އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް
ދިވެހިރާއްޖެ
އެސިސްޓެންޓް ލީގަލް އޮފިސަރ (ދާއިމީ)

ވަޒީފާގެ ފުރުޞަތު

ނޯޓް: މި އިޢުލާނަކީ، މި ކޯޓުގެ ނަންބަރު S2C-A/2014/18 ގެ އިޢުލާނުގައި، މުވައްޒަފަށް ލިބޭނެ ޢިނާޔަތްތައް ހިމެނިއިރުގައި، ޖުޑީޝަލް އެލަވަންސްގެ އިތުރުން ލީގަލް މުވައްޒަފުންނަށް ދޭންޖެހޭ މުސާރައިގެ ހިމެނިފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށްފައި އަލުން ކުރާ އިޢުލާނެކެވެ.

މަޤާމް:

 އެސިސްޓެންޓް ލީގަލް އޮފިސަރ (މިއީ ދާއިމީ މަޤާމެކެވެ.)

ބޭނުންވާ އަދަދު:

1

ކްލެސިފިކޭޝަން: އެސިސްޓެންޓް ލީގަލް އޮފިސަރ

ރޭންކް:

  އެލް.އެސް. 2

އަސާސީ މުސާރަ:

  -/9412 ރުފިޔާ

އެލަވަންސްތަކާއި ޢިނާޔަތްތައް:

- ސަރވިސް އެލަވަންސް: -/3000 ރުފިޔާ

- ޖުޑީޝަލް އެލަވަންސް: ކޯޓަށް ހަމަޖެހިފައިވާ ގޮތުގެ މަތިން، އަސާސީ މުސާރައިގެ %35 އަށްވާ ފައިސާގެ އިތުރަށް،  މި މަޤާމަށް ކަނޑައެޅިފައިވާ އާއެކު، ޖުމުލަ އަސާސީ މުސާރައިގެ %50 އަށްވާ ފައިސާ.

- އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ.

އަސާސީ ޝަރުޠު:

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، ޝަރީޢާ ޤާނޫނު ނުވަތަ ޝަރީޢާ ނުވަތަ ޤާނޫނުން، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  1. ނިޔާ ކަނޑައަޅާ މައްސަލަތަކުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް ޑްރާފްޓްކުރުން.
  2. އިސް މެޖިސްޓްރޭޓް ހަވާލުކުރައްވާ (ކޯޓަށް ހުށަހެޅިފައިވާ ޤަޟިއްޔާތަކާ ގުޅޭ ފަރާތްތައް ފިޔަވައި އެހެން މީހުންގެ) ބަޔާން ނެގުން.
  3. ޤާނޫނުތަކާއި ޤަވާޢިދުތައް އެއްކޮށް ހޯދާފައި ފަސޭހައިން ފެންނާނެހެން ބެހެއްޓުން.
  4. ކޯޓުގެ މުވައްޒަފުން ކުރާ މަސައްކަތްތަކާއި ހިންގާ ހަރަކާތްތަކާ ބެހޭގޮތުން ސ.ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ހައްދަވާ ޤަވާޢިދުތައް ޑްރާފްޓްކޮށް އެކުލަވައިލުމުގައި ސ.ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓަށް އެހީތެރިވެދިނުން.
  5. ކޯޓަށް ޙާޟިރުވުމަށް ފޮނުވަންޖެހޭ އަމުރު (ކޯޓަށް ހާޒިރުވުމުގެ އަމުރު) ތައްޔާރުކުރުވުމާއި، ރައްދުކުރަންޖެހޭ ފަރާތްތަކަށް އަމުރު ރައްދުކުރެވިފައިވޭތޯ ބެލުމާއި، ކޯޓަށް ހާޒިރުވުމުގެ އަމުރާ ހަވާލުނުވާ މީހުންނާއި، ފިލައިގެންއުޅޭ މީހުންގެ ގޭގައި، ކޯޓަށް ހާޒިރުވުމުގެ އަމުރު ތަތްކުރުވުމުގެ މަސައްކަތް، މިކޯޓުގެ މެޖިސްޓްރޭޓުން އަންގަވާ ގޮތެއްގެ މަތިން  ކުރުވުން.
  6. ކޯޓަށް ހާޒިރުވުމުގެ އަމުރު ރައްދުކުރެވޭ ފަރާތްތައް ކޯޓަށް ހާޒިރުވޭތޯ ބެލުމާއި، ހާޒިރުނުވާނަމަ، މެޖިސްޓްރޭޓްގެ މަޝްވަރާގެ މަތިން އެފަރާތްތަކާމެދު ފިޔަވަޅުއެޅުން.
  7. ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އެދި ހުށަހަޅާ މައްސަލަތަކުގައި ކުރަންޖެހޭ އެންމެހައި ކަންތައްތައް، މެޖިސްޓްރޭ އަންގަވާ ގޮތެއްގެ މަތިން ކުރުން.
  8. ތަޙްޤީޤީ އިދާރާތަކުން ބަލައި ފާސްކުރުމުގެ އަމުރުތައް ހޯދަން އެދި ހުށަހެޅުމުން، އެކަމާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންތައްތައް، މެޖިސްޓްރޭޓް އަންގަވާގޮތެއްގެ މަތިން ކުރުން.
  9. ކޯޓަށް ހުށަހެޅޭ މައްސަލަތަކާއި، ވަރި ކާވެންޏާބެހޭ މައްސަލަތަކާއި، އެގްރިމެންޓް ރަޖިސްޓްރީކުރުމުގެ ފޯމް ބަލައިގަނެ، މަޢުލޫމާތު ފުރިހަމަތޯ ޗެކްކުރުމުގައި އެހީތެރިވެދިނުން.
  10. މީގެ އިތުރުންވެސް، ލީގަލް ސެކްޝަނުގެ މަސައްކަތްތައް، މެޖިސްޓްރޭޓް އަންގަވާ ގޮތެއްގެ މަތިން ކުރުން.
  11. ކޯޓުގައްޔާއި، ކޯޓުން ބޭރުގައި ކުރަންޖެހޭ ކާވެނި ކޮށްދިނުން.

 ނޯޓް:

މި މަޤާމަށް ކުރިމަތިލާ ފަރާތްތައް 10 ފަރާތަކަށްވުރެ ގިނަވެއްޖެނަމަ، އިންޓަވިއުއަށް ހޮވޭނީ، ހުށަހަޅާފައިވާ ލިޔުންތަކަށް  ބަލައިގެން، ލިބިފައިވާ ތަޢުލީމާއި ތަޖުރިބާއަށް ދެވޭ މާކްސްތަކުން އެންމެ މަތީ މާކްސް ލިބޭ 10 ފަރާތެވެ.

 

ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

- ވަޒީފާއަށް އެދޭ ފޯމް (މި ފޯމު، މި ކޯޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)   

- އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ (އިންޓަވިއުއަށް ހާޒުިރުކުރެވޭއިރު، ސެޓްފިކެޓްތައް އަޞްލާ އެއްގޮތްތޯ ބެލޭނެއެވެ.)

- ދިވެހި ރައްޔަތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.   

- ވަޒީފާއެއްގައި އުޅެފައިވާނަމަ ވަޒީފާ އަދާކުރިކަމުގެ ލިޔުމުގެ ކޮޕީ.

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

ސުންގަޑި:

14 ޖަނަވަރީ 2015 ގެ 15:00 ގެ ކުރިން.

އިތުރު މަޢުލޫމާތު:

- އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، 6885571 ނަންބަރުގެ ފޯނާއެވެ. ފެކްސް ނަންބަރަކީ 6885570 އެވެ.

 14 ރަބީޢުލްއައްޥަލް 1436

05 ޖަނަވަރީ 2015
ހޯދާ