ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ޑިރެކްޓަރ

ޑިރެކްޓަރ

އީ.އެކްސް 1

މަޤާމު:

ރޭންކް:

ޑިރެކްޓަރ

ކްލެސިފިކޭޝަން

ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ

-

އޮފީސް / އިދާރާ

ސެކްޝަން

ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ / ޅ. ނައިފަރު

8,835.00 ރުފިޔާ

ވަޒީފާއަދާކުރަން ޖެހޭ ތަން:

މުސާރަ:

2,000.00 ރުފިޔާ

ސަރވިސް އެލެވަންސް:

1 (އެކެއް)

ބޭނުންވާ ޢަދަދު:

  1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއެއްގައި 8 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން. ނުވަތަ
  2. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން. ނުވަތަ
  3. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން. ނުވަތަ
  4. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ  އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  5. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ ޝަރުޠުތައް:

 

 

  1. ޒިންމާދާރު ވެރިޔާގެ ގޮތުގައި އިދާރާގެ އެންމެހާ ކަންތައްތައް ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އިސްވެ ބެލެހެއްޓުން.
  2. ކައުންސިލްގެ އިދާރާގެ ސިވިލްސަރވިސްގެ އެންމެ އިސް މުވައްޒަފުގެ ހައިސިއްޔަތުން ކައުންސިލްގެ އިދާރާގެ އެންމެހާ ކަންކަމާގުޅޭގޮތުން ދިރާސާކޮށް ކައުންސިލަށް އަރުވަންޖެހޭ ލަފާ އެރުވުން.
  3. ކައުންސިލްގެ އިދާރާގެ މެންޑޭޓާއި ސަރުކާރުގެ ސިޔާސަތުތަކަށް ރިޢާޔަތްކޮށް ކައުންސިލްގެ އިދާރާގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނާއި، ކައުންސިލްގެ އިދާރާއިން ހިންގުމަށް ރާވާ ޕްރޮޖެކްޓްތައް އެކުލަވައިލުން.
  4. ކައުންސިލްގެ އިދާރާގެ އިންޓާނަލް ޕްރޮސީޖާތަކާއި ޚިދުމަތްދިނުމަށް އެކަށައަޅަންޖެހޭ ޕްރޮސީޖާތަކާއި ގަވާއިދުތައް އެކުލަވައިލުން.
  5. ކައުންސިލްގެ އިދާރާގެ މުވައްޒަފުންނަށް ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުތަކާއި ޢަމަލުކުރަންޖެހޭ އެހެނިހެން އުސޫލުތައް އަންގައިދީ އެ ގަވާއިދުތަކާއި ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓާ އެއްގޮތަށް މަސައްކަތްތައް ރާވައި މުވައްޒަފުން ލައްވާ މަސައްކަތް ކުރުވުމާއި، މުވައްޒަފުންގެ މަސައްކަތްތައް ސްޕަވައިޒްކުރުން.
  6. ކައުންސިލްގެ އިދާރާގެ މަސައްކަތަށް ބޭނުންވާ މުވައްޒަފުން ތަމްރީނުކުރުމާއި މުވައްޒަފުންގެ ކަންކަން ހިންގައި ބެލެހެއްޓުން.
  7. ކައުންސިލް އިދާރާއަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ހޯދުމާއި އެތަކެތި ބެލެހެއްޓުން.
  8. ދިވެހި ސިވިލްސަރވިސްގެ ޤާނޫނާއި ގަވާއިދު ތަންފީޛުކުރުން.
  9. ދޭދޭފަރާތުގެ ދެބަސްވުންތަކުގައި ޞުލްޙަކުރުމަށް ޤާނޫނީ ކޮންސަލްޓެންސީ ދިނުން.
  10. އޮފީހަށް ހުށަހެޅޭ މައްސަލަތައް ތަޙުޤީޤުކޮށް އަދި ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.
  11. ނުރަސްމީގަޑީގައި މަސައްކަތްކުރުމުގެ ހުއްދަދިނުމުގެ ކަންތައްތައް ކުރުވުން އަދި މުވައްޒަފުން އަމިއްލަ ބޭނުމުގައި ބޭރަށްދުރުވުމުގެ ހުއްދަ ދިނުމާ، ހުސްވަގުތުކޮޅު ބޭރަށް ދުރުވުމުގެ ކަންތައްތައް ބެލެހެއްޓުވުން.
  12. މުވައްޒަފުންގެ ޗުއްޓީއާއި މުވައްޒަފުންގެ ރިކޯޑް ފައިލާއި މުވައްޒަފުންނާބެހޭ އެންމެހައި ރިކޯޑްތައް ބެލެހެއްޓުވުން.
  13. މުވައްޒަފުންގެ ޗުއްޓީގެ ކަންތައްތައް ހަމަޖެއްސުން، ޗުއްޓީދޭ މުވައްޒަފުންނާއި ޗުއްޓީ ނިންމައި މަސައްކަތަށް ނުކުންނަ މުވައްޒަފުންގެ ބަދަލު އިންތިޒާމު ހަމަޖެއްސުވުން.
  14. މުވައްޒަފުންގެ ޚިދުމަތުގެ ފެންވަރު ބެލުމުގެ ނިޒާމު ހިންގައި ބެލެހެއްޓުމާ، މުވައްޒަފުންނަށް ކުރިއެރުން ދިނުމާ ބެހޭގޮތުން ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން.
  15. ކައުންސިލްގެ ޖަލްސާތައް އިންތިޒާމްކުރުމާ، ކައުންސިލުން ނިންމާ ކަންތައްތައް ތަންފީޛުކުރުމަށް ޔުނިޓްތަކާ ޙަވާލުކުރުމާ ކައުންސިލްގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުވުން.
  16. ނީލަމުގައި ވިއްކާލަންޖެހޭ ތަކެތީގެ ކަންތައްތައް ބެލެހެއްޓުވުން.
  17. ކަނޑުން ލަނގުވާ ތަކެއްޗާ ހޮވައިގެން ގެންނަ ތަކެއްޗާބެހޭ ކަންތައްތައް ބެލެހެއްޓުވުން.
  18. އިދާރާގެ ބެލުމުގެދަށުގައި ހުންނަ ރައްޔިތުންގެ ފަޅުރަށްރަށާބެހޭ ކަންތައްތަކާ މިނޫންވެސް ފަޅުރަށްރަށާބެހޭ އެންމެހައި ކަންތައްތައް ބެލެހެއްޓުވުން.
  19. އިދާރާއަށާއި، އިދާރާގެ ބެލުމުގެދަށުގައިވާ ތަންތަނަށާއި ކަންކަމަށް ބޭނުންވާ ތަކެތި ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުވުން.
  20. އިދާރާއާއި، އިދާރާގެ ބެލުމުގެދަށުގައިވާ ތަންތަނާއި އިންވެންޓްރީ ބެލެހެއްޓުވުން.
  21. އިދާރާއިން އިންތިޒާމުކުރަންޖެހޭ ދަތުރުތައް އިންތިޒާމްކުރުމާއި އެކަމާބެހޭ މަސައްކަތްކުރުވުން.
  22. ސަރުކާރުގެ އިދާރާތަކަށް ފޮނުވަންޖެހޭ ރިޕޯޓުތައް ތައްޔާރުކޮށް ފޮނުވަންޖެހޭ މުއްދަތަށް ފޮނުވުމުގެ މަސައްކަތް ކުރުވުމާއި އިދާރާ ޔައުމިއްޔަ ގަވާއިދުން ލިޔެ ބެލެހެއްޓުވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

 

 

 

 

 

 

 

  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު
  • ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ
  • ލިބިފައިވާ ހުނަރު
  • އިމްތިޙާނު
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިމްތިހާނު، އިންޓަވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ 2015 ޖަނަވަރީ 21 އާ 2015 ފެބްރުވަރީ 3 އާ ދެމެދު ސިވިލް ސަރވިސް ކޮމިޝަން (ވެލާނާގޭ 12 ވަނަ ފަންގިފިލާ) ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި ޕްރެޒެންޓޭޝަން ހުށަހެޅުމަށާއި އިންޓަރވިއުއަށް އަދި އިމްތިޙާނަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ.

އިންޓަރވިއު،  އިމްތިޙާނު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

2015 ޖަނަވަރީ 14 ވާ ބުދަ ދުވަހުގެ މެންދުރު ފަހު 14:00 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް އަދި ފެކްސް މެދުވެރިކޮށް  ބަލައި ގަނެވޭނެ އެވެ. (އީމެއިލް:[email protected]  / ފެކްސް ނަންބަރު:3303648)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

އުޖޫރައާއި ޢިނާޔަތްތައް:

  1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (މި ފޯމު ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓުން www.csc.gov.mv ޑައުންލޯޑު ކުރެވޭނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލާފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި މަޤާމާއި މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)
  5. ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރާއްޖޭގެ ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).

ހުށަހަޅަންޖެހޭ ލިޔުންތައް:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3307336 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3303648 އެވެ. އީ-މެއިލް ކުރައްވާނީ [email protected] އަށެވެ.

9 ރަބީޢުލްއައްވަލް 1436

31 ޑިސެންބަރު 2014
ހޯދާ