އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މި ހޮސްޕިޓަލުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިމަޤާމުތަކަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ.

މަޤާމު

އެޓެންޑެންޓް

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 2

ރޭންކް: SS2

މުސާރަ

މަހަކު -/3470 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1000 ރުފިޔާ

ރިސްކް އެލަވަންސް:

-/100 ރުފިޔާ (މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް)

ޑިޕާޓްމަންޓް /ސެކްޝަން

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް / ޑެންޓަލް ޑިޕާޓްމަންޓް

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ޑެންޓަލް ޑިޕާޓްމަންޓް ކުނިކަަަހައި، ހިރަފުސްފޮޅައި، އޯ.ޕީ.ޑީ.ގެ ގޮނޑި މޭޒުތައް ފޮހެ ސާފުކުރުމާއެކު ފެންފޮތިލައި ބެލެހެއްޓުން.
  2. ޑެންޓަލް ހުރިހާ ކޮޓަރިތަކުގެ މެޝިނަރީއާއި ގޮނޑިމޭޒުތައް ފޮހެ ސާފުކުރުމާއެކު، ކޮންމެ ޑިއުޓީއެއްވެސް ނިމުމުން އެކޮޓަރިތަކުގައި ހުންނަ ކުނިތައް ނެރެ ސާފުކުރުން.
  3. މަސައްކަތަށް ބޭނުންވާ ކަފައާއި ގޯޒް އަމިއްލައަށް ކަފާ ތައްޔާރުކުރުމާއެކު އޮޓޯކްލޭވްކުރުން.
  4. ޑިޕާޓްމަންޓްގެ މެނޭޖްމަންޓުން ކަނޑައަޅުއްވާ ޑިއުޓީތަކަށް އެއްވެސް ޝަކުވާއެއްނެތި އައުމާއެކު އިތުރުގަޑީގައި މަސައްކަތްކުރަންޖެހިއްޖެ ޙާލަތެއްގައިވެސް ޑިއުޓީކުރުން.
  5. ތަނުގައި އުފެދޭ ކުނި އެކަމަށް ޚާއްޞަކުރެވިފައިވާ ތަނަށް ގެންދިއުން.
  6. ޑިޕާޓްމަންޓަށް ބޭނުންވާ ތަކެތި ތަނުގެ ސްޓާފެއްގެ އިރުޝާދުގެ ދަށުން ސްޓޯރުން ގެނައުން.
  7. ޑިޕާޓްމަންޓުގައި މަސައްކަތްކުރައްވާ ޑަކްޓަރުންނާއި، ހައިޖީނިސްޓުންނާއި ޓެކްނީޝަނުން އަދި އެޑްމިނިސްޓްރޭޓިވް ސްޓާފުންނާއި އެސިސްޓެންޓުންގެ އިރުޝާދުތަކާ އެއްގޮތަށް (ހަވާލުކުރެވޭ) މަސައްކަތްތައް ފަރުވާތެރިކަމާއެކު ކުރުން.

ތަޢުލީމާއި ތަޖުރިބާ:

 

  1. މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް/ ސަނަދެއް ހާސިލުކޮށްފައިވުން.

މިމަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

 

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
  3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން. (މިގޮތުން މިމަސައްކަތް ކުރުމުގެ ޖިސްމާނީ ޤާބިލުކަން ހުރިވަރު ބެލެވޭނެއެވެ.)

(މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ އިންޓަރވިއުއަށް ކިޔާނީ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓު ކުރުމަށްފަހުގައެވެ.)

މަޤާމު

މަސައްކަތު

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 2

ރޭންކް: SS2

މުސާރަ

މަހަކު -/3470 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1000 ރުފިޔާ

ރިސްކް އެލަވަންސް:

-/25 ރުފިޔާ (މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް)

ޑިޕާޓްމަންޓް /ސެކްޝަން

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް / ސްޓޯރ

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

1- އޮފީސް ކުނިކަހައި ސާފުކޮށް ބެލެހެއްޓުން.

2- މުދާ ގުދަނުގައި ޖެހުން.

3- ސްޓޯރުުން މުދާ ދޫކުރުމުގެ މަސައްކަތުގައި އެހީތެރިވެދިނުން.

4- ސިޓީ، ނޯޓް ފަދަ ތަކެތި އެއްސެކްޝަނުން އަނެއް ސެކްޝަނަށް ގެނެސް ގެންދިއުން.

ތަޢުލީމާއި ތަޖުރިބާ:

 

  1. މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް/ ސަނަދެއް ހާސިލުކޮށްފައިވުން.

މިމަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

 

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
  3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން. (މިގޮތުން މިމަސައްކަތް ކުރުމުގެ ޖިސްމާނީ ޤާބިލުކަން ހުރިވަރު ބެލެވޭނެއެވެ.)

(މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ އިންޓަރވިއުއަށް ކިޔާނީ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓު ކުރުމަށްފަހުގައެވެ.)

މަޤާމު

އިމަރޖެންސީ މެޑިކަލް ޓެކްނީޝަން

ބޭނުންވާ އަދަދު

10

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް: އެމް.އެސް.1

މުސާރަ

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2500 ރުފިޔާ

ރިސްކް އެލަވަންސް:

-/100 ރުފިޔާ (މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް)

ޑިޕާޓްމަންޓް /ސެކްޝަން

ކެޝުއަލްޓީ އެންޑް އިމަރޖެންސީ ސަރވިސަސް

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

1. އެމްބިއުލެންސްގައި ބަލިމީހާ ބަލާދިއުމާއި، އެމްބިއުލެންސްގައި ދޭންޖެހޭ ފަރުވާ އޭގެ ފުރިހަމަ މިންގަނޑުގައި ބަލިމީހާއަށް ފޯރުކޮށްދިނުން

2. މެޑިކަލް އޮފިސަރެއް ނެތް ތަނެއްގައި ކުއްލި ހާލަތްތައް ދެނެގަނެ ބަލިމީހުން އެސެސްކުރުން

3. ކުއްލި ހާލަތްތަކުގައި ހަދާ ޓެސްޓުތައް ކިޔައި އެއަށް ޢަމަލުކުރުން.

4. ބަލިމީހާ ހޮސްޕިޓަލަށް ގެނެސް އީއާރު ނުވަތަ މެޑިކަލް ޓީމާ ހަވާލުކުރުން

5. މަސައްކަތް ޗާޓުކުރުން. ކޭސް މެނޭޖްކުރުން އަދި ރެކޯޑު ބެލެހެއްޓުން.

ތަޢުލީމާއި ތަޖުރިބާ:

 

 

  1. ސަރުކާރު ޤަބޫލުކުރާ އިންސްޓިޓިއުޓެއްގައި ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5ގެ އިމަރޖެންސީ މެޑިކަލް ޓެކްނީޝަން (ބޭސިކް) ކޯހެއް ފުރިހަމަކޯށް ސެޓުފިކެޓު ހާސިލުކޮށްފައިވުން، ނުވަތަ
  2. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ޕްރައިމަރީ ހެލްތް ކެއަރ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ޞިއްޙީ ދާއިރާއެއްގައި 2އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މިމަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

 

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

(މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 20 އަށްވުރެ ގިނަނަމަ އިންޓަރވިއުއަށް ކިޔާނީ ތަޢުލީމާއި ތަމްރީނަށް ބަލައި 20 ފަރާތެއް ޝޯޓްލިސްޓު ކުރުމަށްފަހުގައެވެ.)

 

ހުށަހަޅަންޖެހޭ ލިޔުންތައްް

 

 

 

 

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިހޮސްޕިޓަލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)
  2. ސިވިލް ސަރވިސްއަށް ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. ވަޒީފާއަށް އެދޭ ފަރާތުގެ ލީވިންގ ސެޓުފިކެޓުގެ ކޮޕީ
  5. މަސައްކަތުގެ ތަޖުރިބާ ލިޔުން (މިލިޔުމުގައި އަދާކޮށްފައިވާ މަޤާމުތަކާއި އެމަޤާމުތައް އަދާކޮށްފައިވާ ތާރީޚުތައް އެނގެން އޮންނަންވާނެއެވެ.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނެހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ
  7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ނޯޓު: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމުތައް ބާޠިލު ކުރެވޭނެ ވާހަކަ ދެންނެވީމެވެ. 

އިނާޔަތްތައް

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ސުންގަޑި

14 ޖަނަވަރީ 2015 ބުދަ ދުވަހުގެ 15:00ގެ ކުރިން އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް

އަދި 14 ޖަނަވަރީ 2015 ވާ ބުދަ ދުވަހުގެ 15:00ގެ ފަހުން ހުށަހަޅާ އެއްވެސް ލިޔުމެއް، ފޯމެއް ބަލައެއް ނުގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3335234 އެވެ.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

2015 ވަނަ އަހަރުގެ ޖަނަވަރީ އަދި ފެބުރުވަރީމަހުގެ ތެރޭގައި، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލްގައި

24 ޑިސެންބަރު 2014
ހޯދާ