ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ލޭބަރ (ވަގުތީ)

މަޤާމު:

ލޭބަރ (ވަގުތީ)

ވަޒީފާގެ ދާއިރާ:

ޕަވަރ ޖެނެރޭޝަން ޑިޕާޓްމަންޓް

ބޭނުންވާ އަދަދު:

05

މުސާރައާއި އެލަވަންސް އަދި އިތުރުގަޑީގެ ފައިސާ:  

-/3,000ރ އާއި -/6,500ރ އާ ދެމެދު.

ފެންވަރު ނުވަތަ ޝަރުޠު:

  • އަސާސީ ތަޢުލީމުގެ ފެންވަރު ހުރުން
  • ރާނައި ސިމެންތިޖަހަން އެނގުން
  • ވެލްޑިންގ ކުރަން އެނގުން
  • ކުލަ، ދަވާދު އަދި ވަރުނިސްލާން އެނގުން
  • ތެދުއުއި ވަޑާމުގެ މަސައްކަތް ކުރަން އެނގުން
  • އުސްތަންތަނަށް އެރުމާއި ބަރު އެއްޗެހި އުފުލައި ހެދޭ މީހަކުކަމުގައިވުން
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހަކުކަމުގައިވުން
  • ޢުމުރާއި ޞިއްޙީގޮތުން ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރެވޭ މީހަކުކަމުގައިވުން

ދާއިރާގެ މައިގަނޑު މަސައްކަތް:

ކުންފުނީގައި ބެހެއްޓުމަށް ހަމަޖެހިފައިވާ ބޮޓްލިންގ ޕްލާންޓް ބަހައްޓާ އިމާރާތުގެ މަސައްކަތް ކުރުން.

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތު ހަމަވާ ތާރީޚު:

16 ޖަނަވަރީ 2015 ދުވަހުގެ 15:00 ގެ ކުރިން

މިވަޒީފާއަކީ ކޮންޓްރެކްޓް އުސޫލުން 3 މަސްދުވަހުގެ މުއްދަތަށް ކަނޑައަޅާފައިވާ ވަގުތީ ވަޒީފާއެކެވެ. ނަމަވެސް ވަޒީފާއަށް ހޮވޭ ފަރާތްތަކުގެ ތެރެއިން ހާޒިރީއަށާއި މަސައްކަތަށް ރަނގަޅު މުވައްޒަފުންގެ ކޮންޓްރެކްޓް 1 އަހަރު ދުވަހުގެ މުއްދަތަށް ބަދަލު ކޮށްދެވޭނެއެވެ.

މިވަޒީފާތަކަށް އެދިލައްވާ ފަރާތްތަކުން މިކުންފުނީގެ ހެޑްއޮފީހުގެ ރިސެޕްޝަނުން ވަޒީފާއަށް އެދޭ ފޯމު ނެންގެވުމަށްފަހު، ފެންވަރު ނުވަތަ ޝަރުޠުގައި ބަޔާން ކޮށްފައިވާ މަސައްކަތްތައް ކުރަން އެނގޭކަން އަންގައިދޭ ލިޔުންތަކާ އަދި އައި.ޑީކާޑުގެ ކޮޕީ ވަޒީފާއަށް އެދޭ ފޯމާއެކު މިކުންފުނީގެ ހެޑްއޮފީހުގެ ރިސެޕްޝަނަށް 16 ޖަނަވަރީ 2015 ދުވަހުގެ 15:00 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ ވެބްސައިޓް www.stelco.com.mv އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ. އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ.

09 ރަބީޢުލްއައްވަލް 1436

31 ޑިސެންބަރު 2014
ހޯދާ