިފައިވާ ފަރާތްތައް.

އޮފީސް އެސިސްޓެންޓް

މަޤާމުގެ ރޭންކް:

އެސް.އެސް  2

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 2

ސެކްޝަން:

ކޯޕަރޭޓް ސަރވިސަސް / އެޑްމިނިސްޓްރޭޝަން އެންޑް އާކައިވްސް

ވަޒީފާ އަދާކުރަންޖެހޭތަން:

މާލޭ ސިޓީ ކައުންސިލްގެ އިދާރާ، ބިއްލޫރިޖެހިގެ، މާލެ

މުސާރަ:

މަހަކު 3470.00 ރުފިޔާ

ސާރވިސްއެލެވެންސް:

މަހަކު 1000.00 ރުފިޔާ

ބޭނުންވާ އަދަދު:

1

މަޤާމުގެ ޝަރުޠު:

 

1- މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް / ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

 

  1. އޮފީހުން / ސެކްޝަންތަކުން، ސަރުކާރުގެ އޮފީސްތަކަށާއި ތަންތަނަށް ފޮނުވަންޖެހޭ ސިޓީއާއި އެހެނިހެން ލިޔެކިއުންތައް ނުވަތަ ތަކެތި ކަމާބެހޭ ފަރާތްތަކަށް ހަވާލުކުރުން.

އުޖޫރައާއި ޢިނާޔަތްތައް:

  • ސިވިލް ސަރވިސްގެ ޤަވާއިދުގައި ހަމަޖެހިފައިވާ އުސޫލުގެމަތިން އިތުރުގަޑީގެ ފައިސާއާއި ވަޒީފާއާ ގުޅިގެން ދެވޭ އެހެނިހެން އެލެވަންސް ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް: 

 

  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކުރަންޖެހޭ ލެވެލްގެ ސެޓްފިކެޓްތައް ހުށަހަޅާނީ އެކްރެޑިޓް ކުރުމަށްފަހު)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދި ހުށައަޅާ ފޯމާއެކު އެޓެޗް ކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ނުވަތަ އެ ނަމޫނާގައިވާ އެންމެހައި މަޢުލޫމާތު ހިމެނޭގޮތަށް ތައްޔާރުކުރެވިފައި)
  • ސިވިލް ސަރވިސް ވަޒީފާއެއްގައިހުރި މުވައްޒަފެއްނަމަ "މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ    ނަތީޖާއާއި ހާޒިރީއާއި މަސައްކަތުގެ އަޚްލާޤު ހުރިގޮތް ބަޔާންކުރާ ފޯމް"
  • ސިވލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • އަދާކޮށްފައިވާ ވަޒީފާތައް އެނގޭނޭ ތަފްސީލީ ލިއުމެއް (ރަސްމީ ފަރާތަކުން ތައްގަނޑު ޖަހާފައިވާ)

މި މަޤާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:

  • މަސައްކަތުގެ ދާއިރާގައި ތަޖުރިބާ ލިބިފައިވާ މީހުން.
  • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހުން.
  • މީހުންނާ މުޢާމަލާތްކުރުމުގައި ބަސްމަގު ހަރުދަނާ މީހުން.

ވަޒީފާއަށް އެދޭ ފޯމު ހުށައެޅުން:

 މި މަޤާމްތަކަށް އެދޭ ފަރާތްތަކުން 2015 ޖަނަވަރީ 22 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:30 ގެ ކުރިން، މަޖީދީމަގުގައި ހުންނަ މާލޭ ސިޓީ ކައުންސިލްގެ އިދާރާއަށް ފޯމް ހުށަހެޅުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމް މި އޮފީހުގެ www.malecity.gov.mv  ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި އޮފީހުގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.

އިންޓަރވިއު އޮންނަ ދުވަހާއި ތަން:

 

މި މަޤާމުތަކަށް ކުރިމަތިލާ ފަރާތްތަކާ އިންޓަވިއުކުރުމަށް 2015 ފެބުރުވަރީ 8 ވަނަ ދުވަހުން ފެށިގެން މި އިދާރާއިން ގުޅަމުން ގެންދާނެއެވެ. އިންޓަވިއު ކުރިޔަށްދާނީ، މަޖީދީ މަގުގައި ހުންނަ މާލޭ ސިޓީ ހޯލުގެ 3 ވަނަ ފަންގިފިލާގައެވެ.

އިތުރު މަޢުލޫމާތު:

  • މި މަޤާމްތަކަށް އިންޓަވިއުކުރުމަށްޓަކައި ގުޅާނީ، މެރިޓް އުޞޫލުން ބަލައިގެން ޝޯޓްލިސްޓް ކުރުމަށްފަހު،      15 ފަރާތަކަށެވެ.
  • މި ވަޒީފާތަކާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ މި އިދާރާގެ ނަންބަރު 7989840 ފޯނަށާއި، ނަންބަރު 3323902 ފޯނަށެވެ.

16 ރަބީޢުލްއައްޥަލް 1436

07 ޖަނަވަރީ 2015
ހޯދާ